އެމެރިކާގައި ހުރި މޯލްއެއްގެ ތެރެއަށް ވަދެ ހަތް މީހެއްގެ ގަޔަށް ބަޑިޖަހާ ޒަހަމްކޮށްލި 15 އަހަރުގެ ފިރިހެން ކުއްޖަކު ވައުވާޓޮސާއިން ހައްޔަރުކޮށްފިއެވެ.
ވިސްކޮންސިންގެ ސިޓީއެއް ކަމަށްވާ ވައުވާޓޮސާއިން ހައްޔަރު ކުރި ފިރިހެން ކުއްޖާއަކީ މިިދިޔަ ހުކުރު ދުވަހު އެ ސިޓީގައި ހިނގި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ކުއްޖެއް ކަމަށް "ޑެއިލީމެއިލް" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ކަމަށް ވެއެވެ.
މިކަމާ ގުޅިގެން އެ ސިޓީގެ ޗީފް އޮފް ޕޮލިސް ބެރީ ވެބަ ވިދާޅުވެފައިވާ ގޮތުގައި މިކަން ހިނގަން މެދުވެރިވެފައި ވަނީ ދެ ގުރޫޕެއްގެ މެދުގައި ހިނގައި ދިޔަ ދެބަސްވުމަކާ ގުޅިގެން ކަމަށެވެ.
މިހާދިސާގައި ހަތަރު މީހެއް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި، އެމީހުންނަކީވެސް ކޮންމެވެސް ހިސާބަކުން މި ދެބަސްވުމާ ގުޅުމެއް ހުރި ހަތަރު މީހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަތް މީހަކަށް ހަމަލާ ދިނުމަށް ފަހު އެ ފިރިހެން ކުއްޖާ ވަނީ ދުވެ ފިލާފައި ކަމަށް އެ ނޫހުން ވަނީ ފުލުހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައެެވެ.
ފުލުހުން ބުނެފައި ވަނީ، މިއީ އެއްވެސް ކަމަކާއި ގުޅުމެއް ނެތް ހަމަލާއެއް ނޫންކަން ވަރަށް އަވަހަށް ދެނެގަނެވުނު ކަމަށާއި އަދިވެސް މިކަމާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ.
"މިއީ އެއްވެސް ކަމަކާ ގުޅުމެއް ނުވާ ހަމަލާއެއް ކަމަކަށް އަހަރުމެން ގަބޫލެއް ނުކުރަން. މިއީ ދެބަސްވުމެއްގެ ހިތި ނަތީޖާ. އިތުރު ތަހުގީގުތައް ދަނީ ކުރިއަށް" ބެރީ ވަނީ ވިދާޅުވެފައެވެ.
މުސްލިމަކަށް ނުވާތީ ޓެރަރިޒަމްގެ ހަމަލާ އެކޭ ނުބުނާ ނެ އެވެ.
ނޫން ދޮގު ބުނޭ. އެކަ މަކު މުސްލި މުން ތިކަން ކުރާ ވަރު ގިނަ
ކާލޯ ހާދަ ރުޅިއެކޭ މުސްލި މުންދެކެ ތިޔަ އަރަނީ
ބުދުދީނާ ނަސޯރާއިން އެއްވެސް ސަބަބެއްނެތި މުސްލި މުން މަރާ ކުރާ ގޯނާ ބަލަން ބޭނުން ނުވަނީ ދޯ.
ކާލޯ ހާދަ ރުޅިއެކޭ މުސްލި މުންދެކެ ތިޔަ އަރަނީ
ބުދުދީނާ ނަސޯރާއިން އެއްވެސް ސަބަބެއްނެތި މުސްލި މުން މަރާ ކުރާ ގޯނާ ބަލަން ބޭނުން ނުވަނީ ދޯ.
ޓެރެރިސްޓެއް ނޫން ދޯ؟ ކުޑަ ކުއްޖެއް!!!
ކިތަންމެ ހިތިވިއަސް ހަގީގަތްވާނީ ހަމަ ހަގީގަތައް. އާންމު ކޮށް ތިކަހަލަ ޓެރަރިސްޓް ހަމަލަ ގިނައިން ދެނީ މުސްލިމުން. އެހެންވެ މުސްލިމުން ބަދުނާމުވަނީ . އަހަރެމެން ބޭރު ގައުމުތަކަށް ގޮސް މުސްލިމެކޭ ބުނަން ލަދު ގަންނަ ހިސާބަށް ހަރުކަށި ފިކުރުގެ މީހުން ގެ ކަންތައް މިހާރު ގޮސްފި. މިސާލަކަށް އަފްގާނިސްތާން ޕާކިސްތާން ސީރިޔާ އިރާގު ސޯމާލިއާ ފަދަ ގައުމުތަކުގެ ހައްދު ފަހަނައެޅި ޚަވާރިޖުންނާއި ތަކްފީރީ ޖަމާއަތްތައް ހިމެނޭ. މި އަމާން އޮމާން ދިވެެހިރާއްޖެ ވެސް މިހާރު މިލިސްޓައް އިތުރުވެއްޖެ.