ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ސްނޯ ފައިބާ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހެމުން އެބަދެއެވެ.
ސައުދީ އަރަބިއްޔާ އަށް ސްނޯ ފޭނުމަކީ އާއްމު ކަމެއް ނޫނެވެ. ނަމަވެސް މީގެ ކުރިން ވެސް ބައެއް ފަހަރު އެގައުމަށް ސްނޯ ފައިބާފައި ވެއެވެ.
"އަލް އަރަބިއްޔާ" އިން ރިޕޯޓް ކުރާ ގޮތުގައި ސްނޯ ފޭބުމުގެ އިތުރުން ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އެހީތެރިކަމަށް ބޭނުން ވެފައިވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ވިއްސާރަ ކޮށްފާނެ ކަމަށް އެގައުމުގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސައުދީ ސިވިލް ޑިފެންސް އިން ވަނީ ބުނެފައެވެ. ވިއްސާރަ އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި ހައިލް، އަސީރު އަދި އިރުމަތީ ޕްރޮވިންސްތައް ހިމެނެއެވެ.
ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސް އިން ބުނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެއިދާރާ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
اجمل لقطه من امطار حايل هذا اليوم 9 نوفمبر شكرا لمن التقط هذه الصوره الجميله اللهم صيباً نافعاً pic.twitter.com/vYx6FYxYP1
— سعود ع المعاشي الاسلمي (@sa10250) November 9, 2020
އާއްމުކޮށް ހޫނު ގަދަ ގައުމަކަށް ސައުދީ އަރަބިއްޔާ ވީނަމަވެސް މިދުވަސްވަރު އެގައުމުގެ ފިނިހޫނުމިން އެވްރެޖްކޮށް އުޅެނީ 18 ޑިގްރީ ސެލްސިއަސްގައެވެ. ޑިސެމްބަރ މަހާއި ޖަނަވަރީ މަހަކީ ސައުދީ އަރަބިއްޔާ އަށް އެންމެ ފިނި ދުވަސް ވަރެވެ. ބައެއް އަހަރުތަކުގައި މިދުވަސްވަރު އެގައުމުގެ ފިނިހޫނުމިން މައިނަސް އަށް ވެސް ވެއްޓެއެވެ. ނަމަވެސް އާއްމުކޮށް އެގައުމަށް ފިނި ވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.
ސަޢުދީ ޢަރަބިއްޔާއަށް މިހާރު އަންނަ ބަދަލުތަކާމެދު ވިސްނާ ފިކުރު ހިންގަން ޖެހެއެވެ.
ގިޔަމަތުގެ ކުދި އަލާމާތްތައް ނިމޭނީ
ހަމަކަށަވަރުން ތީ ބަރަކާތްތެރި ގައުމެއް. ތިގައުމައް އަދި ހަލުވާއާއި ގޮވާންވެސް ފައިބާނެ.
އަރަބީންގެ ތިބިމަށް ވާރޭ ގިނައިންވެހި ސްނޯ ފައިބާނަމަ އެއީ ތިތާގެ މޫސުމަށް ބަދަލު އަންނަކަން ދަލީލު ކުރާ ކަމެއް . އެއީ ތި ބިމުގައި ފެންއާރުތައް ދެމި ، ބަގީޗާތައް އުފެދިގެން ދާނެ ކަމުގެ އަލާމާތެއް . އެއީ ނަބިއްޔާ ސ.އ.ވ. ޚަބަރު ދެއްވާފައިވާ ގޮތުގައި ދުނިޔެ ްިޔާމަތް ވުމުގެ ކުރިން ތިބިމުގައި ކޯރުތަކާއި ފެންއާރުތައް ދެމި ބަގީޗާ ތައް އުފެދި ފެތުރިގެން ދާނެ.
ޔޫއޭއީ އަކީ މިިހާރުވެސް ތީގެ ހެއްކެއް.