ސްރީ ލަންކާގެ އެއާފޯސް އަށް ފުރަތަމަ ފަހަރަށް އަންހެން ދެ ޕައިލެޓުންނަށް އުދުހުމުގެ ހުއްދަ ދީފިއެވެ.

ސްރީންކާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓުންގެ ގޮތުގައި މި ދެ ޕައިލެޓުން ހަމަޖައްސާފައި ވަނީ މި ހަފްތާގެ ކުރީކޮޅުއެވެ. އެއް އަހަރުގެ ހާއްސަ ތަމްރީނަކާ އެކު މި ޕައިލެޓުން ތަމްރީނު ވެފައި ވަނީ އިންޑިޔާގެ ހައިދަރްއާބާދުގެ ކައިރީގައި އޮންނަ ދުންޑިގަލް ބޭސްޑް އެއާ ފޯސް އެކެޑަމީގައި 2018 ވަނަ އަހަރުން މިދިޔަ އަހަރުގެ ނިޔަލަށެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ރަންގަނާ ވޯރަވަރްދަނާ އާއި ޕަވިތްރާ ގުނަރަތްނޭ ލަންކާގެ ވައިގެ އަސްކަރިއްޔާގެ ފުރަތަމަ އަންހެން ދެ ޕައިލެޓުންނަށް ވެގެން ދިއުން އެއީ އެ ގައުމުގެ އަސްކަރިއްޔާ އަށާއި އެ ދެ ޕައިލެޓުންނަށް ލިބިގެންދިޔަ ފަހުރެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ވީރަވަރްދަނާ ބުނީ ޕައިލެޓަކަށް ވުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި އުދުހުމުގެ މިކަހަލަ ފުރުސަތެއް ހައިދަރްއާބާދުގެ އޭއެފްއޭ އިން ދުވަހަކުވެސް ލިބޭނެ ކަމަށްވެސް އުންމީދު ނުކުރާ ކަމަށެވެ. އޭނާ ވަނީ އިންޑިއަން އެއާ ފޯސް އަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ވެސް ބުނެފައެވެ.

ވައިގެ އަސްކަރިއްޔާގެ ޕައިލެޓުންނާއި ގުޅުނު ދެ އަންހެން ޕައިލެޓުންނަކީ މި ހަފްތާގެ ކުރީކޮޅު އެ ގައުމުން އުދުހުމުގެ ހުއްދަ ދީފައިވާ 53 ކެޑޭޓުންގެ ތެރޭގައި ހިމެނޭ ދެ ޕައިލެޓުންނެވެ. މި ޕައިލެޓުން އިންޑިއާއަށް ތަމްރީނު ހޯދުމަށް ފޮނުވާފައި ވަނީ 2017 ވަނަ އަހަރު ސްރީލަންކަން އެއާ ފޯސް ގައި ބޭސިކް ކޮމްބެޓް ޓްރެއިނިންގް ވެސް ނިންމާލުމަށް ފަހުގައެވެ.

އޭއެފްއޭ އިން މި ޕައިލެޓުން ހަދާފައި ވަނީ ބޭސިކް ޕްލައިންގް ޓްރެއިނިންގެ ތެރެއިން ޕައިލޭޓަސް ޕީސީ-7 އެމްކޭ2 އެއާކްރާފްޓްއެވެ. އަދި ލަންކާއަށް ދިއުމުގެ ކުރީން ޗައިނީސް ވައި-12 ލައިޓް ޓްރާންސްޕޯޓް އެއާކްރާފްޓް ޓްރައިނިންގް ވެސް ހަދާފައި ވެއެވެ. މި ދެ އަންހެން ޕައިލެޓުންވެސް ލަންކާއިން ބޭރުގެ ގައުމަކަށް ފުރަތަމަ ފަހަރަށް ދިޔައީ އިންޑިއާ އަަށެވެ. ގުނަރަތްނޭ ބުނީ ލިބުނު ކާމިޔާބުގެ އަސްލަކީ ކޯހުގައި ލިޔަވައިދިން މުދައްރިބުން ކަމަށާއި އެ ފަރާތުން ދިން އިރުޝާދުތަކާއި ދަސްކޮށްދިން ކަންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށެވެ.

ގުނަރަތްނޭ ބުނީ އެމީހުންނާއެކު އިންޑިއާ އިން ބައިވެރިވި ކެޑޭޓުންނަކީ ބޭބެއިންނާއި ދައްތަމެން ފަދަ ބައެއް ކަމަށާއި އެކުގައި މަސައްކަތް ކުރުން އެއީ ގޭގައި އެއްކޮށް އުޅުން ފަދަ ތަނަކަށް އެތަން ހަދައި ދިނީ އެ ކެޑޭޓުން ކަމަށެވެ. އަދި ޓްރެއިނިންގެ ތެރެއިން ދެކެވުނު ވާހަކައިގެ ތެރެއިން އެ ގައުމުގެ ސަގާފަތްތަކާއި އާދަކާދަތައްވެސް ދަސްވި ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ރާއްޖޭގެ އެއަރ ފޯރސް ކަންތައް ކިހިނެއްބާ އޮތީ؟ އިންޑިއާ އިން އެކަންވެސް ކުރާގޮތަކަށް ކަންނޭގެ ހަދާނީ. މިހެންމިބުނީ ބާ ހެލިކޮޕްޓަރު ގަނޑެއްވެސް ދިވެހިސިފައިންނަށް ދުއްވަން ދަސްވި ކަމަކަށްނުވީމަ.

    18
  2. އަހުމަދުކަލޯ

    ހާދަ ލޯބި ދެކުދިންނޭ ދޯ ބައްދަލްކޮއްލަން ބޭނުން

    12
    5
  3. އަބްދޫ

    ރާއްޖެގަ ވެސް ސިފައިންގެތެރޭގަ ކުރިން އުޅުނު ޕަިލެޓް ޓްރޭނިންގް ހަދައިގެން ތިއްބެވި އޮފިސަރުންނާ އެއަކްރާފްތް އިންޖިނެރުންވެސް އެފަރާތްތައް ސިފައިންގެތެރޭން މިހާރު ވަނީ ވަކިވެގެން ގޮއްސާ.

    14