އީރާންގެ އެންމެ އިސް އެއްނިއުކްލިއާ ސައިންސްވެރިޔާ ކަމަށްވާ މުހުސިން ފަޚުރިއްޒާދީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ދެނެގަނެ އޭގެތެރެއިން ބައެއް މީހުން މިހާރު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

ނޮވެމްބަރ 27 ވަނަ ދުވަހު މުހުސިން އަވަހާރަވެފައި ވަނީ އޭނާ ދަތުރު ކުރައްވަމުން ގެންދެވި ކާރަށް ދިން ހަމަލާއަކަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ގެންދަނިކޮށެވެ.

އީރާންގެ އޮފިޝަލަކު މިދިޔަ ހަފްތާގައި އެގައުމުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސައިންސްވެރިޔާ މުހުސިން އަވަހާރަކޮށްލާފައި ވަނީ އޮޓަމެޓިކުން ކޮންޓްރޯލް ކުރެވޭ މެޝިންގަންއެއް ބޭނުން ކޮށްގެންކަމަށެވެ. ނަމަވެސް އޭގެ ކުރިން އީރާނުން ބުނެފައި ވަނީ ސައިންސްވެރިޔާ މުހުސިން ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ބޮމުގެ ހަމަލާތަކެއް ދިނުމަށްފަހު ސައިންސްވެރިޔާ މުހުސިން ކާރުން ނެރެ ބަޑި ޖަހާފައި ވަނީ ސައިކަލްތަކެއްގައި އައި ބަޔަކު ކަމަށެވެ.

ސައިންސްވެރިޔާ މުހުސިން އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ދެނެގަނެވިފައިވާކަން އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނި ނަމަވެސް އެމީހުން ދެނެގަތީ ކިހިނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭގެތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސައިންސްވެރިޔާ މުހުސިން ދަތުރުކުރައްވަމުން ގެންދެވީ ބްލެޓްޕްރޫފް ކާރެއްގައި ކަމަށް އީރާނުން ކުރިން ބުނެފައި ވެއެވެ.

އީރާނުން ތުހުމަތު ކުރާ ގޮތުގައި ސައިންސްވެރިޔާ މުހުސިން އަވަހާރަކޮށްލާފައި ވަނީ އިސްރާއީލުންނެވެ. އެތުހުމަތުތައް އިސްރާއީލުން ދޮގެއް ވެސް ނުކުރެއެވެ. އެމެރިކާގެ ސަލާމަތީ އިދާރާތަކުގެ އޮފިޝަލުން ނަން ހާމަނުކުރަން ޝަރުތުކޮށް އެމެރިކާގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވެސް ވިދާޅުވެފައި ވަނީ ސައިންސްވެރިޔާ މުހުސިން އަވަހާރަކޮށްލާފައި ވަނީ އިސްރާއީލުން ކަމަށެވެ.

މުހުސިންގެ މަރުގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަދަލް

    ސުލައިމާނީގެ ބަދަލްވެސް އީރާނުން ހިފީ ވަގުތުން އެއް ނޫން...ދުނިޔެ ހީކޮށްގެން ތިބީ އީރާނަކަށް އެމަރިކާ މައްޗައް ޑައިރެކްޓް ހަމަލާއެއް ދޭން ނުކެރޭނެ ކަމަށް..އެކަން އެއީކުންހީއެއް..މުހުސިންގެ ބަދަލްވެސް އީރާނުން ހިފާނެ..ޙާމަނާއީގެ ވައުދެއް

    14
    2
  2. ބަލަމާ

    ހާދައިންތިޒާރެއްގައޭ މިހިރީ ވާނެގޮތެއްބަލަން..އީރާނުން ދޭ ރައްދުހަމަލާ ބަލަން...8 ޖަނަވަރީ ހެދުނު ހޭލައިގެން
    ވަގުތު ނޫހައްވަންއިރު އޮތީ ރަތްބޯޑުން ބްރޭކިންގްނިއުސް އީރާނުން އެމަރިކާތަންތަނައް ހަމަލާދޭން ފަށައިފި...މަގޭ ނިދިނަގާލިދުވަހެއްއެއީ
    އަދި ތަކުރާރުވާނަމަ ކޮންފަދަ

    10
    2
  3. ހައިދަރާ

    ހީވަނީ އަދި އެމެރިކާއާއި އިޒުުރޭލުގެވެސް އަދި ބަލިކަށި
    ވާނެހެން