އެފްރިކާ ބައްރުގެ އެންމެ އުތުރުން ޔޫރަޕާއި އެންމެ ކައިރީގައި އޮންނަ އަރަބި އިސްލާމީ ގައުމެއް ކަމަށްވާ މޮރޮކޯ އިން ހަރުކަށި ޔަހޫދީ ދައުލަތް އިސްރާއީލާއި އެކު ގުޅުން ބަދަހިކުރަން ނިންމައިފިއެވެ.

އެހެންކަމުން މޮރޮކޯ ވެގެން މިދިޔައީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިސްރާއީލާއި ގުޅުން ބަދަހި ކުރަން ނިންމި ހަތަރު ވަނަ އަރަބި ގައުމަށެވެ. މޮރޮކޯ އިން ވެސް އިސްރާއީލާއި ގުޅުން ބަދަހިކުރަން ނިންމީ އެމެރިކާ މެދުވެރިއެއްގެ ރޯލް އަދާކޮށްގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުންނެވެ.

މޮރޮކޯ އިން އިސްރާއީލާއި ގުޅުން ބަދަހިކުރަން ނިންމުމާއިއެކު އެމެރިކާ އިން ވަނީ ހުޅަނގު ސަހަރާ ސަރަހައްދު އެއީ މޮރޮކޯގެ ބައެއްގެ ގޮތުގައި ބަލަހައިގަންނަން އެއްބަސްވެފައެވެ. އެސަރަހައްދަކީ މޮރޮކޯ އާއި އަލްޖީރިއާ އިން މިލްކުވެރިކަމާއިމެދު ދައުވާކުރާ ސަރަހައްދެކެވެ. މިއީ މޮރޮކޯގެ ބައެއްގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުން އެއީ މިސްރަހައްދުގެ މިލްކުވެރިކަން ރަސްމީކޮށް ހޯދަން މޮރޮކޯ އިން އެތައް އަހަރެއް ވަންދެން ކުރި އުއްމީދު ހާސިލްވުމަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް އަލްޖީރިއާ އިން ބުނެފައި ވަނީ އެމެރިކާ އިން އަލްޖީރިއާ އާއިއެކު މަޝްވަރާތައްކޮށް އިސްރާއީލާއިއެކު ގުޅުން ބަދަހިކުރީ "ބްލެކްމެއިލް ކޮށްގެން" ކަމަށެވެ.

ފަލަސްތީނުން ބުނީ 2002 ވަނަ އަހަރު އަރަބި ގައުމުތަކުން އެއްބަސް ވެފައިވާ "އަރަބް ޕީސް އިނީޝިއޭޓިވް" ގައި އަރަބި ގައުމުން އިސްރާއީލާއި އެކު ގުޅުން ބަދަހިކުރާނީ ފަލަސްތީންގެ ބިންތަކުން އިސްރާއީލުން ފޭބުމުން ކަމަށް ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް މިހާރު ބައެއް އަރަބި ގައުމުތަކުން ނިންމަމުން ގެންދާ ނިންމުންތަކަކީ އެގައުމުތަކާއި އެގައުމުތަކުގެ ވެރިންގެ އަމިއްލަ މަންފާއަށް ނިންމަމުން ގެންދާ ނިންމުންތަކެއް ކަމަށެވެ.

ހަމާސް ޖަމާޢަތުން ބުނީ އަރަބި ބައެއް ގައުމުތަކުން އިސްރާއީލާއި ގުޅުން ބަދަހި ކުރުމަކުން އިސްރާއީލާއި ފަލަސްތީންގެ މައްސަލައަށް އަންނާނެ ހައްލެއް ނެތް ކަމަށާއި މައްސަލަ އިތުރަށް ބޮޑުވެ ހަމަނުޖެހުންތަކަށް މަގުފަހިވާނެ ކަމަކަށް މިކަން ވެގެންދާނެ ކަމަށެވެ.

މިއަހަރު ޔޫއޭއީ އާއި ސޫދަން އަދި ބަހްރޭނުން ވަނީ އިސްރާއީލާއި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މިސޮރު

  ޥަގުތު ކުދިން އެކަން ސެލެބްރޭޓްކޮށްލަނީތޯ....

  4
  10
 2. އަސްލުހާލަތު

  މި ރާއްޖޭގަ އުޅޭ ފުޅަކާ ހަސަދައާ ފިތުނަ ފަތުރާ ދަންނަ ބޭކަލުން އެކަނި ތިކަން ވެސް ހަރާންކުރާނި.. ރަނގަޅު އިޒުރޭލުތީ އަނިޔާވެރި ނުބައި ޒާލިމުންތަކެއް އެކަމު މިއޮއްހުރިހާދުވަހު އެމީހުންނާ ޖެހިގަނެހެން ކުރިއެރުމެއް ސުލްހައެއް ނުލިބުނު އެހެންވީމަ އެކުވެރިކަމުގެ ތެރެއިން ސުލްހަ ލިބޭތޯ ބެލުން ގޯހެއް ނޫން.. ގުޅުން ބަދަހި ކުރުނަ ހަރާމްނަމަ ޔަހޫދީ ކަނބަލުންނާ ކައިވެނި ކުރުން ހުއްދައެއް ނުކުރީސް މުސްލިމު ފިރިހެނުންނަކަށް..އަދި އެމީހުންނާއެކުސުލްހަވުމަށް މާތް ނަބިއްޔާވެސް އެތަށް މުޢާހަދާއެއް އެކުލަވާލި ކަން އެނގެން އޮވޭ..

  10
  7
  • . .

   ރަނގަޅު ޔަހޫދީންނާއި ސުލްހަވުމަށް މުއާހަދާ ހެދިދާނެ...އެކަމަކު މުސްލިމުންގެ ބިމެއްފޭރިގަނެ އެބިމުގައި ވެރިކަން ކުރުމަށް ހިތްވަރުދިނުން އެއީ ކޮންކަހަލަ ކަމެއްތޯ...އެމީހުންނާއި ގުޅުން ބަދަހި ކުރުމުގެ ބަދަލުގައި ފަލަސްތީނު މީހުންނާއި އެގުޅުންތައް ބަދަހިކޮށްގެން ޔަހޫދީން ގެ ބާރު ކަނޑުވާލަން މަސައްކަތް ނުކުރީ ކީއްވެޔޯ...އަދި މުސްލިމުންނަށް ދެރަވާ ގޮތަށް މުއާހަދާ ތައް ހެދިދާނެތޯ...އަދި މުސްލިމުބިމުން ބައެއް ދޭގޮތަށް މުއާހަދާ ހެދިދާނެތޯ...އަދި މުއާހަދާއެއް ހެދި ނަމަވެސް ރަހުމަތްތެރިކަން ބޭއްވިދާނެތޯ...ދީނުގަ މުއާހަދާތައް ހެދެން އޮތްގޮތާއި ނެތް ގޮތްވެސް ބަލާލުން ރަނގަޅު...ދީނުގަ އަންގަވާފަ ވާ ގޮތަށް ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރި އެންމެ ގައުމެއްވެސް ނެތް...ދެން ކޮން ހައްލެއް ނުލިބުނު ވާހަކަ އެއް ތިދައްކަނީ...ވާގޮތަކީ ދުނިޔެ އެދެވެނީ މާ ބޮޑަށް...ޔަހޫދީން ދެކެ ލޯބިވެސް ވެވެނީ މާ ބޮޑަށް...ހޭ އަރާނީ ބައްދާލާފަ ބުރިކައްޓަށްވަޅި ޖެހީމަ އޮވެ މަރަށް ތެޅޭ އިރު

   4
   3
 3. ޅަބޭ

  ބުނާ ވަރައް ލާރި ދީފިއްޔާ، ރާއްޖޭގެ ޝަލަފު ޖަމިއްޔާ، އަދާލަތު ޕާޓީ، އަދި މިއުޅޭ ވައްބާބީންވެސް ޔަހޫދީ ދައުލަތް އިސްރާއީލާއި އެކު ގުޅުން ބަދަހިކުރާނެ. ބަލާލަނިކަން އެހެރަ ސޭހު އިމުރާނެއް އުޅޭ ފާޑު.

  6
  1
 4. ނަތަންޔާހޫ

  މިރާއްޖެ މިއީ ދެން އެއްވެސް ހައިސިއްޔަތެއް ނެތް ގައުމެއް، އެކަމަކު އިޒްރޭލާ ޖައްސާލައިގެން އުޅުމުން ކޮން ފައިދާއެއްވަނީ! ޚުދު ފަލަސްތީނުގެ ލީޑަރުންވެސް އަދި ގިނަ ރައްޔިތުންވެސް ބޭނުމީ އިޒްރޭލާ ގުޅެން، އެކަމަކު ހަމާސްގެ ބަޔަކު މިކަން ވިޔަނުދޭން ތިބީ! އަރަބިންނަށް ވިސްނުނީ ތަންކޮޅެއްފަހުން އެކަމަކު އަދިވެސް ލަހެއްނުވޭ!

  5
  3
 5. މުޖީބު

  ކޮބައިހޭ "އައިސިސް" އަކީ އިޒްރޭލުގެ އޭޖެންޓުނޭ ކީ ދޫތައް؟ އެދުވަހު މުޅި ދުނިޔެ އެއްގަލަކަށް އަރައި "އައިސިސް" ބޮލުގަ އެ އިލްޒާމު އަޅުވައި އެތަން ސުއްނާފަތި ކޮށްލާފަ މިއަދު އެ އިލްޒާމު އެޅުވި ޤައުމުތައް ފަހަރަކު ޤައުމަކުން އިޒްރޭލާ ގުޅުން ބަދަހި ކުރަމުން އެއޮށްދަނީ. ވިސްނާ ބަޔަކަށް ތެދުމަގު ފެންނާނެ. ﷲ އަޅަމެން އެއިލާހު ރުހިވޮޑިގަންނަވާ މަގަށް މަގު ދައްކަވާށިއެވެ.

  3
  3