އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމުން ބަކިންގްހަމް ގަނޑުވަރުގައި އެކަމަނާގެ ކަށުކަމާކެމީގެ ކަންކަން ހިންގާނެ ގޮތުގެ ޕްލޭނެއް އެކުލަވާފައިވާ އިރު، އެ ޕްލޭނަށް ނަމެއް ދީފިއެވެ. ޕްލޭނަށް ދީފައިވާ ނަމަކީ "ލަންޑަން ބްރިޒް އިޒ ޑައުން"އެވެ.

އެ ގަނޑުވަރުން ބުނި ގޮތުގައި އެ ޕްލޭންގެ މަސައްކަތް ކުރަން ފަށާނީ ރާނީ އެންމެ ފަހުގެ ނޭވާލުމާ އެކީގައެވެ. ރާނީ އެލިޒަބަތު 2 އަށް އިނގިރޭސި ވިލާތުގެ ރަނިކަން ލިބިވަޑައިގެންފައި ވަނީ އެކަމަނާގެ އުމުރުފުޅުން އެންމެ 25 އަހަރުފުޅުގައެވެ.

ރާނީ އެލިޒަބަތު 2 ގެ އުމުރުފުޅުން މިހާރު 94 އަހަރު ފުރިފައިވާއިރު އެކަމަނާ އަކީ އިނގިރޭސިވިލާތުގެ ތަހުތުގައި އެންމެ ގިނަ ދުވަސް ވަންދެން އިންނެވި ރާނީއެވެ. އެކްސްޕްރެސް ޔޫކޭ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ 1960 ވަނަ އަހަރުގައި ވެސް ރާނީ އަވަހާރަވުމުން ކަންތައްތައް ކުރާނޭ ގޮތުގެ ޕްލޭނެއް އެކުލަވާލެވުނު ކަމަށެވެ. މި ޕްލޭނަށް މަސައްކަތް ކުރާނީ އިނގިރޭސިވިލާތުގެ ރަސްމީ ޓީވީ އިން "ލަންޑަން ބްރިޖް އިޒް ޑައުން" މެސެޖު ދިނުމުންނެވެ. މި މެސެޖު ކޮމަންވެލްތުގެ ގައުމުތަކަށާއި އެ ގައުމުގެ ބޮޑުވަޒީރަށްވެސް ލިބޭނެއެވެ.

ކޮންމެ 3 އަހަރަކުން އެއްފަހަރު މި ޕްލޭން މުރާޖައާ ކުރާއިރު މި ޕްލޭން މުރާޖައާ ކުރާ ކޮމިޓީގައި ތިބެނީ ސިވިލް ސާވެންޓް މުވައްޒަފުންނާއި ޝާހީ އެހީތެރިންގެ އިތުރުން ސަރުކާރުގެ ބޭފުޅުންނެވެ. މި ޕްލޭނުގައި ވާގޮތުން ރާނީ އަވަހާރަވުމުން 12 ދުވަހަށް މުޅި ގައުމު ހިތާމަފާޅުކުރުން އޮންނާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާނީ ކޮންމެ ހިސާބެއްގައި ހުއްޓަސް ބަކިންގްހަމް ގަނޑުވަރުގެ ތަހުތު ހުންނަ ކޮޓަރިކޮޅަށް ރާނީގެ ހަށިކޮޅު ގެންދެވޭނެއެވެ. އަދި އެތަނުން އެކަމަނާގެ ހަށިކޮޅު ވެސްޓްމިންސްޓާ ހޯލަށް ބަދަލުކުރެވޭނެއެވެ. އެތަނުން އެކަމަނާގެ މޫނު ބަލަން ފުރުސަތު ހުޅުވާލާނެއެވެ.

ރާނީ އަވަހާރަވިތާ 12 ދުވަސް ފަހުން އެކަމަނާގެ ހަށިކޮޅު ވެސްޓްމިިންސްޓާ އަބޭ ނުވަތަ ސްޓީޓް ޕައުލް ކެދެޑްރެލް ގައި ބާއްވާނެއެވެ. އަދި އޭގެ ފަހުން ތަހުތު ރަސްމީކޮށް ޕްރިންސް ޗާލްސް އާއި ހަވާލުކުރެވި އެ ގައުމުގެ ގައުމީ ލަވައިގައި އޮންނަ 'ގޯޑް ސޭވް ދަ ކުއީން' މި ބައި 'ގޯޑް ސޭވް ދަ ކިންގް' ގެ ބަޔަށް ބަދަލުކުރެވޭނެއެވެ. އަދި އެ ގައުމުގައި ބޭނުން ކުރާ ލާރި ފޮތިތައް، ނޫޓުތައް، ސްޓޭމްޕުތަކުގައި ހުރި އެލިޒަބަތްގެ މޫނުގެކޮޅުގެ ފޮޓޯ ޕްރިންސް ޗާލްސްގެ މޫނުގެ ފޮޓޯ އަށް ބަދަލުކުރެވޭނެއެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އަކީ ޔުނައިޓެޑް ކިންގްޑަމްގެ އިތުރުން ކޮމަންވެލްތުގެ 15 ގައުމެއްގެވެސް އެންމެ މަތީ ވެރިޔާއެވެ. ރާނީ އެލިޒަބަތުގެ ބައްޕާފުޅަކީ އިނގިރޭސި ވިލާތުގެ ކުރީގެ ރަސްގެފާނު 6 އެވެ. އެލިޒަބަތު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައި ވަނީ 1926 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ގައެވެ. އެކަމަނާގެ އަސްލު ނަންފުޅަކީ އެލިޒަބަތު އެލެގްޒެންޑްރާ މޭރީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޞިރާޠު

    މުޝްރިކެއްގެގޮތުގައި ހުރެ މަރުވެއްޖެނަމަ ދެން ކަންތައް ވާނޭގޮތުގެ ޕްލޭންވެސް ވަނީ ނިމިފައެވެ. އެއީ ޖަހައްނަމައަށް އޭނަ ދަތުރުކުރާނޭ ގޮތުގެ ޕްލޭނެވެ.

    77
    2
  2. ހާމިދު ޝާހިދު

    ކިހާ ބޮޑުކަމެއް. އަވަހާރަ ވާނެތާ ކޮންމެ މީހަކުވެސް. މަރުއަސް ގެންދަންވީމާ ލަހެއް ފަހެއް ނުވާނެ. އެކަމަކަށް ޕްލޭނެއް ބޭނުމެއްނުވާނެ. މަރުވުމުން، ނުވަތަ ފުރާނަ ގެންދިއުމުން، ތަހުތު ހަވާލުކުރާނޭ މީހަކު ވެސް އެވަނީ މާކުރިން ކަނޑައަޅާފައި. އެއީ، މިހާރު މުސްކުޅިފުޅުވަމުންދާ ދަރިކަލުން ޗާލްސް. އޭނާއަށް ތަހުތު ލިބުމުން، ކެމީލިއާ ވާނެތާ ރާނީއަކަށް. ހެންރީ މެންނަށް އަދި ތަހުތު ލޮލުކުރިއަށްވެސް ފެންނާކަށެއްނެތް. އުމުރުން ދުވަސްވެ ގައިބައިރު ދެރަވީމާ، ތަހުތު ދެންހުންނެވި ފަރާތަކާ ހަވާލުކުރުމުގެ މުހިންމު ކަމުގެ ބަހުސް އިނގިރޭސި ވިލާތުގައިވެސް ވަރަށް ބާރަށް ކުރިއަށްދޭ.

    21
    1
  3. ހުސޭނުބޭ

    ރިހާސަލް ބާއްވާފައި ރާނީ ވަޅުލާބަލަ! އޭރުން އަހަރެމެންނަށް ޤަބޫލުރެވޭނީ ރާނީ އެއީ އޭލިއަނެއްނޫންކަން.

    19
    3
  4. ޔާސިރު

    ރަސްމީ އިއްޒަތުގަ ޖަނާޒާ ބާއްވާލާ
    ތި ދައިތަ ގަނޑު ތިއީ ބޮޑު ކާފަރެއް ނަސާރާ ދީނުގެ
    މުސްލިމުންނަށް އެންމެ އަދާވަްތްެރި އެއްބައިމީޙުން އިނގިރޭސީންގެ ރާނީ
    މުސްލިމުންގެ ދައުލަތްތައް ލޫޓުވާލަިގެން އިއްޒަތުގަ އުޅެފަ އެނގޭނެ ވާނެ ގޮތެއް މަރުވީމަ'
    إلى جهنم وبئس المصير

    36
    4
  5. ސޯޓު

    ދެން އޭގެ ކުރިން ޗާލްސް މަރުވެއްޖެއްޔާ މުޅި ޕުލޭން ފްލޮޕް. ޙެހެހެހެހެ

    32
    1
  6. ގަދަކުޑޭ

    ތިޔަ މީހާ މަރުވަަނެ ތަނެއް އެނގެނީ ކާކަށް

    17
  7. ހުސައިން މުލި

    ތިދައިތަ ކާފަރެއްގެ ގޮތުގައި މަރުވެއްޖިއް މަރުވާ ވަގުތުން ފެށިގެން ލިބެންހުރި އަޒާބުގެ ޕްލޭން އެގޭބާ.

    13
  8. ތައުބާ

    މިހާ އިއްޒަތުގަ އުޅެފަ ކާފަރެއްގެ ގޮތުގައި މަރުވެ ދިޔާމާ ރާނީއޭ... ރާނީއޭ... ހާދަ ދެރައޭ... ރާނީއޭ ހާދަ ދެރައޭ... ހާދަ ދެރައޭ ރާނީ..

  9. ނަސްރު

    މުސްރިކުންނަށް ހަމަ ހިދާޔަށް ނުލިބި ވިޔަސް އިހްތިރާމް ކުރަން ދަސްކުރަމާ. ގަދަ ބަހާއި ހުތުރު ގޮތްގޮތަށް މުހާތަބް ނުކޮށް މުސްލިމުންގެގޮތުގައި އަހަރެމެން ނަމޫނާ ދައްކާނަމަ އެބައި މީހުންގެ ހިތްތައް މަޑުވެދާނެއެވެ.

    22
    1
  10. ޖާބެ

    މިކޮޅުގަވެސް އެބަޖެހޭތާ ނަމެއްކިޔަން ވެރިންނާ ވެރިކަންކޮށްފަތިބި މީހުންގެ ލިިސްޓެއް ރައްޔިތުންގެ ޖީބައްލުއިގޮތަަކައް