ސްެރީލަންކާގައި މިހާރު އައިސޮލޭޓްކޮށްފައިވާ ސަރަހައްދުތަކުގެ ސަރުކާރު އޮފީސްތަކާއި، ޕްރައިވެޓް އިންސްޓިޓުޝަންތަކުގައި ކޮވިޑް-19 ފެތުރިދާނެ ކަމުގެ ހިރަސް ވަރަށް ބޮޑު (ހައި ރިސްކް) ކަމަށް ސްރީލަންކާގެ ޕަބްލިކް ހެލްތް އިންސްޕެކްޓްރސް ޔުނިއަން އިން އިންޒާރު ދީފިއެވެ.

"އައިސޮލޭޓްކޮށްފައިވާ ސަރަހައްދުގެ ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކުގެ އޮފީސްތަކަށް ދެވޭނެ ގޮތަށް ހަދާފައިވާތީ، އެތަންތަނުން ކޮވިޑް-19ވެ ވޭދަނަތައް އެބަ ފެނޭ. އަދި އެތަންތަން އޮޕަރޭޓް ކުރަމުން ދަނީ އެއީ ބަލީގެ ބިރުވެރިކަމެއްގެ ގޮތުގައި ދެކެން"، އެ ޔުނިއަންގެ ރައީސް އުޕުލް ރޮހާނާ ވިދާޅުުވިއެވެ.

ރޮހާނާ އިތުރަށް ވިދާޅުވީ، ކޮލަމްބީ މުނިސިޕަލް ކައުންސިލްގެ ބައެއް ސަރަހައްދުތަކުގައި ވައިރަސް ފެތުރުން އޮތީ ކޮންޓްރޯލުން ނައްޓާފައި ކަމަށެވެ.

އަދި އޭނާ ވަނީ ކޮލަމްބޯގެ ވިޔަފާރި ބަނދަރުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެ ޔުނިއަން އިން ވަނީ އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ކޮލަމްބޯގައި ކޮވިޑް-19 ފެތުރި އެ ސަރަހައްދުގައި އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ލަންކާގައި ކުއްލިއަކަށް ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ. ލަންކާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި އިއްޔެ އާ ހަމައަށް 23,484 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 116 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑަބިން

    ކާއިނާތުގެ ޞިއްޙަތު ޖަމިއްޔާ އިން ބުނަނީ އަބަދުވެސް އެތަން އޮތީ ސޭފު ޒޯނުގަޔޭ ދޯ ތެދެއްބާ ...

    1
    1
  2. އަރީ

    ލަންކާގަ ޑަބުލިއު އެޗްއޯ ލާރިގަޑުގެ ބޭނުމިގަ ކޮވިޑް ޑުރާމާ އަދިކިރިޔާ ކުޅެންފެށި