ޗައިނާ އާއި އިންޑިއާ ގުޅޭ ސަރަހައްދީ އިމުގައި އެންމެ ފަހުން ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި ޗައިނާ ސިފައިން ވަނީ މީގެ ކުރިން ނުގެންގުޅޭ އާދަޔާއި ހިލާފު އާހަތިޔާރެއް ގެންގުޅެފައި ކަމަށް ޕްރޮފެސަރަކު ވިދާޅުވެއްޖެއެވެ.

ބެއިޖިންގެ ޔުނިވަސިޓީއެއްގައި ކިޔަވައިދޭ ތަޖުރިބާކާރެއް ކަމަށްވާ ޖިން ކޮންރޮންގް އޭނާގެ ދަރިވަރުންނާއި ވާހަކަދައްކަމުން ބުނީ ޗައިނާ ސިފައިން އިންޑިއާ ސިފައިންނެއް ހަމަލާ ދިނުމަށް ބޭނުން ކުރީ "މައިކްރޯވޭވް" ހަތިޔާރެއް ކަމަށެވެ.

"މައިކްރޯވޭވް އަވަނަކަށް އެއްޗެއް ލުމުން ކަންތައް ވެގެންދާ ގޮތައް އިންޑިއާ ސިފައިންނަށް ކަންތައް ވެގެން ދިޔައީ. އިލެކްޓްރޯމެގްނެޓިކް ހަތިޔާރުގެ ސަބަބުން އިންޑިއާ ސިފައިންގެ ހަށިގަނޑުގެ ޓިޝޫތަކަށް އަސަރުކުރި. ނަތީޖާއަކަށް ވެގެން ދިޔައީ ހޮޑުލުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުން." ޖިން ބުންޏެވެ.

ޗައިނާ ސިފައިން އިންޑިއާ ސިފައިންނަށް މިހަތިޔާރު ބޭނުން ކޮށްގެން ހަމަލާދިނީ 0.6 މޭލު ދުރުގައި ތިބެގެން ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. މިހަމަލާގެ ސަބަބުން އިންޑިއާ ސިފައިންގެ ހަށިގަނޑުގައި ގަދަ ތަދެއް އުފެދިގެން ދިޔަ ކަމަށް ވެސް އޭނާ ބުނެއެވެ.

"މިހަމަލާ އަށް ތައްޔާރުވާން ބޭނުން ވަނީ 15 މިނެޓް. ހަމަލާ ފޮނުވާލުމުން ދުޝްމަނުންގެ ސިފައިންނަށް ކޮޅަށް ތިބެވޭނެ ގޮތެއް ނޯންނާނެ." ޕްރޮފެސަރ ޖެން ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ޗައިނާ އިން މިހަތިޔާރުގެ ބޭނުން ކުރީ ފަރުބަދަ މަތީ ސަރަހައްދުގައި ބަޑިން ހަމަލާ ދީގެން ހަނގުރާމަ ކުރުން އެއީ ވަރަށް ދަތިކަމަކަށް ވުމުންނެވެ.

މިއީ "މައިކްރޯވޭވް ހަތިޔާރެއް" ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރިކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ޗައިނާގެ ޕްރޮފެސަރު ބުނެއެވެ. ޗައިނާ އިން މައިކްރޯވޭވް ހަތިޔާރެއް ބޭނުން ކުރި ކަމަށް ޕްރޮފެސަރަކު ބުނި ނަމަވެސް މިކަމަށް ބާރުލިބޭ އެއްވެސް ވާހަކައެއް ޗައިނާ އިން ނުދައްކައެވެ.

އޮގަސްޓް މަހުން ފެށިގެން ބޯޑަރު މައްސަލައިގައި ޗައިނާ އާއި އިންޑިއާ އިން ދަނީ ދޭތެރެ ދޭތެރޭއިން ހަމަލާތައް ބަދަލު ކުރަމުންނެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އަބަދުވެސް އާއްމުން އިއުލާން ކުރުމެއް ނެތި ސިއްރުވެރި ހަތިޔާރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެއެވެ. ޗައިނާ އިން ވެސް މިފަދަ ސިއްރުވެރި ހަތިޔާރުތައް އުފައްދަން މިހާރު ވަރަށް ބޮޑަށް އިންވެސްޓް ކުރަމުން ގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް މިފަދަ މައުލޫމާތުތަކަކީ އެއްވެސް ގައުމަކުން އާއްމުކޮށް އިއުލާން ކުރާ މައުލޫމާތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަބްދުﷲ

    ތިއީ އާ ހަތިޔާރެއްނޫން.
    އެމެރިކާއިން ތި ހަތިޔާރު އުފައްދައި ބޭނުންކުރާތާ އަހަރު ތަކެއް ވެއްޖެ.

    18
    77
    • ގަރީނާ

      އެހެންވިއްޔާ އަފްޣާނިސްތާނުގެ ތާލިބާނުން ތި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަލިނުވީކީއްވެ؟ ނޫނީ އީރާންގެ މިލިޓެންޓުން އިރާގުން ބަލިނުވެ
      އެމަރިކާ ފަހަތައް ޖެހުނީކީއްވެ.؟

      51
      6
      • އެކްޓިވް ޑިނައިލް ސިސްޓަމް

        އެކްޓިވް ޑިނައިލް ސިސްޓަމް އިގިރޭސިން ގޫގުލް ކޮށްލަބަލަ. ތިވެޕަން ލޯޑު ކުރަން ޓައިމްނަގާތީ ކަޑަތަންކޮޅަކީ. 70 ޑިސްލައިކު އެބަޖެހޭ އިންޓަނެޓް ރަނގަޅުގޮތުގައި ބޭނުން ކޮށް އަޕްޑޭޓްވާން.

        2
        4
  2. ޅަބޭ

    އެވަރުގެ ގަފަފަދަބަޔެއް ކައިރީ މިއުޅޭ ކެނެރީގޭ ނަސީދު މޭފުއްޕާފަ މިބުނަނީ "ފައްޓަރުބައި ވިއްކާފަ ލޯނު ދައްކަންވީހޯ"

    139
    11
  3. ބޯކިބާ

    މިއުޅޭ އަނެކަކު ހީކުރަނީ ޗައިނާއަށް ބުރިޖު ނުގެންދެވޭނެކަމަށް، އެކަމަކު އެއީ 25 ޓަނުގެ އެއްޗިހި ޖައްވަށް ފޮނުވާލެވޭ ކުޅަދާނަކަންހުރި ބައެއް.

    46
    5
  4. މަދު ބަޔަކަށް އެނގެނީ

    ހަދާންވޭތަ އެމަރިކާގެ ސީއައިއޭ ގެ އެންމެ ޒަމާނީ ކޮންޕިއުޓަރ ސިސްޓަމް ހަރުކޮށްފައި އޮންނަ ޑްރޯން އާރްކިއު170..ކުޅަދާނަ ސޮފްޓްވެއަރ އީރާނުން ހެކްކޮށްލި ސިއްރު ސައިބާ ހަމަލާ...އެމަރިކާ ގެ ސައިންސްވެރިން ނިދިނަގާލި
    ވިސްނާ ވިސްނާ އެމަރިކާއަށް ނޭގުނު ކޮންކަހަލަ ޓެކްނޮލޮޖީ އެއް ކަމެއް އީރާންއަތުގައިވަނީ

    59
    6
  5. ބުއްޅަބޭ

    ސައި ހޮޓާތަކުންވެސް، ނޫހުގެ ކޮމެންޓްތަކުންވެސް އިނގެނީ ދިވެހިން ގާތް ގުޅުމެއް ބާއްވަން ބޭނުންވަނީ އިންޑިއާ އައްވުރެ ބޮޑަށް ޗައިނާއާއި އެކުކަން.

    41
  6. ނަޖާ

    ގެރި މޯދީއަށާއި މިތާ އުޅޭ ގައުމުގެ ގައްދާރުންނަށް މިހާރު އެއްޗެއް ވިސްނޭނެ.

    35
  7. ބިސް

    ތީތި ދިމާމުރަންވީ ކެނެރީގޭ ނަޝީދުބޮލަށް...ޓެސްޓުކޮއްލަން ރަނގަޅުވާނެ