ކޮވިޑް-19 އަށް 58 މިލިއަން މީހުން މިހާރު ފައްސިވެފައި ވާއިރު އަދިވެސް ބަލީގެ އަސްލު ގުޅިފައި އޮތް ހިސާބެއް ކަށަވަރު ކަމާއިއެކު ބުނާކަށް ނޭނގެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އިންސާނުންނަށް ޖެހުނީ ވާލެއްގެ ސަބަބުންނެވެ. އަނެއްބަޔަކު ބުނާ ގޮތުގައި ކޮވިޑް-19 އަކީ ޗައިނާގެ ވޫހާންގެ ލެބޯޓްރީއެއްގައި އުފެއްދި ބައްޔެކެވެ.

ނަމަވެސް ވާލާއި އަދި އެފަދަ އެހެން ދިރޭތަކެތީގެ ސަބަބުން ޖެހޭ ބަލިތައް ދިރާސާ ކުރުމުގައި ޗައިނާގައި މަޝްހޫރު ސައިންސްވެރިއެއް ކަމަށްވާ ޝީ ޒެންގްލީ އާއްމު ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ވޫހާންގައި ވާލުގެ ތަހްލީލްތަކެއް ކުރި ސައިންސްވެރިން ދިރާސާކުރި ވާލާއި ކޮވިޑް-19 އާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި ވޫހާންގެ ލެބޯޓްރީ އާއި ވެސް ކޮވިޑް-19 އާއި ގުޅުމެއް ނެތެވެ.

ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ "ނޭޗާ" ގައި އާއްމު ކޮށްފައިވާ ދިރާސާ ރިޕޯޓް ތައްޔާރުކުރި ޝީ އަކީ ވައިރޮލޮޖިސްޓެކެވެ. އޭނާ އަކީ ވޫހާން އިންސްޓިއުޓް އޮފް ވައިރޮލޮޖީގެ ޑެޕިއުޓީ ޑިރެކްޓަރެވެ. ވާލާއި ގުޅޭ ވަރަށް ގިނަ ދިރާސާތައް ޝީ ކޮށްފައި ވާތީ އޭނާ މަޝްހޫރު ވެފައި ވަނީ "ބެޓް ވުމެއް" ނަމުންނެވެ.

ޝީގެ ދިރާސާގައި ބުނެފައި ވަނީ ވާލާއި ގުޅޭ ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރި މުވައްޒަފުންތަކެއް ގޮތް ނޭނގޭ ބައްޔެއް މީގެ އަށް އަހަރު ކުރިން ވިއެވެ. ނަމަވެސް އެމީހުންގެ ލޭ ނަގައިގެން ކުރި ތަހްލީލްތަކުން ކަށަވަރު ވެފައިވާ ގޮތުގައި އެއިން އެއްވެސް މީހެއްގެ ހަށިގަނޑުގައި ކޮވިޑް-19 އެއް ނެތެވެ.

ޝީގެ ދިރާސާގައި ބުނެފައިވާ ގޮތުގައި އޭނާގެ ޓީމުން ދިރާސާކުރި ބައެއް ވާލުން ކޮރޯނާވައިރަސް ފެނިފައި ވީނަމަވެސް އެއިން އެއްވެސް ވާލަކުން ފެނުނު ވައިރަސް ކޮވިޑް-19ގެ ޖެނެޓިކް ކެރެކްޓާއަކާއި ދިމައެއް ނުވެއެވެ.

ޗައިނާގެ ވޫހާން އިން ކޮވިޑް-19 ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ވެސް އިޓަލީވިލާތާއި ފަރަންސޭސިވިލާތުގައި ކޮވިޑް-19 ފެތުރިފައިވާކަން މިހާރު ދިރާސާތަކުން ވަނީ ކަށަވަރު ވެފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19 އިން ސަލާމަތްވުމަށް ކޮވިޑް-19ގެ އަސްލު ދެނެގަތުން ވަރަށް މުހިއްމެވެ. އެހެންކަމުން ބަލި ފުރަތަމަ އިންސާނުންގެ ގަޔަށް އެރިގޮތެއް ބަލަން އަދިވެސް ދަނީ ދިރާސާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަމަނަމަ

    ބަލި އެއީ ކޮންއެއްޗެއްކަށް އެނގޭ މީހަކަށް އެނގޭނެ ބަލިޖެހޭގޮތް ބަލި ހިފަިގެން އުޅެނީ ކާކުކަން

  2. ޚއކއ

    އެހެންވެއްޖެޔާ ބެޓް މޭން ކައިރި އަހާބަ