އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓްގައި ލާފައިވާ ހުރިހާ ވޯޓެއް އަލުން ގުނުމުން ވެސް ނަތީޖާއަށް ބަދަލެއް ނައިސް ޖޯ ބައިޑެން ޖޯޖިއާ ކާމިޔާބު ކުރައްވައިފިއެވެ.
ޖޯޖިއާގެ ފުރަތަމަ ނަތީޖާތަކާއި މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލު އުފައްދަމުން ގެންދާތީ އާއި ނަތީޖާގެ ފަރަގު ކުޑަވުމުން ޖޯޖިއާގެ އޮފިޝަލުން ނިންމީ އަލުން އެ ސްޓޭޓްގެ ވޯޓް ގުނާށެވެ. އިންތިޚާބުގެ ކަންކަން ބަލަހައްޓާ އޮފިޝަލުން ވަނީ އިންތިޚާބުގައި ލާފައިވާ ވޯޓް ގުނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބަލަން ހާއްސަ އޮޑިޓެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެއޮޑިޓުން އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.
އަލުން ވޯޓް ގުނާފައި ވާއިރު މިހާރުގެ ނަތީޖާ އިން ޖޯޖިއާގައި ބައިޑެން ކުރީގައި އުޅުއްވަނީ ޓްރަމްޕްއަށް ވުރެއިތުރަށް 12284 ވޯޓް ހޯއްދަވައިގެންނެވެ.
ރިޕަބްލިކަން ޕާޓީގެ ސްޓޭޓެއްގެ ގޮތުގައި ބަލަމުން އައި ޖޯޖިއާގެ ވޯޓް މިފަހަރު ބައިޑެން އަށް ކާމިޔާބުވި އެއް ސަބަބަކީ ވަރަށް ގިނަ އަދަދެއްގެ ކަޅުނަސްލުގެ މީހުން ވޯޓްލާން ނިކުމެ ބައިޑެން އަށް ވޯޓް ލުން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ޕޯސްޓް މެދުވެރިކޮށް ވޯޓްލީ ގިނަ މީހުންގެ ވޯޓް އެހެން ސްޓޭޓްތަކާއި އެއްގޮތައް ޖޯޖިއާގައި ވެސް ލިބިފައި ވަނީ ބައިޑެން އަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުން ރައީސް ޓްރަމްޕް ބަލިވެފައި ވީނަމަވެސް ޓްރަމްޕް އަދިވެސް ގެންދަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. ބައިޑެން އަށް ވެރިކަމުގެ ބާރުގަދަ ބަދަލު ކުރަން ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް އިންތިޒާމެއް ޓްރަމްޕް ހަމައެއް ނުޖައްސަައެވެ. މިއީ އެމެރިކާގެ ތާރީޚްގައި ވެސް ރައީސަކު އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރި ފުރަތަމަ ފަހަރެވެ.
އަހަންނަށްފެންނަނީ އަދިވެސްގުނަން !!
އަރެންނަށް ފެންނަނީ ޓްރަންޕް ވައިޓްހައުސް ދޫކޮށް ވޯޓްގުނަން ހުރިހައި ފޮށިތައްހިފައިގެން ޓްރަންޕްގެ ގެއަށް ބަދަލުވާން! އޭރުން ނަތީޖާ ބަދަލުވަންދެން ވޯޓްގުނާލަގުނާލި ގޭގައި އިންނާނީ!
ތިޔައީ އެމެރިކާގެ ބުއްޅަބޭ
ޓު ރަމްޕުލައްވާވެސް ގުނުވަންވީ!!
ޓު ރަމްޕުގެ އާއިލާގެއެންމެންލައްވާވެސް ގުނުވަންވީ!! ބޯގަޅި ގަމާ ރެއްވިއްޔާ!!