ގޫގުލްގެ ސާޗް އިންޖީނާއި، ޔޫޓިއުބް އަދި އެއާއި ގުޅުން ހުރި ގިނަ ހިދުމަތްތަކަކަށް ބުރޫ އަރައިފިއެވެ.

ޑައުން ޑިޓެކްޓާއިން ބުނާގޮތުގައި، ބުރޫ އަރާފައި ވަނީ ޔޫޓިއުބް، ގޫގުލް، ގޫގުލް މީޓް، ގޫގުލް ހޭންގްހައުޓް، ގޫގުލް ޕްލޭ އާއި އަދި ޖީމެއިލްއަށެވެ.

މީގެ ކުރިންވެސް، ދާދި ފަހުން މި ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ.

އަދި ގޫގުލް ބިޒްނަސް ޓޫލްސް އަށްވެސް ބުރޫތަކެއް އަރާފައި ވެއެވެ. އެގޮތުން ބައެއް ފަރާތްތަކަށް ޑްރައިވް އާއި ޑޮކިއުމެންޓްތަކުގެ އިތުރުން، ޝީޓްސްތަކަށް ވަނުމަށް ވަނީ ބުރޫ އަރައިފިއެވެ،

މިއީ މުޅި ދުނިޔެއަށް ކުރުމަތިވެގެން އުޅޭ ކަމެއް ކަމަ ނުވަތަ ނޫން ކަން އަދި ސާފެއް ނޫނެވެ.

ނަމަވެސް ރާއްޖެއަށާއި، ޔޫރަޕްގެ ބައެއް ގައުމުތަކުން މި ހިދުމަތްތަކަށް ބުރޫ އަރާފައި ވާކަން ފާހަގަކޮށްލަން ޖެހެއެވެ.