ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑަށް ބަލާއިރު، މީގެ ކުރިން ދުނިޔެއަށް ނާންނަހައި ގިނަ ބިންހެލުން ކޮންމެ ދުވަހަކުވެސް ދުނިޔެއަށް މިހާރު އަންނަމުން ދެއެވެ. މިއީ ދުނިޔެ ކުރިން ނުދެކޭފަދަ ގެއްލުން ބޮޑު އަދި ބާރުގަދަ ބޮޑު އެއް ބިންހެލުން އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއަހަރަކީ ބިންހެލުންތަކުގެ އަހަރެއް ކަމުގައި އެފަރާތްތަކުން ސިފަ ކުރަނީ މި ސަބަބަށްޓަކައެވެ.

ދުނިޔެއަށް ކުރިން ނާންނަހައި ބާރުމިނުގައި ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް، ކުރިއަށްއޮތް މުސްތަޤުބަލުގައި ބިންހެލުންތައް އަންނާނެކަން ދިރާސާތަކުން ޔަޤީން ކުރެވޭއިރު، އޭގެތެރެއިން އެމެރިކާގެ ކެލެފޯނިއާ އަކީ ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށް ބެލެވޭ އެއް ސަރަޙައްދެވެ. މި ބިންހެލުން ސީދާ އަންނާނީ ކެލެފޯނިއާގެ ސެން އެންޑްރިއާސް އަށް ކަމަށް ދިރާސާވެރިން ބުނެއެވެ. ބިމުގެ އަޑިން ޕެސިފިކް ޕްލޭޓާއި އުތުރު އެމެރިކާ ބައްރުގެ ޕްލޭޓް ގުޅޭ މި ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ބިންހެލުން އަންނާނެ ކަމަށް ބެލެވިފައިވާއިރު، ބިންހެލުން ނައިސް އިތުރުވާ ކޮންމެ ދުވަހަކީ ބިންހެލުމުގެ ބާރު މަތިވެގެންދާ ދިއުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ބާރުގަދަ ބިންހެލުމުގެ ވާހަކަ މީގެ ކުރިންވެސް ކަމާއި ބެހޭ ފަރާތްތަކުން ޢާންމުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެ ބިންހެލުން ހުއްޓުވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން ބިންހެލުމަށް ތައްޔާރުވުން ނޫން ގޮތެއް ނެތްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ބޮޑު ބިންހެލުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި ޚާއްސަ ތަމްރީނުތަކެއް ކުރިއަށްގެންދާއިރު، ޢާންމުންގެ ގިނަ ބަޔަކުވެސް މި ތަމްރީނުތަކުގައި ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ބިންހެލުމެއް އަތުވެއްޖެނަމަ އެތައް ލައްކަ ބަޔަކު ސަލާމަތްކޮށްދީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.

މި ތަމްރީނުތައް ކުރިއަށްގެންދިއުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެމެރިކާގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ބުނެފައިވާގޮތުގައި، އެފަރާތްތަކުގެ އެންމެ ބޮޑު އުންމީދަކީ މި ތަމްރީނުތަކުގެ ސަބަބުން ކަމާއި ބެހޭ އިދާރާތައް އެކުގައި މަސައްކަތްކޮށް، ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވެފައިވާ ނުރައްކާތެރި ދަނޑިވަޅެއްގައި މަސައްކަތްކުރާނެ ގޮތް ރަނގަޅަށް އެނގިފައިވުން ކަމަށެވެ. އެގޮތުން މީހުން ސަލާމަތްކުރުމުގެ އިތުރުން، ބޭސް ފަރުވާ އާއިި ކާބޯތަކެތި ފޯރުކޮށްދީ ވަގުތީ ހިޔާތައް ޤާއިމްކޮށް އެއްފަހަރާއި ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ތަމްރީނު ޕްރޮގްރާމުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާކަން އެފަރާތުން ވަނީ ފާހަނގަކޮށްފައެވެ.

ކެލެފޯނިއާގެ ސެން އެންޑްރިއާސްއަށް އަންނާނެ ކަމަށް ބުނެވޭ ބިންހެލުމަކީ، ކޮންމެވެސް އިރެއްގައި ޔަޤީނުންވެސް ދުނިޔެ ދެކޭނެ ބިންހެލުމެއް ކަމަށާއި، އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން ގާތްގަނޑަކަށް 10 އަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މި އާދަޔާއި ޚިލާފު ބިންހެލުމާއި އެކު ގެއްލުން ބޮޑު ސުނާމީއެއް އުފެދިގެންދާނެ ކަމަށާއި، އެއަށްފަހު މުޅި ދުނިޔޭގެ ޗާޓަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. މި ބިންހެލުން އަންނާނެ ކަމަށް ކުރިން ލަފާ ކުރެވުނު މުއްދަތު މިހާރު ހަމަވެފައިވާއިރު، ދެން ކޮންމެ ވަގުތެއްގައިވެސް މި ބިންހެލުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަން

    ސުބުޙާނަﷲ!! މިފަދަ މުޞީބާތްތަކުން އަޅަމެންގެ މި ކުޑަކުޑަ ޤައުމު ސަލާމަތް ކުރައްވާންދޭވެ!!

    • Anonymous

      ސުބުޙާނަﷲ!!

    • މީ

      އާމީން ޔާﷲ

  2. ާ-11-

    ކީރިތި ގުރްޢާނުން ތިހުރިހާ ކަމެއް އިނގެން އޮންނާނެ

  3. ކުރޮޅި މޫސަ

    ސައިންސްވެެރިންނަށް ކޯއްޗެއް މިއެގެނީ

  4. ޑެހާސް ބާރަ

    ތިހެން ބުނު 2012 ގަ ވެސް... މަށަށް ހީވަނީ އޭގެކުރިން ނިއުކުލިއާ ހަނގުރާމައަކުންހެން ދުނިޔެ ނިމޭނީ... ބިންހެލުމަށް ވުރެން ހަގުރާމަތަށް ގިނަ ވިއްޔާ..

  5. ތައުބާ

    ﷲ އިރާދަކުރައްވަނީ އެމީހުންގެ މައްޗަށް ބިންހެލުމެއް ފޮނުއްވަން ކަމުގައި ވާނަމަ އެކަމަށް އެމީހުން ކިތަންމެ ތައްޔާރީތަކެއް ވީކަމުުގައިވިއަސް އެމީހުންނަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެމެރިކާާ އަކީ ދުނިޔޭގައި ލެއްވިހާ ފާފަ ތަކެއް ކުރުން އާންމުވެފައިވާ ގައުމެއް. އެއްޖިންސުން ކައިވެނި ކުރުން ވެސް މިހާރު އެއޮތީ ހުއްދަކުރެވިފައި. ދިވެހިރާއްޖޭގައިވެސް މިފަދަ އަމަލުތައް މިހާރު ހިނގާކަން މިއީ ފާހަގަކޮށްލަން ޖެހޭކަމެއް. ދިވެހިރާއްޖެއަކީ މުސްލިމު ގައުމަކަށް ވިއަސް މިކަހަލަ ފާފަކުރުންތައް ހިނގަންޏާ އެފަދަ އަޒާބެއް އައުމަކީ އެކަށީގެންވީކަމެއް. އެހެންވީމާ ބުއްދިވެރިގޮތަކީ ތިމާއަށް ކުރެވިފައިވާ ފާފަތަކުން ތައުބާވުން. އެއަށް ފަހު އެފަދަ މުސީބާތެއް ރާއްޖެއަށް ކުރިމަތިނުކުރެއްވުމަށް ދުއާ ދެންނެވުން.