މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިވަޑައިގެން އާލާސްކަންފުޅުގައި އުޅުއްވަމުން ގެންދެވި ސޫދާންގެ ކުރީގެެ ބޮޑުވަޒީރު ސާދިގް އަލް މަހްދީ އަވަހާރަވެެއްޖެ އެވެ.
"އަލް ޖަޒީރާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރީގެ ބޮޑުވަޒީރު މަހްދީ އަވަހާރަވެފައި ވަނީ އުމުރުފުޅުން 84 އަހަރުފުޅުގައެވެ.
އާއިލާ އާއި ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ މަހްދީ އަވަހާރަވެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ ތިން ހަފްތާ ވެެފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށެވެެ. އެމަނިކުފާނު އަވަހާރަވި އިރު ފަރުވާ ދެމުން ދިޔައީ ޔޫއޭއީ ހޮސްޕިޓަލެއްގައެވެ.
"ދަ މޮޑްރޭޓް އުމްރާ ޕާޓީ" އަކީ އަލް ބަޝީރުގެ ދަށުގައި އޮންނަ އެންމެ ބޮޑު އެއް އިދިކޮޅު ޕާޓީއެވެ. މަހްދީ އަކީ އިދިކޮޅުގެ އެންމެ ވަރުގަދަ އެއް ޝަހްސިއްޔަތެވެ.
މަހްދީ ކޮވިޑަށް ފައްސިވެފައި ވަނީ މިދިޔަ މަހު އެވެ. އެމަނިކުފާނަށް ފުރަތަމަ ފަރުވާދެއްވަމުން ގެންދެވީ ސޫދާންގެ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލްގައި މަހުދީއަށް ފަރުވާ ދެއްވަމުން ގެންދިއުމަށް ފަހު ޔޫއޭއީ އަށް އެމަނިކުފާނު ގެންގޮސް އެތަނުގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާދެމުން ގޮސްފައިވާކަމަމަށް އެ ނޫހުން ވަނީ މަހްދީގެ އާއިލާ އާއި ހަވާލާދީ ބުނެފައއެވެ.
މޮޑަރޭޓް ޕާޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މަހްދީގެ ހަށިކޮޅު ފަސްދާނު ލުމަށް ނިންމާފައި ވަނީ މާދަމާ ހެނދުނު ސޫދާންގެެ އޮމްދުރްމާން ސިޓީގައި ކަމަށެވެ.
ކޮވިޑް-19 ވައިރަހުގެ ސަބަބުން ސޫދާންއިން ވެސް ވަނީ ގިނަ ބަޔަކު މިހާތަނަށް މި ބަލީގައި މަރުވެފައެވެ.