އަލްގައިދާގެ ނިރުބަވެރި ގުރޫޕުގެ އިސް ލީޑަރު އައިމަން އަލް ޒަވާހިރީ މަރުވެއްޖެ އެވެ.

އޭނާ މަރުވެއްޖެ ކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ރިިޕޯޓްކޮށްފައެވެ.

އަލްގައިދާގެ ލީޑަރު މަރުވީ އަސްތަމާ ޖެހިގެން ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނަކާއި ހަވާލާދީ އަރަބި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަލްގަައިދާގެ ބައެއް ފަރާތްތަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން ލީޑަރު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން މަރުވެފައެވެ.

އޭނާގެ ސިއްހީ ހާލު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ނަމަވެސް ސިއްހީ ފަރުވާ ހޯދާފައިނުވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އަލްގައިދާގެ ގްރޫޕަކާއި ހަވާލާދީ ރިޕޯޓްތަކުގައިވާގޮތުން އެނާގެ ކަށުކަމާއި ކެމީގެ ކަންތައް ނިންމައި،އޭނާގެ މައްޗަށް ކަށުނަމާދުވެސް ބަނީ ކޮށްފައެވެ.

މިއީ އަލްގައިދާގެ ދެވަނަ ލީޑަރެވެ.

އެ ޖަމާއަތުގެ ފުރަތަމަ ލީޑަރު އުސާމާ ބިން ލާދީން 2011ގައި މަރުވުމަށްފަހު އެ ޖަމިއްޔާ ލީޑް ކުރަުން ގެންދިޔައީ ޒަވާހިރީ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙެހެ

    ޙެހެ ރޯ ކާފަރުން މަރުވީމަ ލިޔާނީ އަވަހާރަ ވެއްޖެ

    16
    2
  2. އަޙްމަދް

    އަލްގައިދާގެ ނިރުބަވެރި ގުރޫޕުގެ އިސް ލީޑަރު އައިމަން އަލް ޒަވާހިރީ މަރުވެއްޖެ އެވެ.
    ——————————————————————
    عقيدة ފާސީޤްވެފައިވާ ބިދްޢަވެރި މުޑުދާރު ޚަވާރިޖީ އަލްގައިދާ ގުރޫޕުގެ ނުބައިކަމުން الله އަޅަމެން ރައްކާތެރި ކޮއްދެއްވާންދެވެ.
    ހަމަކަށަވަރުން އުސާމާ ބިން ލާދިން އައި ޒަވާހިރީ އަކީ ބިންމަތީގައި ފަސާދަ އުފައްދާ މީހުންގެ ތެރެއިންވީ މީހުންނެވެ.
    ޝައިޠާނަގެ މަގުގައި ޖިހާދުކުރި މީހުންނެވެ.
    އަދި ފަސާދަވެގެންވާ ނުބައި މަގުތައް ހޯދައިގަންނަން ގަދައަޅާ މަސައްކަތް ކުރި މީހުންނެވެ.
    އަދި ވެރިމީހާގެ ކިޔަމަންތެރިކަމުން ނިކުމެގަތް މީހުންނެވެ.
    ފަހެ، އުންމަތުގެ ބޮޑެތި ޢިލްމުވެރިން ވަނީ މުޖިރިމުންގެ ޙަޤީޤަތް ފާޅުކޮއްދެއްވާ އެމީހުންގެ ނުބައިކަމުން ރައްކައުތެރިވެ ތިބުމަށް މީސްތަކުންނަށް ނަަޞޭޙަތް ދެއްވާ ވަރުގަދަ އަށް އިނޒާރުދެއްވާފައެވެ.
    އެހެނަސް. ހިތާމައަކީ ލަދެއް ނެތި، ބިރެއް ނެތި، މީސްތަކުންނަށް ބިންލާދިންނާއި އަލްޤއިދާގެ ސޫރަ ރީތިކޮށް، އެބައިމީހުންގެ އަމަލުތަށް ޒީނަތްތެރި ކޮށްދޭ މީހުންވެސް ރާއްޖޭގައި އުޅޭކަމެވެ. އަދި އެމީހުންގެ މަގުފުރެދިފައިވާ ޢަޤީދާ ފަތުރާ މީހުންވެސް މިރާއްޖޭގައި އުޅެކަމެވެ.
     ދުޢާ އަކީ عقيدة ފާސީޤްވެފައިވާ މިބިދްޢަވެރި މުޑުދާރު ޚަވާރިޖީ އަލްގައިދާ ގުރޫޕުގެ ނުބައިފިކުރުތަށް ސިއްރާއި ފާޅުގައި މި ދިވެހިރާއްޖޭގައިވެސް ފަތުރަން މަސައްކަތްކުރާ ނުރައްކާ ޤުރޫޕުތަކުގެ ނުބައިކަމުން الله އަޅަމެން ރައްކާތެރި ކޮއްދެއްވުމެވެ.

    11
    9
    • އަލީރަމީޒު

      ސައުދީ ކިންގަށް ސަނާ ކިޔާބަޔަކު ކަމުގައި ނޫނީ ތިހެން ނުބުނާނެ...ތިބާގެ ބަސްތަކުން ދުވަނީ ސްޕަސަލަފީ މުހައްމަދު ހަސަންގެ ބާތިލް އިރްޖާ އަޤީދާގެވަސް..

      4
      2
  3. ވާނުވާ

    الحمد لله

    6
    5
  4. .....

    ޢެކި މީހުން ކިޔަނީ އެކިގޮތަށް ދޯ...އެހެންވީމަ އަހަރެންގެެ ނަޒަރުގައި ތިގޮތަށް ދަލީލެއްނެތި ދައްކާ ވާހަކަތަކަކީވެސް ފިތުނައުފެއްދުން...އަމިއްލަވާހަކަ ނުދައްކާ ރީތިބަހުން އެމީގުންގެ ކިބައިގަ ހުރި ބާތިލްކަން ދަލީލުން ހާމަ ކޮށްނުދެވެންޏާ ހަނު ހުރުން އެއީ ރަނގަޅުގޮތް...ތި މުޅި ވާހަކައިގަވެސް އެއްވެސް ބުރަދަނެއްނެތް ކަމީ ތިބާ ގެ ޒާތީކަން ހާމަކޮށްދޭ ކަމެއް....ޒާތީވެގެންވިޔަސް ތިބާވެސް އަލްގައިދާއަށް ގޮތްނިންމުމުގައި އަވަސްވުން ހާމާވެގެން ދާ ކަމީ ތިބާގެ ކިބައިގައިވެސްވާ ހައްދުފަހަނަ އެޅުމުގެ ސިފައެއްކަން ނޭނގުންއެއީ ޝައިތާނާގެ ދައްތުރައެއްގައި ތިބާހުރިކަމަށް ލަފާކުރެވޭ ސަބަބެއް..

    8
    1
  5. ހުސެން

    ވައްކަން ކޮށްގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދާ އަދި ތަހުޤީޤް ހިނގަމުން ދާ ވައްކްމުގެ ދިގު ލިސްޓެއް އޮތް މީހަކަށް ވެސް ރާއްޖޭގައި މުޚާޠަބު ކުރަމުން ދަނީ ވަރަށް މާތް ބަހުން ނެވެ. ނުބައި ވެގެން އޭނާ ނުކުރާ އެއްވެސް ކަމެއް ނެތެވެ. ﷲ ޙަރަމް ކުރެއވި ކަންތައްތައް ކުރަން ކެރޭނެކަމަށާއި އެ ފަދަ ޤާނޫނު ތައް ތަންފީޒު ކުރަން ކެރޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ބެންގ ކޮކް އިން ފައިސާދީފަ ނަގާ އަންހެނުންނަކީ ހިލޭއަންހެނުން ކަމުގައި ނުވަނެ ކަމަށް ވެސް ބުނެފައި ވެއެވެ. ރިޝްވަތު ދިނުމަކީކުށެއް ނޫން ކަމަށް ޤާނޫނެއް ފާސް ކުރަން ވެސް އުޅެފައި ވެއެވެ.