ރާއްޖެއަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ތޫފާން "ބުރެވި" ދަތުރު ކުރާ މިސްރާބަށް ބަދަލުތަކެއް އަތުވެއްޖެ އެވެ.

މީގެ ކުރިން ތޫފާން ބުރެވި ފުރަތަމަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ ޓްރިންކޮމަލީ ސިޓީ އަށެވެ.

ނަމަވެސް ސްރީލަންކާގެ މޫސުމާއި ބެހޭ އިރާރާއިން ދެންމެ ވިދާޅުވީ، ތޫފާނުގެ މިސްރާބު ބަދަލުވެ މިއަދު ތޫފާން އަރާނީ މުއްލައިޓިވޫ ސިޓީ އަށް ކަމަށެވެ.

ތޫފާނުގެ އަސަރު މިހާރު ލަންކާގެ އެކި ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން ކޮލަމްބޯއަށްވެސް ދަނީ ބާރަށް ވައި ޖެހެމުންނެވެ. އަދި ބައެއް ހިސާބުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ.

ތޫފާން ބުރެވި ލަންކާއަށް އަރައި ފެންބޮޑުވެފައި

ލަންކާގައި ތޫފާން ބުރެވީގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކޮންމެ ސަރަހައްދެއްގައި ވަނީ 50 ވަގުތީ ހިޔާ ގާއިމްކޮށްފައެވެ.

މިތޫފާންގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވާ ގޮތުގައި މިތޫފާންގެ ސަބަބުން ޑިސެމްބަރ 04 ވަނަ ދުވަހުގެ ނިޔަލަށް ވިއްސާރަ ކުރާނެއެވެ.

މިތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވެއެވެ.

މި ތޫފާނާއި ގުޅިގެން އިންޑިއާ އަށް ވެސް ސަމާލު ވަނީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަން

    ބަލާވެރިކަންތަ ކަށް ދެވޭ ރައްދެއް.ހެޔޮ ވިސްނޭ ބަޔަކު ވިސްނާ އިސްލާހްވޭ....ވަގުތެއް ނެތް

    26
    9
  2. ހޭބައްލާ

    މި ދެން އާ ކަމެއްނޫން ވިއްސާރަ ވުމަކީމި ދުވަސްވަރު. ރާއްޖޭގެ މޫސުން އާންމު ކޮށް ހިނގާގޮތަކީ ހުޅާނގުމޫސުން ނިމިގެން ދެން ޖަހަނީ ހަޅަ. އިރުވާ ވުމުގެ ކުރިން. ދެން މެޓު އޮފީހުން ކޮވިޑް ފެތުރިދާނެތީ ތޫފާން އަރަނީ ޔޭ ނުކިޔަސް ދިވެހިން ނަށް އިނގޭ މީ ހަޅަ އަށް ރެޑީ ވާ ދުވަސް ވަރުކަން.

    18
    43
    • ރޯނު

      ﷲ އިރާދަ ކުރެއްވީމަ ވިއްސާރަ ވާނީ. އެއީ ހަޅައަކުން ހިތަ އަކުން ވާ ކަމެއް ނޫން.

      15
  3. ފޫހި

    ތިވާނީ އެޗްޕީއޭ ބުނެގެން ކުރި ކަމަކަށް. އެވެރިން ދަތުރު ގޮސްލަން ވެގެން ބުރެވި އާ ވެސް އެގްރިމެންޓު ހަދާފަ ތިއޮތީ ކޮވިޑާ އެކީ ހެދިހެން

    3
    9
  4. ޙާމް

    ޙެޔޮވިސްނޭ ބަޔަކަށް މިވަނީ ކިހިނެތްކަން އެނގޭނެ. ޢަދި މިޤައުމުގައި އުޅޭ ނުވިސްނޭ މީހުނަށް އިބުރަތެއް ކަމުގައި ލައްވާންދޭއެވެ. ޢެއިރެއްގައި އެޤައުމެއްގެ ހާލަތުވާނީ އެޤައުމެއްގެވރައްޔަތުން ޙިޔާރުކުރާ ގޮތެއްގެ މަތީގައިކަން އަހަރެމެންގެ މާތދީނުން ސާބިތުވެއެވެ.