މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 858 މީހަކު މަރުވެއްޖެ އެވެ.

ފަހަކަށް އައިސް އެ ގައުުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ މަތީގައެވެ. އެ ގައުމުން އިއްޔެވެސް 800 އަށްވުރެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ.

ދުނިޔޭގެ 11 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ މެކްސިކޯއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 103,597 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މެކްސިކޯގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 10,335 ގައެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1,070,487 އަށް އަރާފައެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 798,037 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ދުނިޔޭގެ 218 ގައުަމަކާއި، ސަރަހައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މީގެ ތެރެއިން ބައެއް ގައުމުތަކުގެ ހާލަތު އުޅެނީ ވަރަަށް ގޯސްކޮށެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު، 60,897,163 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި 1,430,288 މީހަކު ވަނީ ކޮވިޑް-19 ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު