އެމެރިކާގެ އެއާލައިންއަކުން "ކަރަންޓީން ފްރީ" ދަތުރުތަކެއް ޔޫރަޕަށް ކުރަން ނިންމައިފިއެވެ.

"ޑެއިލީމެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ޑަލްޓާ އެއާލައިނުން އަންނަނީ އެ ގައުމުގެ ދަތުރުވެރިންނަށް ޔޫރަޕަށް ދެވޭނެ އިންތިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެއާލައިނުން އަންނަނީ މި އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުން ފެށިގެން އިޓަލީގެ އަލްޓާލިއާ އެއާލައިންއާ ގުޅިގެން މި ސިސްޓަމް ލޯންޗުކުރުމަށް މަސައްކަތް ކުރަމުންނެވެ. ޑެލްޓާ އެއާލައިނުން ބުނެފައިވާ ގޮތުގައި މިހާރު ކުރަމުން މިދާ އާދައިގެ ދަތުރުތަކުގައި ފްލައިޓުގެ 60 އިންސައްތަ ފުރިފައިވާނަމަ އެ ފްލައިޓުން ދަތުރުކުރާ ދަތުރުވެރިން ބައްޔަށް ފައްސިވުމުގެެ ފުރުސަތު ވަރަށް ބޮޑެވެ.

ކަރަންޓީން ވާން ނުޖެހޭ ސިސްޓަމުގެެ ތެރެއިން ކުރާ ދަތުރުތަށް ކުރާ ދަތުރުވެރިން ފުރުމުގެ 72 ގަޑިއިރު ތެރޭގައި ހަދާފައިވާ ކޮވިޑް-19 އަށް ނައްސިވެފައިވާ ޕީސީއާރު ޓެެސްޓެއް ހުށަހަޅަން ޖެހޭނެއެވެ. ދެން ޓެސްޓު ހަދާނީ ފުރުމުގެ ކުރިން އެއާޕޯޓުގައި ކަމަށާއި، ކޮންމެ ފަސިންޖަރަކުވެސް ޗެކިން ވުމަށް ފަހު ބޯޑިންއާ ދެމެދު އެއާޕޯޓު ތެެރޭގައި ޓެސްޓެެއް ހަދާނެެ ކަމަށް ޑަލްޓާ އިން ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި މި ސިސްޓަމުގެެ ތެރެއިން ކުރާ ދަތުރުތައް ކާމިޔާބު ވެއްޖެ ނަމަ އެހެން އެއާލައިންތަކުން ވެސް މިގޮތަށް ދަތުރުތައް ކުރަން ފަށާނެެއެވެ.

ފުރުމުގެ ކުރިން ދެ ޓެސްޓު ހަދާފައި ދިޔަ ނަމަވެސް މިި ސިސްޓަމުގެ ތެރެއިން ކުރާ ދަތުރުތަކުގެ ސަބަބުން ކޮވިޑް-19 ނުފެތުރޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނެތެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުނަންދަ

    މިއަދުޓެސްޓުކުރި މިތައްމީހުންގެ ތެރެއިން ފައްސިވީ މިތައް މީހުން!
    މި އިބާރާތް ފެންނާނީ ކޮންދުވަހަކުން؟

  2. ރީތި

    މިރާއްޖެއަށް މިރާއްޖޭގެ އަހުލުވެރި ދިވެހިންނޫން ކޮންމެ މީހަކު އަޔަސް ކަރަންޓީނުވާކަށްނުޖެހޭ! ބޯގަމާރު ދިވެހިން.. އަދި ކީއްކުރަން.. މުޅި ނިޒާމް އެންމެން މާލެ ގެންނަގޮތަށް ހަދާފަ ކިހާރީތި...