އިންޑިއާ ކަނޑުގެ ސިފައިން ތަމްރީނަށް ގެންގުޅޭ ހަނގުރާމަމަތީ މަތިންދާ ބޯޓެއްކަމަށްވާ މިގް-29ކޭ މަތިންދާ ބޯޓު އަރިބިއަން ކަނޑަށް ވެއްޓިއްޖެ އެވެ.

އެ ބޯޓަކީ އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުން ކުރަމުންދާ ހަނގުރާމަމަތީ މަތިންދާބޯޓު އުފުއްލާ މަނަވަރެއް ކަަމަށްވާ އައިއެންއެސް ވިކްރަމަދިތިޔާ މަނަވަރުގެ ބޯޓެކެވެ.

އެ ބޯޓު ފުރާފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގައި ކަމަށް އޮފިޝަލުން މިއަދު ބުނެފައި ވެއެވެ.

އެ ބޯޓުގައި އެވަގުތު ދެ ޕައިލެޓުން ތިބިއިރު، އެކަކު ވަނީ ސަލާމަތްކޮށްފައެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެގޮތުން އެ މަސައްކަތަށް ކަނޑުމަގުންނާއި ވައިގެ މަގުން އޭނާ ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުނެވެ.

އިންޑިއާ ސަރުކާރުން ދަނީ އެކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ. އެކަން ހިނގާފައި ވަނީ އިއްޔެ މެންދުރު ފަހު 5:00 ޖެހި ހާއިރު ކަމަށް ވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއީ ފާއިތުވެދިޔަ އަހަރެއްވާ ދުވަސް ތެރޭގައި މިގް-29ކޭގެ މަތިންދާބޯޓެއް ތިން ވަނަ ފަހަރެވެ.

އެގޮތުން މި އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި މިގް-29ކޭގެ މަތިންދާ ބޯޓެއް ގޯއާގެ މަތިން ދުއްވަނިކޮށް ދުންޏެއް ޖެހިގެން ވަނީ ވެއްޓިފައެވެ.

އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ގޯއާގެ ވިލޭޖެއްގެ ބޭރަށްވެސް މިގް-29ކޭގެ ޓްރެއިނަރ ބޯޓެއް ވަނީ ވެއްޓިފައެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ 40 އަށްވުރެ ގިނަ މިގް-29ކޭގެ ހަނގުރާމަ މަތީ މަތިންދާ ބޯޓު، ގޯއާގައި އާއި މަނަވަރުގައި ގެންގުޅެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    15
    3
  2. Hshs

    Alhamdhu lillaah.

    15
    3
  3. 🤣

    😷😁😷😁😷😁👏🏻👏🏻👏🏻