ސްރީ ލަންކާގެ ސިފައިން އެއް ދުވަސް ތެރޭގައި އެއްލައްކަ ގަހުގެ އޮށް ވަޅުލައިފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގަހުގެ އޮށް ވަޅުލާފައިވަނީ ސިފައިންގެ ހެޑްކުއާޓާސްގައި މަސައްކަތް ކުރާ ސިފައިންނެވެ. އެސިފައިން ވަޅުލާފައިވަނީ އެގައުމުގައި މަދުން ހެދިފައި ހުންނަ ގަސް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ލަންކާގެ ސިފައިން ބުނި ގޮތުގައި މި ކެމްޕޭންއަށް އެގައުމުގެ ފޮރެސްޓް ޑިޕާޓްމެންޓް ވަނީ އިތުރު ބިމެއް ހަމަޖައްސައި ދީފައެވެ. އަދި އިތުރު 100،000 ގަސް އިންދުމަށް ބޭނުންވާ އޮށްވެސް އެފަރާތުން ވަނީ ފޯރުކޮށްދީފައެވެ.

މިއޮށްތަކުގެ ތެރޭގައި ހިމެނެނީ މީ، ކުމްބުކް، ޓަމަރިންޑް، މާގޯސާ، ޓީކް އަދި މަހޮގަނީއެވެ.

ލަންކާ ސިފައިން އޮށް ވަޅުލާފައިވަނީ މޫސުން ރަނގަޅު ދުވަސްކޮޅަކާ ދިމާކޮށް ކަމަށްވުމުން ގަސްތައް ހެދި ތިމާވެއްޓަށް އޭގެ ރަނގަޅު ފައިދާ ޖެހޭނެ ކަމަށް އެގައުމުގެ ސިފައިން ގަބޫލު ކުރެއެވެ.

ލަންކާގެ ސިފައިން އެއްލައްކަ ގަހުގެ އޮށް ވަޅުލާފައިވާ އިރު، މިދިޔަ އަހަރު އެގައުމުގައި ކުރިއަށް ދިޔަ އިންތިހާބެއްގައި އިނގިލީގެ ފޮޓޯތަކާއި އެކު އެގައުމުގެ ރައްޔިތުން ވަނީ މީސްމީޑިއާގައި ގަސްއިންދައި ފޮޓޯ ނަގާފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އޭރު އެކި ކަހަލަ ގަސް އިންދައި އެ ގަހާއި އެކީ މީސްމީޑިއާއަށް ފޮޓޯތައް ލާފައެވެ. އޭގެ ތެރޭގައި މޭވާ އަޅާގަސްތަކާއި ހިޔާ ލިބޭ ކަހަލަ ގަސްތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުޅާވަތީ

    ދިވެހި ރާ އްޖޭ ގަވެސް މިކަލަ ކަމެ އްކުރާނަމަ ގަ އުމަށް ބޭނުންވާ ވަރަށް އެޗިހި އުފެ އްދި އްޖީސް

    16
  2. މުބީނު މާރނީ

    ސިފައިންގޭގައި ގަސް އިންދުމުގެ ދުވަހެއް ބާއްވަން ފެނޭ. ރާއްޖެއަށް ބޭނުން މޭވާ އިންދާ ދުވަހަކަށް މިދުވަސް ހެދިދާނެ. އެވަކާޑޯ ފަދަ ރާއްޖެ އަށް ބޭނުންވާ 5 ހާސް މުޑުވަށް ގެނެސް މިފާހަކުގުރާ ދުވަހު މުޅި ރާއްޖޭގައި އިންދައިފި ނަމަ އިސާހިތަކު އަވަކާޑޯ ކާން ލިބިދާނެ. މއ. ބޮޑުފެންވަޅުގޭ ގައި އަވަކާޑޯ ގަހެއްގައި އަވަކާޑޯ އަޅާފައި ހުއްޓާ ދެކުނިން. މިއީ ރާއްޖޭގައި ހެދޭ މޭވާ އެއް. ހައްދަންނޫޅޭތީ ނެހެއްދިފަ މިހާތަނަށް އޮތީ. އަވަކާޑޯ އަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރި އެއްވަނަ މޭވާ ކަމަށް ބުނެފައި ގޫގަލް ގައި ހުރޭ.