ކްރޮއޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ 6.3 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

މި ބިން ހެލުމުގެ އަސަރު މުޅި ގައުމަށް ކުރިއެވެ. އަދި ކައިރި ބައެއް ގައުމުތަކަށްވެސް މި ބިންހެލުމުގެ އަސަރު ކުރި ކަމަށްވެއެވެ. އޭގެ ތެރޭގައި ސާބިއާ، ބޮސްނިއާ އަދި ހާޒެގޮވިނާ އާއި، ދުރުން އޮސްޓްރިއަގެ ގްރޭޒް ހިމެނެއެވެ.

މި ބިންހެލުމުގައި މިހާތަނަށް ކުޑަކުއްޖަކު ވަނީ މަރުވެފައެވެ. އެއީ އަންހެން ކުއްޖެކެެވެ. އަދި މި ބިންހެލުމުގައި ވަރަށް ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަދި މަރުވީ ކޮން އުމުރެއްގެ ކުއްޖެއްކަން ހާމަކޮށްފައެއް ނުވެއެވެ.

މި ބިންހެލުމާއި ގުޅިގެން ބައެއް ތަންތަނަށް ގެއްލުންވެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައި ވެއެވެ.

ސެއިސްމޮލޮޖިކަލް ރިޕޯޓްތައް ބުނާގޮތުގައި، މި ބިންހެލުން ކްރޮއޭޝިއާގެ ވެރިކަން ކުރާ ސިޓީ ޒަގްރެބްއާ ދިމާލަށް އައިއިރު، އެކަމުގެ ސަބަބުން އެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބިދާނެ އެވެ.

މި ސަރަހައްދަށް މީގެ ކުރިން މިދިޔަ ހޯމަ ދުވަހު 5.2 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ.

ކްރޮއޭޝިއަން ރެޑް ކްރޮސް އިން ބުނީ، ޕެޓްރިންޖާ ޓައުންގެ ހާލަތު ވަރަށް ސީރިއަސްކަމުން އެ މީހުން ހަރާކްތެރިވަމުންދާ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރަކާއި ހަވާލާދީ އެ ނޫހުން ބުނީ، އެ ޓައުންގައި އިމާރާތްތަކުގެ ދަށުވެފައި އޮތް ކާރެއްގެ ތެރެއިން ކުޑަ ކުޑަކުއްޖަކާއި، އެ ކުއްޖަގެ ބައްޕަ ސަލާމަތްކޮށްފައިވާ ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު