އިންޑިއާގެ އަންދްރަޕްރަދޭޝްގެ ކަޑަޕާ ޑިސްޓްރިކްޓް ވޮންޓިމިއްޓާގައި އޮންނަ ފެންގަނޑެއްގެ ތެރޭގައި، ވީނުވީއެއް ނޭނގި މަރުވެފައި ތިބި ބައެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކޮން ބައެއްކަން ނޭނގޭ ހަތް މީހެއްގެ ގަބުރު އެ ފެންގަނޑު ތެރެއިން ފެންނަންވީ ގޮތެއް ނުވަތަ އެމީހުން މަރުވީ ގޮތެއް ބުނެދޭން އަދި އެއްވެސް ފަރާތަކަށް ނޭނގެއެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިއާ ނޫސްތައް ބުނާގޮތުގައި، އެ މީހުންގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ހުރިކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކުރަން އެނގޭނީ އޮޓޮޕްސީ ރިޕޯޓްތައް ލިބުމުންކަމަށް ބުނެފައި ވެއެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑު ފެނުނު ފެންގަނޑު

އޮފިޝަލުން ބުނެފައިވަނީ، އެ މީހުންނަކީ މީގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން މަރުވެފައިވާ ބައެއްކަން ބަލާބެލުމުން އެނގޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއިން މީހެއްގެ އެއްވެސް އައިޑެންޓިޓީއެއް މީހެއްގެ އަތުންވެސް އަދި ފެންގަނޑުންވެސް ލިބިފައި ނެތްކަމަށް އެފަރާތްތަކުން ބުނެއެވެ.

"ބެލެވޭގޮތުގައި، އެއީ މީގެ 24 ގަޑިއިރު ނޫނީ 48 ގަޑިއިރު ކުރިން މަރުވެފައިވާ ބައެއް. އެއީ ކޮން ބައެއްކަން ހޯދަން ވަރަށް އުނދަގޫވާނެ. އަދި އެމީހުން އެފެންގަނޑު ތެރެއަށް އައީ ކިހިނެއްކަން. އަދި އެ މީހުން މަރުވީ ކިހިނެއްކަން ބުނެދޭން". ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކުން މިހާރު ދަނީ، މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަހާލަތު

    އަދިވެސް ތެޅޭ ރާއްޖެއަށް އެހީތެރިވާށޭކިޔައިގެން އަރަން. އަމިއްލަ ގައުމު ހަމަޔަކަށް ނޭޅިގެން ތިއުޅެނީ. ކީއްތަވާނީ ތިތާގަތިހިރަ ކަންކަން ހައްލުކުރަން އުޅުނިއްޔާ މަނަވަރުތައް ކައިރިކޮށްގެންވިޔަސް

  2. އަހުމަދު

    މި ރާއްޖޭގެ ހުރިހާކަމެއް ވާނުވާ ކަލޭމެނަށް އެގޭ. އޭރުން ނިމުނީ. ރޭޕް ކޮށްފަ މަރާލާފަ ފެންގަނޑަކަށް އެއްމެން އަޅާލިޔަސް ވާނުވާވެސް ކަލޭމެންގެ އެއްވެސް ރާޑަރަކަށް ނާރާނެ. ތިތާ ކަންތަށް ހައްލުކުރާނެ ކަމެއްނެތް. މިތަނަށް ވެރިވެގަނެވޭތޯބަލާ !

  3. އަޙްމަދް

    މުޒާހަރާ ކުރަން އެމްޑިޕީ އަވަހަށްދޭ.

  4. ާބޫސުފުޔާން

    ފަހަކައްއައިސް އިންޑިއާގާ ބާއްވައިގެންއުޅޭމުބާރާތެއްނުތީ

  5. އިސްލާހު.

    އަދިވެސް ރާއްޖެ ފަހަތުން ދުވޭ. މިމައްސަލަ އ ދ އިން ބަލާބަލަ

  6. ޙުސައިން މ. މުލި

    އަދިވެސް އެހެން ގައުމުތަކަށް އަރައިގަންނަން ތިވިސްނަނީ ލަދެއް ނުގަނޭތަ

  7. ޔާމިނު

    ތިމަނުމިިވެރިޔެކޮލަ؟

  8. ޔާމިނު

    ޥަގު

  9. ސަަބަހެެެެެރ

    ކަލެޔަ