ނޫސްވެރިޔަކަށް ދަށު ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ދަމަހައްޓަން އިރާންގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އިރާންގެ ނޫސްވެރިޔެއް ކަމުގައިވާ ރޫހުﷲ ޒާމަށް ދަށު ކޯޓުން މަރުގެ ހުކުމެއް އިއްވާފައިވަނީ ސާރުކާރާ ދެކޮޅަށް ކެމްޕޭނެއް މީސްމީޑިއާގައި ހިންގުމާ ގުޅިގެނެވެ. އެއީ 2017 ވަނަ އަހަރުގައެވެ. މި ގޮތުން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

މިކަން ހާމަކޮށްފައިވަނީ އިރާންގެ ޖުޑިޝަރީގެ ރަސްމީ ވެބްސައިޓުން އޮންލައިންކޮށް މިއަދު ކުރިއަށް ދިޔަ ނޫސް ކޮންފަރެންސެއްގައެވެ.

އެ ކޮންފަރެންސްގައި އިރާންގެ ޖުޑިޝަރީގެ ތަރުޖަމާނު ޤުލާމްހުސައިން އިސްމާއިލީ ވިދާޅުވީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް ނޫސްވެރިޔާ މަރާލުމަށް އިރާންގެ ސުޕްރީމް ކޯޓުން މިހާރު ހުކުމް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލު

    އީރާން ގެ ވެރިކަން ވައްޓާލުމުގެ ގާބިލްކަމެއް އެމަރިކާ އަދި ހުޅަނގު އަތުގަނެތް..އެތެރެއިން އީރާނުގައި ބައާވާތެއް ގެންނަން ލާރި ޖަހާ ގުރޫޕް ތައް..އީރާނުން ހޯދުމަށް ފަހު ކައްވަޅައް ފޮނުވާލާ...

    17
    4