އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އަށް މިއަހަރު އަލަށް އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ އުމުރުން 33 އަހަރުގެ ލޯރެން ބޮބާޓް ކޮންގްރެސް އަށް ހާޒިރު ވާނީ ރައިފަލް އާއި ފިސްތޯލަ ހިފައިގެން ކަމަށް އޭނާގެ އޮފީހުން ބުނެފިއެވެ.
ކޮލެރާޑޯގެ އިންތިޚާބު ކާމިޔާބު ކުރި ލޯރެން އަކީ ބަޑި ގެންގުޅުމަށް ވަރަށް ބޮޑަށް ބާރުއަޅައި ކެމްޕޭން ކުރަމުން ގެންދާ މީހެކެވެ. ހަނގުރާމަވެރި ހަތިޔާރު އާއްމުންގެ އަތުގައި ބެހެއްޓުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް ލޯރެން ވަރަށް ވަރުގަދައަށް ރައްދު ދެއެވެ.
ލޯރެން ގެންދަނީ ހަނގުރާމަވެރި ހަތިޔާރު ތީމެއްގެ ގޮތުގައި ބަލައިގެން ރެސްޓޯރެންޓެއް ވެސް ހިންގަމުންނެވެ. ކޮންގްރެސް އިންތިޚާބުގެ ކެމްޕޭންގައި ގިނައިން ލޯރެން ފެންނައިރު ވެސް އުނަގަނޑުގައި ފިސްތޯލައެއް އޮވެއެވެ.
ލޯރެން ކޮންގްރެސް އިންތިޚާބު ކާމިޔާބު ކުރުމުގެ ކުރިން ޕްރައިމަރީ ކާމިޔާބު ކުރީ ރިޕަބްލިކަން ޕާޓީގެ އެންމެ ތަޖުރިބާކާރު އެއް މެންބަރު ކަމަށްވާ ސްކޮޓް ރިޕްޓޮން ޕްރައިމަރީގައި ބަލި ކުރުމަށްފަހު އެވެ. ސްކޮޓް ވަނީ މެދުނުކެނޑި ފަސް ދައުރު ކޮންގްރެސްގެ މެންބަރުކަން ކޮށްފައެވެ.
ލޯރެން ކޮންގްރެސް އަށް ހާޒިރު ވާނީ ހަތިޔާރާއި އެކުގައިކަން އިއުލާން ކޮށްފައި ވާއިރު މެންބަރުން ކޮންގްރެސް އަށް ހަތިޔާރު ވެއްދުން އެމެރިކާގެ ޤާނޫނުތަކުން މަނައެއް ނުކުރެއެވެ. ލޯރެން މިހާރު ވަނީ އޭނާ ކޮންގްރެސް އަށް ހަތިޔާރު ގެންދާނެކަން ކެޕިޓޮލްގެ ފުލުހުންނަށް ރަސްމީކޮށް އަންގާފައެވެ.
ލޯރެން ކޮންގްރެސްގެ މެންބަރުކަމުގެ ހުވާ ކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
ހަނގުރާމަވެރި ހަތިޔާރު އެމެރިކާގެ އާއްމުން ގެންގުޅުމަކީ ބަހުސް ބޮޑު މައްސަލައެކެވެ. ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި އާއްމުން ހަތިޔާރު ގެންގުޅެން ގިނަ މީހުން ތާއީދެއް ނުކުރެއެވެ. ނަމަވެސް ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ނުފޫޒު ކޮންގްރެސް އާއި އެމެރިކާގެ ސިޔާސީ ބޭފުޅުންގެ މައްޗަށް އޮތުމުން ހަތިޔާރު ބޭނުން ކުރުން މަދު ކުރެވޭނެ ޤާނޫނުތަކެއް އެމެރިކާގައި ފާސްކުރެވޭ ގޮތެއް ނުވެއެވެ.
ސާބަހޭ.
ލޯބި.
އަހަރެމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުރޮޅުލީ ގޮނޑީގައި މަޖިލީހަށް ނާންނަނީ ކީއްވެބާ؟
އެހެންމީހުންނާ ޖެހިފަ އޮތް ބޮޑު މުސީބާތެއްނުން.