އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެ ގައުމުގައި ހިނގި ހާއްސަ ކަންތައްތަކާއި އޮބާމާގެ ހަޔާތުގައި ހިނގި ކަންތައްތައް ހިމަނައިގެން ލިޔެފައިވާ ފޮތް "އަ ޕްރޮމިސްޑް ލެންޑް" ގެ ގިނަ ކޮޕީތަކެއް ހަފްތާއެއްގެ ތެރޭގައި ވިކި ރިކޯޑެއް ހަދައިފިއެވެ. ފޮތް ނެރުނުތާ ހަފްތާއެއްގެ ތެރޭގައި ފޮތުގެ 1.7 މިލިއަން ކޮޕީސް ވިކިފައިވާ ކަމަށް ޕެންގުއިން އިން ނެރުނު ޕްރެސް އެއްގައި ބުނެފައި ވެއެވެ.

އޮބާމާގެ ފޮތް "އަ ޕްރޮމިސްޑް ލެންޑް" ނެރުނު ދުވަހު އެކަނިވެސް އެމެރިކާ އާއި ކެނެޑާގައި ފޮތުގެ 887,000 ކޮޕީސް ވިކިފައިވާ ކަމަށް ބުނާއިރު މިއީ މަޝްހޫރު ފޮތް ޕްރިންޓް ކުރާ ކުންފުނި ޕެންގުއިން ރެންޑަމް ހައުސް އިން ވިއްކި ފޮތްތަކުގެ އެންމެ ބޮޑު ރިކޯޑެވެ. މިމަހުގެ 17 ވަނަ ދުވަހު ނެރުނު މި ފޮތް ވަނީ 20 ބަހަކުން ތަރުޖަމާ ކޮށްފައެވެ. އަދި އިތުރު ހަ ބަހަކުން ތަރުޖަމާ ކުރުމަށް ހަމަޖެހިފައިވާ އިރު މި ފޮތަކީ އެމެރިކާގައި މިހާރު އެންމެ ހަލުވިކަމާއި އެކީ ވިކެމުންދާ ފޮތެވެ.

އޮބާމާގެ މެމޮއިރް ވަނީ މައިކަލް އޮބާމާގެ މެމޮއިރް "ބިކަމިންގް" އާ ވެސް ވާދަކޮށްފައެވެ. އެގޮތުން އެ ފޮތް ވިއްކި ފުރަތަމަ ދުވަހު 750،000 މީހުން ވަނީ ފޮތް ގަނެފައެވެ. އެމެރިކާގެ ކުރީގެ ދެ ރައީސުން ނެރުނު ދެ ފޮތް ކަމަށްވާ ރައީސް ކްލިންޓަންގެ ފޮތް "މައި ލައިފް" އާއި ރައީސް ޖޯޖް ބުޝް ވޮޝިންޓަންގެ ފޮތް "ޑިސިޝަން ޕޮއިންޓް" ފޮތް ނެރުނު ދުވަހު ގަނެފައި ވަނީ 400،000 މީހުންނާއި 220،000 މީހުންނެވެ.

ސިޔާސީ މީހުން ލިޔުއްވާ މިފަދަ ފޮތްތަކަށް ބޮޑު ޑިމާންޑެއް އޮތް އިރު ރައީސް ޓްރަމްޕުގެ މިފަދަ ފޮތެއްގެ އިންތިޒާރުގައި ވެސް ބައެއް ފަރާތްތަކުން އެބަ ތިއްބެވެ. އެމެރިކާގައި ޗާޕުކޮށްގެން ނެރޭ ގިނަ ފޮތްތައް ނެރެމުންދާ އެންޑީޕީ ބުކްސްކޭލްގެ އެކްސެކިއުޓިވް ޑިރެކްޓަރު އޮފް ބިޒްނެސް ޑިވެލޮޕްމަންޓް ބުނީ މި އަހަރު ވެގެންދަނީ ސިޔާސީ ފަރާތްތަކުން ނެރޭ ފޮތްތައް ގިނަ އަދަދަކަށް ވިކެމުންދާ އަހަރެއްގެ ގޮތުގައި ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފޮތް ވިއްކާ ފިހާރައަކަށް ވެސް ލިބުނު ގެއްލުމުން އަރައިގަތުމަށް މި ފުރުސަތު ފަހިވެގެން ދިޔައިރު ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ އޮބާމާއަކީ އެފަރާތްތަކުގެ ވިޔަފާރި ސަލާމަތް ކޮށްދިން މީހާ ކަމަށެވެ. އޮގަސްޓު މަހުގައި އޮބާމާ ބުނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރީން އޭނާގެ ފޮތް ނުނެރޭނެ ކަމަށާއި އެއީ އޭގެ ސަބަބުން ރިޔާސީ އިންތިހާބަށް އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފަހުން އޮބާމާގެ ފޮތް ނެރުނު އިރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އޮބާމާގެ ވެރިކަމުގައި ނައިބު ރައީސް އަކަށް ހުންނެވީ ޖޯ ބައިޑެންއެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ ޓްރަމްޕްއާ ވާދަކޮށް ބޮޑުތަނުން ކުރި ހޯއްދަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިންގޯ

    "އަ ޕްރޮމިސްޑް ލޭންޑް"

  2. އަހުމަދު

    ކަލޭމެން މުސްލިމުން ގާތިލު ކުރާމީހުން ޕުރޮމޯޓް ނުކޮށްބަލަ! އެތައް ހާސް ބަޔަކު ނުހައްގުން މަރާލާ، އާއިލާތައް ނިކަމެތި ކުރި މިޒަމާނުގެ ފިރުއައުނު ފަދަ މީހެއް ތީ!

    7
    1
  3. Anonymous

    ޕްރޮ މިސް އަކީ ކޮބައި ކަ މާ، ޕްރޮ މިސްވި ލޭންޑަކީ ކާކު ކާކަށް ޕްރޮ މިސްކުރި އެއްޗެއްކަން ވ އަވަހަށް ފެންނާނެ! އިންޝާ ﷲ

  4. އަޙްމަދު

    ކޮޕީތިވަރަށްވިކުނުއިރުއަސްލުފޮތްތައްވިކުނީކިހާވަރަކަށްތޯ-ކޮޕީތައްހެދިމީހުންއަތުލައިގަނެވިއްޖެތޯ