އީރާންގައި ހުންނަ ނިއުކްލިއާ ހަކަތަ އުފައްދާ އެންމެ ބޮޑު ޕްލާންޓަށް މިސައިލް ހަމަލާތަކެއްދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ނިންމި ކަމަށާއި ނަމަވެސް އެންމެ ފަހުވަގުތު އެހަމަލާ ދިނުން މަޑުޖައްސާލީ ޓްރަމްޕްގެ އެންމެ އަރިސް މުޝީރުން އެކަމަށް ދެކޮޅު ހެދުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވެފައިވާ ޓްރަމްޕް އީރާނަށް މިސައިލް ހަމަލާތަކެއް ދިންނަމަ އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމައެއް ފެށުނީސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕްގެ މުޝީރުން ޓްރަމްޕް އަށް މިދިޔަ ހަފްތާގައި ދިން ލަފާގައި ބުނެފައި ވަނީ މިދަނޑިވަޅުގައި އީރާނަށް ހަމަލާއެއް ދީފިނިމަ އިއާދަކުރަން ދަތި ގެއްލުންތަކެއް އެމެރިކާ އަށް ލިބިދާނެ ކަމަށެވެ.

އެމެރިކާގެ "ޓައިމްސް" އާއި "ރޮއިޓާސް" އިން ބުނާ ގޮތުގައި އީރާނަށް ހަމަލާ ދީފިނަމަ ދެން ކުރިމަތިވާނެ ކަންކަން މުޝީރުން ޓްރަމްޕް އަށް ކިޔައި ދިނުމުން ޓްރަމްޕް ވަނީ އީރާނަށް ހަމަލާ ދިނުން މަޑުޖައްސާލަން ނިންމާފައެވެ. ނަމަވެސް ޖަނަވަރީ މަހު ވެރިކަން ދޫކޮށްލުމުގެ ކުރިން ޓްރަމްޕް އަދިވެސް އީރާނަށް ހަމަލާއެއް ދިނުމަށް ނިންމަފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާގެ މިސައިލް ހަމަލާއެއް އީރާންގެ އެންމެ ބޮޑު ނިއުކްލިއާ ފެސިލިޓީއަށް އަމާޒުވެއްޖެނަމަ އިސްރާއީލާއި އަދި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭނެއެވެ.

"އީރާންގެ ކޮމާންޑަރު މަރާލުމުން އިރާޤުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާތައް ދިން. އެއަށްވުރެ މާވަރުގަދަ ރައްދު ހަމަލާތަކެއް އަދި އީރާނުން އެމެރިކާ އަށް އަމާޒުވެދާނެ." ނަން ހާމަނުކޮށް ވާހަކަދެއްކި ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ޓްރަމްޕް ވެރިކަމަށް އައިރު އެމެރިކާ އާއި އީރާންގެ ގުޅުން އޮތީ ފާއިތުވި 40 އަހަރު ތެރޭގައި ވެސް ރަނގަޅު ނުވާވަރަށް ރަނގަޅު ވެފައެވެ. ނަމަވެސް އީރާނާއިއެކު އޮތް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އަދި އީރާންގެ އިސް ކޮމާންޑަރަކު އެމެރިކާ އިން މަރާލުމުން ދެގައުމުގެ ގުޅުން ގޯސްވެ ހަނގުރާމައެއް ފެށުމާއި ގާތައް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކޯކިލާ

  ތި ޓު ރަމްޕެއް ތައްޔާ ރު ވާނެ އެންމެންނާ ހަނގު ރާމަ ކު ރަން ވެސް.. ތީނަ ވަ ރަށް ކު ރާ ހިތްވާނެ.. ނުބައި ވެގެން ވަންޏާ ހު ރިހާ ނުބައ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިކަމެއް ކު ރާ ފަހުލަވާނެއް ތީ.. ރައީސް ކަން ނުލިބުނީމަ ހު ރިހާ ކަމެއް ވެސް ކު ރާނެ ތީނަ.. މުޅި ދުނިޔެއައް އޮތް ބޮޑު ވަބާ އެއް ކަހަލަ އެއްޗެއް ތީ

  28
  3
 2. ޅަގުރާ

  ހަހަހަ! ހަނދާން ނައްތާލާ

  10
  2
 3. ޑ.ރ ރިޔާޒް ޙަސަން

  ނަމަނަމަ ތިކުއް ނުކުރާތި ޓްރަމްޕު...ކަލޭ ތި މިސްޓޭކް ކޮށްފިއްޔާ އީރާނުގެ ހަމަލާ އިސްރާއީލާއި އަބޫދާބީ އެމަރިކާގެ ހުރިހާ ބޭހެއް ފަނާވާނެކަމީ ޔަގީންކަން...ޙުދު އެމަރިކާގެ އިސް މަސްއޫލުވެރިންނަށް ގަބޫލުކުރޭ އެހެންވެގެން ހަމަލާދޭން ފަސްޖެހެނީ

  12
  2
 4. ތާރީޚު ދަނޭ

  އީރާނާ ގެޅނނަހަދާތި އެއީ އަލިފާން...ހަމަލަދީފިއްޔާ
  އެމަރިކާ ބިރުން ރޯނެ...2003ވަނަ އަހަރު ބުޝްގެ އަމުރަކަށް އެމަރިކާ ނޭވީ އީރާނައް ހަމަލާދޭން ދިޔަ..
  އެކަމަކު ކިހިނެއްވީ؟؟ ކޮންބައެއް ފަސްޖެހުނީ؟

  13
  2