އިންޑިއާގެ ސޫތުކުޅި ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާ ބޯޓަކުން 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު އިންޑިއާ ކޯސްޓްގާޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އަތުލާގަތް ލަންކާ ބޯޓުގައި ހަ ކްރޫ މެންބަރުން ތިއްބެއެވެ. އެ ބޯޓުގައި ތިބީ ލަންކާއަށް ނިސްބަތްވާ މީހުންނެވެ. އެ މީހުން މިހާރު ހައްޔަރުކޮށް، ސުވާލު ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ކޯސްޓްގާޑުގެ އޮފިޝަލުންނަށް މައުލޫމާތުދެމުން އެ މީހުން ބުނެފައި ވަނީ، ލަންކާ އެ ބޯޓު "ޝެނަޔާ ޑޫވާ"އަށް އަރުވާަފައި ވަނީ ޕާކިސްތާނުގެ ކަރާޗީ ކައިރީ އޮންނަ ޕާސްކިތާނީ ދޯ ކަނޑުގެ ސަރަހައްދުންނެވެ.

އަދި އެ މަސްތުވާތަކެއްޗަކީ ހުޅަނގު ގައުމުތަަކަށާއި، އޮސްޓްރޭލިއާއަށް ގެންދިޔައުމަށް ތައްޔާރުކޮށްފައި ހުރި މަސްތުވާތަކެތި ކަމަށް ވެއެވެ/

ކޯސްޓްގާޑު އޮފިޝަލުންނަށް އެ ބޯޓުން 99 ޕެކެޓް ހިރޮއިން އާއި، ވިހި ވަރަކަށް ކުޑަ ފޮށީގައި ހުރި ސިންތެޓިކް ޑްރަގަސް އާއި ފަސް ފިސްތޯލަ ފެނިފައި ވެއެވެ.

އެ މަސްތުވާތަކެތި ފޮރުވާފައި ހުރި ބޯޓުގައި ހުރި ހުސް ތެޔޮ ޓޭންކެއްގައެވެ.

އެ ބޯޓުގެ ކްރޫ މެންބަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެއީ ނެގޮމްބޯއަސް ނިސްބަތްވާ ބޯޓެކެވެ.

މިހާރު އެ ހަ ކްރޫ މެންބަރުން ވަނީ ސޫތުކުޅި އަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު