ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލަން ލަންކާގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައި ލަންކާގައި ކޮންކްރީޓް ވަޅުތަކެއްގައި ވަޅުލަން ނިންމާފައިވާ ކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ ބަދަލުގައި އެންދުމަށް ލަންކާގެ ސަރުކާރުން ނިންމައި، ލަންކާގެ މުސްލިމުން ދިޔައީ ވެސް އެ ގޮތުގެ މަތިން އަންދަމުންނެވެ. އެކަމާ ގުޅިގެން ލަންކާގެ މުސްލިމު މުޖުތަމައުގެ ނުުރުހުން އިތުރުވުމާއެކު ސަރުކާރުން ބުނެފައިވަނީ އިސްލާމީ އުސޫލުތަކާ އެއް ގޮތަށް ލަންކާގައި ވަޅުލުމުގެ އިންތިޒާމުތައް ހަމަޖެހެން ނެތް ކަމަށެވެ.

އެއަށްފަހު އެ ކަމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުގައި ލަންކާ ސަރުކާރުން އެދުނެވެ. މި ގޮތުން ކޮވިޑް-19 ގެ ރޯގާގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމަކަށް ލަންކާ ސަރުކާރުން އެދުނެވެ. އެކަމުގެ މަޝްވަރާތައް ދެ ގައުމުގެ ސަރުކާރާ ދެމެދު ހިނގަމުން ދަނިކޮށް، މި ކަމުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ މެދުގައި ވެސް ކޮންމެ ވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކެއް އުފެދުނު ތަން ފެނިގެން ދިޔައެވެ.

ސްރީލަންކާ ސަރުކާރުގެ ތަރުޖަމާނު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ ރާއްޖެ ގެނެސް ލަންކާގެ މުސްލިމުން ވަޅުލުމަށް ސަރުކާރުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި ކުރިން ވެސް ނިންމާފައިވާ ގޮތަށް މުސްލިމު ހަށިތައް އެންދުން ވެސް ހުއްޓާލާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި މުސްލިމު ހަށިތައް ވަޅުލަން ހަމަޖައްސާފައިވަނީ ކޮންކްރީޓް ވަޅުތަކެއްގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ލަންކާގައި ހަށިތައް ވަޅުލުމުގެ ބަދަލުގައި އަންދަން ފަށާފައިވަނީ އެ ހަށިތައް ވަޅުލުމުން ބިމުގައި ވައިރަސް ތަޣައްޔަރުވެ ފެތުރިދާނެ ކަމަށް ބިރު އޮންނާނެ ކަމަށް އެ ގައުމުގެ ނުފޫޒުގަދަ ބުދިސްޓު އިލްމުވެރިން ބުނަން ފެށި ފަހުންނެވެ. އެކަމަކު އެ ކަމަށް އެއްވެސް ސައިންޓިފިކް ހެއްކެއް އަދި ދެއްކިފައި ނުވާ ކަމަށް ލަންކާގައި ތިބި ސިއްހީ މާހިރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސްކިޕަރ

  ލަންކާގަ ތިިިިބި ސިއްހީ މާހިރުން އެކަނިއެއް ނޫން މުޅި ދުނިޔޭގެ ހުރިހާ ސިއްހީ މާހިރުންވެސް ބުޑިސްޓުންގެ ވިސްނުމާ ދެކޮޅު

  14
  1
 2. ޏ

  މ ޑޕ ޑީލް ފޭލްވެއްޖެއެވެ.

  10
 3. ރަބަރޭ

  ތިޔެއް އިގޭނީ ބޮ ޑޑު ބުދުގެ އަށްޕަޔަށް

 4. Anonymous

  الحمدلله.
  ހޮޔޮވިސްނުން ދެއްވީތީ. ސުކުރިއްޔާ ޞާލިޙް ރައީސް . .ހުރިހާ ކަމެއްގައި ވެސް ރައްޔިތުން ގެ ލަފަޔާ މަޝްވަރާ މުހިންމު.
  އިސްލާމްދީނުގައި އޮތީ މަޝްވަރާ ގެ އުޞޫލުން ކަންކުރަން އަންގަވާފައި. ނަމާއި އެއްގޮތަށް ޞާލިޙް ރައީސެއް ކަމުގައި ލައްވާށި އާމީން

  8
  9
 5. ރެފްރީ

  ދެން ލަންކާއަށް ސިމިންތިފޮނުވަންވީނު ؟

  18
 6. ކިނބޫ

  މިލަ ޑރ އާއި ކަންނެލި އޮޑި އާއި ޒައިދު ސޭކު ވަރަށް ދެރަވާނެ.
  އެތިވަރުތަކެއް ގޮވައިގަނެބަލަ. ވަރަށް މާތްކަމެއް މިއޮއް ހުއްޓާލީ ދުއާ ދެއްވި. ދެގޮތްވެސް އޯކޭ ދޯ؟ އެކަން ކުރަން އުޅުނީވެސް ހުއްޓާލީވެސް އަޅުވެރިކަމުންނޭ ގޮވާބަލަ.

 7. ޢަހުމަލް

  ބުޑިސްޓް ޕޯޕުން ބުނަނީ ވަޅުލާ މުސްލިމުންގެ ލެޔާއި ކައްޓާއި މަހާއި އެގައުމުގެ ފަސްގަނޑާއި ފެނާއި އެކުވާނަމަ ބުޑިސްޓުން ބަލިކަށިވެ މުސްލިމުން ބާރުގަދަކުރަމުން ދާނެކަމަށް، އެހެންވެ އަންދަން ނިންމީ، އަދި އެ ހަށިތައް ގައުމުން ބޭރުކުރަންވެސް ނިންމީ. ގޮންޖެހުން ތަކާހުރެ ވަޅުލަން ނިންމީވެސް ކޮންކްރީޓް ވަޅުގަ، އެއިން ހަށިގަނޑެއްގެ މިންވަރެއް ފެނާއި ވެއްޔާ އެކު ނުވާނެހެން. ޢަދި ބޭނުންވެއްޖެ ނަމަ ކަށިތައް އަންދާލެވޭނެހެން. ﷲ އީ އެކަލާންގެ ދީނަށް ނަސްރުދެއްވާނެ އިލާހް. ކާފަރުންނަށް އެކަންވެސް އެނގޭނެ

 8. ހެއްވާ ކަމެއް

  ލަންކާ މީހުންނަކީ ބިން ތަގައްޔަރު ވެދާނެތީ މާ ސާފުތާހިރު ބަޔަކީތަ؟ ގިނަ މީހުން ތިބޭނީ އެތައް ދުވަހެއް ވަންދެން ފެންނުވަރާ ބޮލައް ބޮޑީ ސްޕްރޭ ޖަހައިގެން

 9. ކަލާ123

  ރަނގަޅު ނިންމުމެއް!