ޔޫރަޕްގެ އެންމެ ހިތްގައިމު އެއްގައުމު ކަމަށްވާ އިޓަލީއަށް ދިރިއުޅުން ބަދަލު ކޮށްލަން ބޭނުން ހެއްޔެވެ؟ އެއީ އުނދަގޫ ކަމެއް ނޫނެވެ. އިޓަލީގެ އަވަށްތަކުން އަގުހެޔޮކޮށް ގެތައް ވިއްކާ ޚަބަރަކީ އާޚަބަރެއް ނޫނެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ޚަބަރެކެވެ.
ވެރިރަށް ރޯމްގެ ދެކުނުން އޮންނަ "މޮލިސް" ރީޖަންގެ ކަސްޓްރޯޕިގްނަނޯ ނަމަކަށް ކިޔާ އަވަށުން މިވަނީ އެންމެ ޔޫރޯއަކަށް ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/18.5 ރުފިޔާއަށް އެއަވަށުގެ ގެތައް ވިއްކަން އިއުލާން ކޮށްފައެވެ. މިއަވަށުގައި ގެތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ބިޑް ކޮށްގެންނެވެ. ކޮންމެ ހަފްތާއަކު އެއްގެ ވިއްކާ އުސޫލުން ބިޑަށް ވަނީ ހުޅުވާލާފައެވެ.
އަގުގެ އިތުރުން ގޭގައި މީހުން ދިރިއުޅޭނެތޯ އާއި ނުވަތަ ގޭގައި އިތުރު މަސައްކަތެއް ކުރަން ބޭނުންތޯ ނުވަތަ ގެ ފިހާރައެއް ފަދަ ތަނަކަށް ބަދަލު ކުރަނީތޯ ސާފުކޮށް ބިޑް ކާމިޔާބު ކުރަން އިތުރު އެހީތައް ލިބޭނެ ގޮތްތައް ވެސް އެބައޮތެވެ. ކަސްޓްރޯޕިގްނަނޯ އިން ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކުން މޮލިސްގެ މޭޔަރު ނިކޮލާ އަށް އީމެއިލް ކުރުމުން ގެއެއް ގަތުމާއި ގުޅޭ އިންތިޒާމްތައް ހަމަޖެހޭނެއެވެ. އޭނާގެ އީމެއިލް އެޑްރެހަކީ (nicola.scapillati[AT]me.com) އެވެ.
ކަސްޓްރޯޕިގްނަނޯ އިން ގަންނަ ގެއެއް މަރާމާތުކޮށް ގެއަށް ބަދަލުތަކެއް ގެންނަން ބޭނުންވާނަމަ އެބަދަލެއް ވެސް މޮލިސްގެ ސަރުކާރުން ގެނެސްދޭނެއެވެ. ނަމަވެސް އެކަމަށް ކުރަން ޖެހޭ ޚަރަދު ގެގަންނަ ފަރާތުން ދައްކަން ޖެހޭނެއެވެ.
ކާސަލްތަކާއި ތާރީޚީ އެތައް އިމާރާތްތަކަކުން ފުރިފައި އޮތް ކަސްޓްރޯޕިގްނަނޯ އަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލް އަވަށެކެވެ. އެހެންކަމުން އެއަވަށުގައި ލޯކަލް ޓްއަރިޒަމް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް މޭޔަރު ނިކޮލާ އުއްމީދު ކުރެއެވެ.
ހެހެހެ،،، ކަމެއްވެގެން ދޯ އިޓަލީ މީހުންވެސް އިޓަލީގަ އުޅޭހިތް ނުވާނީ.... ދެން ކީއްކުރަން އެހެން ގައުމުތަކުގެ މީހުން ތިތާއުޅެން ހިތްޖެހޭނީ.....
ކުރަފި ސިކުނޑީގެ އަހުލިވެރިންންނަކަށް ވާނުވާއެއް ނޭނގޭނެ.. ބަލަ އެއީ އެމީހުން އިޓަލީ ދޫކޮށް އެހެން ޤައުމުތަކަށް ދާތީ ވާގޮތެއް ނޫނޭ، އަވަށްތަކުން ސިޓީ ސެންޓަރތަކަށް ދިރިއުޅުން ބަދަލުކުރުން އެއީ އާންމުކަމެއް.. ރާއްޖޭގަވެސް އަތޮޅުތަށް ފަޅުކޮށް މާލެއަށް މީހުން ހިޖުރަކުރާގޮތަށް.. ޔޫރަފުގަ މިގޮތަށް ހުންނަގެތަށް ހުޅުވާލަނީ އެހެން ޤައުމުތަކުން ހިޖުރަކުރަން ބޭނުންވާ ޝަރުތު ހަމަވާ މީހުންނަށް ހާއްސަކޮށްގެން
ޕިންކީސްއާ ރީނދުލޭމެން ފޮނުވަމާ ބަހީ ؟؟؟
ތިޔަތަނަށް އިޒުރޭލު މީހުން އަޅާފަ ، ފަލަސްތީނުގެ ބިން ހުސްކޮށްބަލަ!