އެމެރިކާގެ ޖަލެއްގައި ހުކުމް ތަންފީޛު ކުރަމުންދާ މުސްލިމު ޤައިދީންނަށް ރޯދަ ވީއްލުމަށް އޫރުމަސް ކާން ދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. އޫރުމަސް ކާން ދޭ ޖަލަކީ، އެޤައުމުގެ އެލަސްކާގައި ހުންނަ އެންކޮރޭޖް ކަރެކްޝަނަލް ކޮމްޕްލެކްސް އެވެ.

މި ޖަލުން، ޤައިދީންނަށް އޫރުމަސް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް، ރޯދަ ވީއްލުމަށް ދޭ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެލަސްކާގައި ހަރަކާތްތެރިވަމުން އަންނަ މަދަނީ ޙައްޤުތަކަށް ވަކާލާތު ކުރާ މުސްލިމުންގެ ގުރޫޕަކުންނެވެ.

ކައުންސިލް އޮން އެމެރިކަން އިސްލާމް ރިލޭޝަން ނަމަކަށް ކިޔާ މި ގުރޫޕުން ބުނެފައިވާ ގޮތުގައި އޫރުމަސް ދޭތީ، ޖަލުގައި ދެ ޤައިދީއަކު ވަނީ ބަނޑަށް ތިބެފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ މި މައްސަލަ ހުށަހަޅާފައިވަނީ އަވަށު ކޯޓަކަށެވެ. އެހެންނަމަވެސް، އެކޯޓުން، ޖަލުން ދޭ ކާ އެއްޗެހި ހުއްޓާލުމަށް އަމުރުކޮށްފައެއް ނުވެއެވެ.

އޭގެފަހުން، ކައުންސިލުން ފެޑެރަލް ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔައިރު، އިއްޔެ ކޯޓުންވަނީ، މުސްލިމު ގައިދީންނަށް އޫރުމަހުގެ އުފެއްދުންތައް ނުދިނުމަށް އަމުރުކޮށްފައެވެ. ހަމައެހެންމެ، ރޯދަ ވީއްލުމަށް ދޭން ޖެހޭނީ ބެލެންސް ޑައިޓެއްގައި އެކުލެވޭ ބާވަތްތަކަމަށްވެސް ބުނެފައިވެއެވެ.

އޫރުމަހަކީ މުސްލިމުން ކެއުން ހަރާމް ބާވަތަކަށް ވާއިރު، ޖަލުން މިގޮތަށް ޢަމަލުކުރަމުން ގޮސްފައިވަނީ ގަސްދުގައިކަމަށް އެފަރާތުންވަނީ ބުނެފައިވެއެވެ. އަދި، މިއީ އިންސާނިއްޔަތާ ޚިލާފު އަމަލެއްކަމަށްވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮފުބާ

    އެކަމް ރާއްޖެއަށް އަމުރުކިރެ

  2. ފާޙީޝް

    ނަންވާނީ ޗައިނާ

  3. އޫރު

    ތި އޫރުންގެ ބަލާ ދުނިޔެ އަށް ބޮޑު ވެފައިވޭ...

    ހިތާމަ ހުރި.

  4. Anonymous

    ގަދަކަމުން ދީނަށް ވައްދަންޔާ ގަދަކަމުން އޫރުމަސް އެކަންޔެއް ނޫން މުސްކުޅިއަމާ ވެސް ކޮށާފަ ކާންދޭންވީ

  5. ނަތަންޔާހޫ

    އެހެންގޮތެއް ނެތިއްޔާމު، އޫރުމަސް ކެޔަސް ހަރާމެއްނުވާނެ. އެކަމަކު އޫރުމަސް ނޫން އެހެން ބާވަތެއްގެ ކާއެއްޗެހި ހުރިއްޔ
    ަމު އޫރުމަސް ދިނަސް ކާކަށް ނުޖެހޭނެ!