އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކޮށްފިކަމަށް ބުނެ އިއުލާން ކޮށްފައިވާ ނަތީޖާ ގަބޫލުކުރަން އަދިވެސް ވަރަށް ދަތިކަމަށާއި ނަމަވެސް ވަގުތު ޖެހުމުން ދެކޮޅުހެދުމެއް ނެތި ވައިޓްހައުސް އިން ނިކުންނާނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިންތިޚާބުން ބަލިވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ސުވާލު ކުރެވޭގޮތައް ޓްރަމްޕް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރަން އޭނާ އަށް ދަތިވާ ސަބަބަކީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަން ވަރަށް ސާފުކޮށް ފެންނަން ހުރުމުން ކަމަށެވެ.

ޓްރަމްޕް ބުނީ އިލެކްޓޯރަލް ވޯޓް ނަގައި މިހާރު އޮތްގޮތައް އިންތިޚާބުގެ ނަތީޖާ ރަސްމީ ކޮށްފިނަމަ އެއީ "އެމީހުން ހަދާ ވަރަށް ބޮޑު ގޯހެއް" ކަމަށެވެ. "ވަރަށް ބޮޑު ތަފާތަކުން އަހަރެން އޮންނާނީ އިންތިޚާބު ކާމިޔާބު ކޮށްފައި،" ޓްރަމްޕް އިތުރަށް ބުންޏެވެ.

ހޮނިހިރު ދުވަހު ޖޯޖިއާ އަށް ޒިޔާރަތްކޮށް ސެނެޓްގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވާނެ ކަމަށް ވެސް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ބައިޑެން އެމެރިކާގެ ވެރިކަމުގެ ހުވާ ކުރަން ޖަނަވަރީ 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވާނަންތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމާއި މެދު އޭނާގެ ވިސްނުން ހުރިގޮތް އަދި ހާމަކުރަން ބޭނުން ނުވާކަމަށެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރުން އެއީ އެމެރިކާގެ ތާރީޚްގައި ވެސް މިއަހަރު ފިޔަވައި ހިނގާފައި އޮތް ކަމެއް ނޫނެވެ. އަދި އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ވައިޓްހައުސްއަށް ގެނެސް އެބޭފުޅަކަށް މަރުޙަބާ ކިޔުން އެއީ އެމެރިކާގެ ވެރިކަމުގައި ހުންނަ ބޭފުޅަކު އާދަކާދައިގެ މަތިން ކުރާ ކަމެކެވެ. ނަމަވެސް މިއަހަރު އިންތިޚާބު ކާމިޔާބު ކުރި ބައިޑެން އާއި ޓްރަމްޕް އަދި ބައްދަލު ވެސް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    އަމިއްލައިޚްތިޔާރުގަނުނިކުތަސް ރަތްކާޑުދައްކައިގެންނަމަ ވެސް ހުދުގެއިން ނެރޭނަން ވިއްޔާ!!

    9
    2
  2. ބައިޑަން މިޔާ

    ދު ވަސް ހަމަ ވާ ދު ވަހު ނުނިކުމެއްޖެ ނަމަ އެސްޢޯ ފުލުހުން ގެނެސް ގެން ނަމަ ވެސް ކަލޭ ބޭރު ކުރާނެެ ކަން ހަނދާން ކުރާތި

  3. ރިހާކުރުކުޑޭ

    ތިޔަހު ރިހާހާސަ ރުތަކެއްކިޔާނެކްމެއްނެތް! ވައިޓްހައުސްއަށް ވަންދޮ ރުންނިކުމެގެންދޭ!

    2
    1
  4. އިންޑިއާ އައުޓް

    މީ އެމެރިކާ ކެނެރީގޭ ނަށީދު އެއްކަހަލަ ފެގޮލާ