އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި ގެރިތައް ހިމާޔަތް ކުރުމުގެ ގޮތުން ގެރިއާއި ބެހޭ ކެބިނެޓެއް އެލުލަވާލަން ނިންމައިފިއެވެ.

އެކަން ހާމަ ކުރަމުން މަދްޔާ ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޝިވްރާޖް ސިން ޗައުހަން ވިދާޅުވީ، އެސްޓޭޓްގެ ސަރުކާރުން ގެރި ހިމާޔަތް ކުރުމުގެ ގޮތުން “ކައު ކެބިނެޓެއް” އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިކެބިނެޓުގައި ޖަނަވާރުންނާއި ބެހޭ ހުރިހާ އިދާރާތްތައް ހިމެނޭނެ ކަމަށް ޝިވްރާޖް ވަނީ ބުނެފައެވެ. އެގޮތުން އެނިމަލް ހަޒްބެންޑަރީ، ފޮރެސްޓް، ޕަންޗަޔަތް، ރޫރަލް ޑިވެލޮޕްމަންޓް، ހޯމް އެންޑް ފާމާ ވެލްފެއާ އިދާރާތްތައް ހިމެނެއެވެ.

ޝިވްރާޖް ވިދާޅުވީ މި ކެބިނެޓްގެ އެންމެ ފުރަތަމަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

މަދްޔާ ޕްރަދޭޝްގެ ހޯމް މިނިސްޓަރ ނަރޮތަމް މިޝްރާ ވިދާޅުވީ، ޗީފް މިނިސްޓަރ ޝިވްރާޖް ނިންމާފައިވާ ގޮތަށް ކެބިނެޓެއް އެކުލަވާލުމަށް ތާއިދު ކުރާ ކަމަށާއި އެކަމުގެ ސަބަބުން އެނގިގެން ދަނީ އެގައުމުގެ އިތުރު ސަގާފަތެއް އޮންނާނެ ކަމުގައެވެ.

މިޝްރާ ވިދާޅުވީ، އެގައުމުގެ ކޮންގްރެސް ފަދަ ޕާޓީތަކުން 15 މަސް ވަންދެން އެކަމަށް ކަމެއް ކުރުމަށް ވާހަކަ ދެއްކި ކަމަށާއި އެހެން ނަމަވެސް ގެރި ފަދަ ތަކެތި ބޯހިޔާ ކުރުމަށް 15 ތަނެއްވެސް ހެދިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    މޮޔަ ބައެއް.

    12
  2. އިންޑޯމޯލްޑިވް

    މޮޔައީކީ ނޫނެވެ. މީހުން މޮޔަ ހައްދާފައި ރައްޔިތުންގެ ލާރިގަނޑު ކާލަނީއެވެ. ފައްޅިތަކުގެ ފާދިރީންތައް ވެސް ހަދަނީ އެހެންނެވެ. އެމީހުން އަޅުކަން ކުރާ ބުދަށް ޤުރުބާންކުރަން ގެންނަ ތަކެއްޗާއި އެބުނާ ކަލާނގެއަކަށް ސަދަޤާތްކުރާ އެއްޗަކީ އެއީ ފާދިރީން އަމިއްލަ އެއްޗެކެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހޯދައި ބަލައިލީމާ މިކަން ސާފުވާނެވެ. އެ ބުދަކީ އެއްވެސް ގެއްލުމެއް އަދި ފައިދާއެއްވެސް މީހަކަށް ދޭ އެއްޗެއް ނޫން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ ފާދިރީންނަށެވެ. އެކަމަކުވެސް އެމީހުން އެހެން މީހުން ވާ ވައްދަނީއެވެ.

    12
    1