އިސްރާއީލު ސިފައިން ފަލަސްޠީނުގެ ހަތިޔާރުނެތް އާންމުންގެ ގަޔަށް ބަޑިޖެހުމަކީ މައްސަލައެއް ނޫންކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކަކުން އެކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޯޓުން ވަނީ އިސްރާއީލުގެ ޖަރީމާ ތަކަށް ތާއީދު ކޮއްފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ބެންޗު އިއްތިފާޤުވެފައިވަނީ އިސްރާއީލުގެ ސިފައިންނާއި އެއްކޮޅަށް މި މައްސަލަ ނިންމުމަށެވެ.

އެ ޖަމިއްޔާތަކުން އެދުނީ ހަތިޔާރު ނެތް އާންމުންގެ ގަޔަށް ބަޑިޖެހުމަށް އިސްރާއީލުގެ ސިފައިންނަށް ހުއްދަދޭ ހުރިހާ ޤަވާއިދަކާއި، އުސޫލުތަކަކީ ޣައިރުޤާނޫނީ ތަކެތި ކަމަށް ކަނޑައަޅައި، އެތަކެތި ބާޠިލް ކޮށްދިނުމަށެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ.

ފަލަސްތީން މީހުން އިހްތިޖާޖަށް ނުކުތީ ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމާ ދެކޮޅު ހެދުމަށެވެ. އެމްބަސީ ބަދަލުކޮށްފައި ވަނީ އިސްރާއީލު އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. "ރިޓާން އޮފް މާޗް" ގެ ނަމުގައި ފަލަސްތީނުން އިހްތިޖާޖް ފަށާފައި ވަނީ މާޗް 30 ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން އިސްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ 109 މީހުން ޝަހީދުކޮށްލައި، 12،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.

ޣައްޒާއާ އިސްރާއީލު ގުޅޭ ބޯޑަރުގައި އިސްރާއީލުން ހިންގި ޖަރީމާ ބައެއް ގައުމުތަކުން އަނގަބަހުން ކުށްވެރި ކުރިއެވެ. ނަމަވެސް އެކަމުގައި ވެސް އެމެރިކާއިން ދެއްކީ ބަހަނާއެވެ. އެ ޖަަރީމާގެ ޒިންމާ އެމެރިކާއިން އެޅުވީ ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ ބޮލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެނގޭތަ

    އެހެންވީމާ ހަތިޔާރު ނެތް އާންމުން އިސްރާއީލު ސިފައިންނާ ކުރިމަތި ލުމަކީ މައްސަލައަކަށް އަމުދުން ވެގެން ނުވާނެ ނޫންތޯ އެވެ.

  2. ކޮރަކަލި

    އަޅެ ރާއްޖޭގެ ސްޕްރީންގ ކޯޓާ ތަފާތެއް އެބައޮތްތަ؟

  3. ނުރައްކާ

    ޒައޮނިސްޓުންނަކީ މިހާ ނުރައްކާތެރި ބަޔަކަށްވާ އިރު ދިވެހ އެތީސްޓުން އެވަރަށް އެމީހުންނަށް ސަޕޯޓު ކުރަނީ ކީއްވެބާ؟

    • Anonymous

      މުުއްލާއިންނާ ދެކޮޅުވާން ޔަހޫދީންނާވެސް ގުޅޭނެ. މުއްލާއިންގެ ދުއްޕާން އެތީސްޓުންނަށް ޖެހެނީ ޔަހޫދީން ގެ ދުއްޕާނެއް ނުޖެހޭ ތި ސުވާލު ކުރާއިރުވެސް ކަލޯއަށް ތީގެ ޖަވާބު އެނގޭނެ.

      • މި ގައުމު

        ކޮންމެ ގޮތަކަށް ވިޔަސް ޝަހާދަތް ކިޔާ މީހަކާ ނުކިޔާ މީހަކާ ހަމަހަމަ އެއް ނުކުރެވޭނެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެންނަށް ވިސްނުން ދެއްވާށިއެވެ.

  4. ލަދުހަޔާތް

    އިސްރާއިލް މީހުން އަނގަފުޅާ ކުރާނެ އެހެން ގައުމުތަކުގެ އިސްސާނީ ހައްގުތަށް އިސްލާހުން ކުރަން، މިވަރުގެ ބަޔެއް ނެތިގެން، ލަދުހަޔާތުގެ ތަންފުކެށްވެސް ނެތީބާ، މިމީހުން އިންސާނީ ހައްގޭ ކިޔާފަ އަނގަފުޅާކުރީމަ ވަނީ ބޮޑު ޖޯކަކަށް

  5. ރެޓޭ

    ތިޔައީ ދޯ ސަދޫމަކީ!

  6. އަލީ

    ޙަމަރާއްޖޭގެ އިސްޕްރިންކޯޓު ޔާމިނު ފޯނައްޖަވަބު ނުދިނަސް އެއީ މައސަލއެއް ކޯޓަކީ ހަމަނަމެއްގަ ހުރިތަނެއް

  7. ނުސައިރު ގެ އެޖެންޑާ

    މިއީ ނުސައިރު ގެ ސިއްރު އެޖެންޑާ، މި އޮތީ ފާޅުވެގަތީ.