ބޭ އޮފް ބެންގާލްގައި މިހާރު އުފެދި ތޫފާނަކަށް ބަދަލުވުވަމުން އަންނަ ކޮޅިގަނޑު ސްރީލަންކާއާ ދިމާލަށް މިސްރާބު ޖަހާފައި ވާތީ، އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން އިން ރަތް ސަމާލު ނެރެފިއެވެ.

ލަންކާއަށް ރަތް ސަމާލު ނެރެފައިވާކަން ހާމަކޮށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވަނީ، ލަންކާއާއި ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމް، ޑިޕްރެޝަނަކަށް ބަދަލުވަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް 12 ގަޑިއިރު ތެރޭ މި ސިސްޓަމް "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ޑީޕް ޑިޕްރެޝަން އަކީ ޑިޕްރެޝަންއަށްވުރެ ކޮޅިގަނޑުގެ ބާރު ގަދަވުމުންދޭ ނަމެކެވެ.

ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް މީޓިއޮލޮޖީ (ޑީއޯއެމް) އިން ބުނެފައިވަނީ މިހާރު ކޮޅިގަނޑު ދަތުރުކުރަމުން ދަނީ ލަންކާގެ އައްސޭރީގައި އޮންނަ ޓްރިންކޮމަލީގެ އިރުދެކުނުން 750 ކިލޯމީޓަރު ދުރުން ކަމަށެވެ.

އެ އިދާރާއިން ބުނެފައިވަނީ ތޫފާން އުފެދި ފުރިހަމަވުމަށްފަހު އޭގެ ސީދާ އަސަރުތައް އަންނަ ބުުދަ ދުވަހުގެ ވަގުތެއްގައި ލަންކާގެ އައްސޭރީގެ ސަރަޙައްދުތަކަށް ކުރަން ފަށާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވަމުން އަންނަ މި ދަނޑިވަޅުގައި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވެ ވައިބަރުވާނެތީ އާންމު ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގެ ޑީއޯއެމް އިން ބުނީ ކުރިޔަށް އޮތް ވަގުތުތަކުގައި އެޤައުމަށް މޫސުން ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    މާތް ﷲ ގެ އިރާދަފުޅުން ހުރިހާކަމެއް ވެސް ރަނގަޅު ވާނެ.

    44
  2. ޖަނާޒާ

    މިރާއްޖޭގެ ކޮންސަރަހައްދަކަށްތޯ އަސަރުކުރުން ގާތީ. ކޮބައިތޯ މިކަމުގެ ލަފާކުރުމަކީ

    27
    • .....

      ލޮލެއް ނޭފަތެއް ކަމެއް ނޭނގޭ ކޮންމެވެސް ޕްރެޝަރެއް އުފެދުމުގެ އަސްލެއް ނުވޭތަ ވަގުތުގެ އެޑިޓަރ...މުސްލިމެއްގެ ގޮތުގަ ހުރެ އާދައާއި ހިލާފަށް އަންނަ މިފަދަ ގަދަ ވިއްސާރައިގެ ހަގީގަތް ނޭނގެނީތަ...

      4
      1
    • ނީނާ

      ޑިސެމްބަރ 6 ނުވަތަ 7 ވަނަ ދުވަހު ރާއްޖެއަށް ކޮޅިގަޑު އަރާނެ ކަމަށް ލަފާ ކުރެވޭ. އަދި ރާއްޖޭގެ އުތުރަށް މިދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ވެސް ލަފާކުރެވޭ.
      ރިފެރެންސް: ވިންޑީ.ކޮމް
      ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ޙާލިގް ވަންތަ ﷲ ސުބުހާނަހޫ ވަތައާލާ.

      24