ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 50,453 އަށް އަރައިފިއެވެ.

މިއަދު ވެސް އިޓަލީވިލާތުން ވަނީ ކޮވިޑް-19 ޖެހިގެން އިތުރު 630 މީހަކު މަރުވެފައެވެ. މިއަދު އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު އިއްޔެއަށްވުރެ ގިނައެވެ. އިއްޔެ އެގައުމުން މަރުވީ 562 މީހުންނެވެ.

އިއްޔެ އަށްވުރެ ގިނަ މީހުން މިއަދު އިޓަލީވިލާތުން މަރުވި ނަމަވެސް މިއަދު އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދެވެ. މިއަދު އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވީ 22,930 މީހުންނެވެ. އިއްޔެ އެގައުމުން 28334 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދަކީ ނޮވެމްބަރ 02 ވަނަ ދުވަހަށްފަހު އިޓަލީވިލާތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ އެންމެ ހާލަތު ގޯސް ލޮމްބާޑީންނެވެ. އެރީޖަން އިން 5289 މީހުން ފައްސިވިއެވެ. ވެނެޓޯ އިން 2540 މީހުން މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ.

އިޓަލީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31395 މީހުން މިއަދު ބަލިން ރަނގަޅުވިއެވެ.

މިއަދު ދޮޅުލައްކައެއްހާ މީހުން އިޓަލީވިލާތުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ގާތްގަނޑަކަށް %15 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ނޮވެމްބަރ މަހުގެ 02 ވަނަ ހަފްތާ އިން ފެށިގެން ކޮވިޑް-19 އަށް އިޓަލީވިލާތުން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން އެގައުމުން ވަނީ ބަލި ކޮންޓްރޯލް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތަކުގެ ސަބަބުން މިހާރު ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަމުން އަންނަކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު