އީރާންގެ އެންމެ އިސް އެއްނިއުކްލިއަ ސައިންޓިސްޓް އަވަހާރަކޮށްލައިފިއެވެ.

މުހުސިން ފަޚުރިއްޒާދީ އަވަހާރަވިކަން އެ ގައުމުގެ ގައުމީ ޓީވީން ވަނީ އިއުލާނުކޮށްފައެވެ.

އޭނާ އަވަހާރަކޮށްލަން ހަމަލާ ދިން ފަރާތެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އީރާންގެ ގައުމީ ޓީވީން ބުނީ މުހުސިން އަވަހާރަކޮށްލިގޮތުގެ އިތުރު މައުލޫމާތު އިރުކޮޅެއްގެ ތެރޭގައި އާއްމު ކުރާނެ ކަމަށެވެ. މުހުސިން އަވަހާރަކޮށްލީ ނިރުބުވެރި ހަމަލާއެއްގައި ކަމަށް އީރާންގެ ގައުމީ ޓީވީން ބުނިނަމަވެސް ހަމަލާ ދިނީ ކިހިނެއް ކަމެއް ނުބުނެއެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މުހުސިން އަވަހާރަކޮށްލީ އޭނާގެ މޮޓޯކޭޑަށް ބޮމާއި ބަޑިން ހަމަލާތަކެއް ދީގެންނެވެ. މިކަން ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.

"މުހުސިންގެ ފުރާނަ ސަލާމަތް ކުރަން ސިއްހީ އެހީތެރިން ކުރި މަސައްކަތް ކާމިޔާބެއް ނުވި. އޭނާ އަކީ ޝަހީދެއް" އީރާންގެ އަސްކަރިއްޔާއާ ހަވާލާދީ ގައުމީ ޓީވީން ބުންޏެވެ.

މުހުސިނަކީ އިޒްރޭލުން އަވަހާރަ ކުރަން ބޭނުންވާ ބޭފުޅުންގެ ލިސްޓުގައި އެންމެ ކުރީގައި އޮތް އެއްބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލަން ދިން ހަމަލާގެ ޒިންމާ އަދި އިޒްރޭލުން ނަގާފައެއް ނުވެއެވެ.

މީގެ ކުރިން އިޒްރޭލްގެ ބޮޑުވަޒީރު ބުނެފައި ވަނީ އަބަދުވެސް މުހުސިންގެ "ނަން ހަނދާން ބަހައްޓަން ޖެހޭ"ކަމަށެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރުތެރޭގައި އީރާންގެ އެތައް ނިއުކްލިއާ ސައިންސްވެރިންނެއް މިގޮތައް އަވަހާރަކޮށްލާފައި ވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ހަމަލާއެއް ވެސް ދިން ކަމަށް ތުހުމަތު ކުރެވެނީ އިޒްރޭލްގެ ޖާސޫސީ އިދާރާ މޮސާޑުންނެވެ.

އީރާނުން މުހުސިންގެ ނަން ފާހަގަ ކުރަނީ އެއީ އީރާނުން އުފައްދާ ނިއުކްލިއާ ހަކަތަ އުފެއްދުމުގެ އިސް އެއްސައިންސްވެރިޔާގެ އިތުރުން އީރާނުން އުފައްދާ "ބޮންތަކުގެ ބައްޕަ" ގޮތުގައެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގައި އިސް ސައިންސްވެރިއެއްގެ ގޮތުގައި މަސައްކަތް ފެށުމުގެ ކުރިން މުހުސިނަކީ އީރާންގެ އަސްކަރިއްޔާގައި މަސައްކަތް ކުރެއްވި އިސް އޮފިސަރެކެވެ.

މުހުސިނަކީ އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، ދަތުރުފަތުރު ކުރުން މަނާކޮށްފައިވާ ބޭފުޅެކެވެ. އެއީ އދ.ގެ ނިއުކްލިއާ ހަކަތައާއި ބެހޭ އެޖެންސީ އައިއޭއީއޭ އަށް މައުލޫމާތު ދޭން މުހުސިން ދެކޮޅު ހެއްދެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނިއުކްލިއަރ ބާރެއް

    ތިކަމުގެ އަޑީގައި އޮންނާނީ މޮސާދްގެ އަތެއް ޓްރަމްޕު އަށް އެނގޭނެ ތިކަން. ބަލަން ހުންނާތި އީރާނުން ވީއްލާނެ އެތިފަހަރު...ރޫޙާނީ ލީޑަރުގެ ކޮންފިޑެންސް އޮފިސަރެއްތި ދުއްވާލީ

    48
    2
  2. ވަހުތާނު އަހުމަދު

    ތިކަމުގެބަދަލުހިފާނެކަމަށްބަލެވޭ،
    އިޒު ރޭލުބޮޑުވަޒީ ރާއި ސައޫދީ ތުނބުޅިކުޑޭގެ ސިއް ރުބައްދަލުކު ރުމުން ނިންމިނިންމުމެކަމަށްވުން އެކަށީގެންވޭ؟

    31
    6
  3. އައްޑޫ މީހާ

    ތިޔައީ އެމެރިކާއާއި އިޒްރޭލުގެ ރޭވުމެއް މިކަމުން ހާމަވަނީ ފައިސާގައި ބާރުހުރިވަރު ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ގައުމަށް ގައްދާރުވާނެ މީހުން ތިބޭނީ ފައިސާއަށް ހެއްލިފައި ދިވެހިރާއްޖޭގައިވެސް މިހާރު ވެރިކަމުގައި ތިބީ މިކަހަލަ ގައްދާރުން ގައުމުވިއްކައި ކެއުން އޮތީ

    25
    110
  4. ގެރިމޯ

    ސައޫދީ ވަލީއަހުދު ގެ ހުއްދަ ހޯދާގެން އިޒްރޭލްގެ ބޮޑުވަޒީރު ކުރެއްވިކަމެއް.

    20
    1
  5. އި

    ފޮޓޯ 😰

    14
  6. ޒަމީރު

    الحمد لله
    އިސްލާމް ދީނގެ ޢަދުއްވުން ޝީޢީ ރާފިޟީން ބަލިކުރައްވާށި

    4
    1
    • ނިއުޓްރަލް

      ހެހެ.. ޔަހޫދީންނަކީ ދީނުގެ އެއްބަޑު އެއްބަފާ މީހުން ދޯ.. ޒަޔަނިސްޓް އިޒްރޭލް...