ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ނަން މަޝްހޫރު އެތައް ގައުމެއްގައި އާއަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެހެން އަހަރުތަކާއި އަޅައި ބަލާއިރު ވަރަށް ކުޑަކޮށެވެ. މީގެ އަހަރެއް ކުރިން ފެނުނު ކޮވިޑް-19 އާއިހެދި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް ކޮވިޑް-19 ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ތަފާތެވެ.

ކޮވިޑް-19 އާއި "ހަނގުރާމަކޮށް" ކާމިޔާބު ހޯދާފައިވާ ވޫހާންގައި އެތައް މިލިއަން ބަޔަކު ވަނީ މަގުތަކަށް ނިކުމެ އާއަހަރަށް މަރުޙަބާ ކިޔާފައެވެ.

ކޮވިޑް-19 ވޫހާން އިން ފެނުމުން ޖަނަވަރީ މަހު ވޫހާން ފުރަބަންދު ކުރިއެވެ. ވޫހާގެ ފުރަބަންދަށް ލުއިތައް ދިނީ އޭޕްރީލް މަހުއެވެ.

ވޫހާންގެ ގިނަ އަދަދެއްގެ މީހުން ވަނީ ވޫހާންގެ "ހެންކޮކް ކަސްޓަސްމް ހައުސް" ކައިރިއަށް އެއްވެސް އާއަހަރަށް މަރުހަބާ ކިޔާފައެވެ. އެއީ ކޮންމެ އަހަރަކު ވެސް އާއަހަރަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް އެންމެ ފޯރިއާއިއެކު ކުރިއަށް ގެންދާ ވޫހާންގެ ސަރަހައްދެވެ.

އާއަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވޫހާންގައި ހުއްދަ ދިން ނަމަވެސް މާސްކް އެޅުން އޮތީ މަޖުބޫރު ކޮށްފައެވެ. މާސްކް ނާޅައި އާއަހަރު ފާހަގަ ކުރަން އެއްވާން އުޅުނު މީހުންނަށް ފުލުހުން ނަސޭހަތްދީ މާސްކް އެޅުވި މަންޒަރު ފެނުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19 މާބޮޑަށް ނުފެތުރެއެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުން ކޮންމެވެސް ވަރަކަށް މީހުން ފައްސިވެއެވެ. ޗައިނާގެ ސަރަހައްދަކުން ކޮވިޑް-19 އަށް މީހަކު ފައްސިވާއިރަށް މިހާރު ވެސް އެސަރަހައްދެއް ފުރަބަންދުކޮށް، ވަރަށް އަވަހަށް ގިނަ ބަޔަކު ޓެސްޓްކޮށް ބަލި ފެތުރުން ޗައިނާ އިން ދަނީ ކޮންޓްރޯލް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އައްޑޫ މީހާ

  ތިޚަބަރު ތިހާ އަވަހަށް ތާޒާކޮށް ގެނެސްދެއްވި ގޮތަށް ވޫހާންގައި ކޮވިޑު ޖެހުނުކަމަށް މީޑިޔާތަކުގައި ރިޕޯޓުރި ( ޕޮޒިޓިވު ) 500،000 (ފަސްލައްކަ) މީހުންނާއި ބެހޭ ޚަބަރު އަދި އެތާގެ މުސްލިމުންގެ ޢަޤީދާ ބަދަލުކުރުމަށް ކުރަމުންދާ އަޑިނޭގޭ މަސައްކަތުގެ ޚަބަރުތައްވެސް ، އަދި މުސްލިމުންނަށް ކުރި އަދި ކުރަމުންދާ އަނިޔާތަކާއި ލާއިންސާނީ ވާހަކަތައްވެސް ގެނެސްދިނުމަކީ ދިވެހިން ދެނެގަންނަން ވަރަށް ބޭނުން ޚަބަރުތަކެވެ. ތިޔަބޭފުޅުން ދުނިޔޭގެ ޤައުމުތަކުގެ ތަފާތު ޚަބަރާއި ޤައުމުގަ ހިނގާފައިވާ އަދި ހިނގަމުންދާ ޚަބަރުތައް ތާޒާކަމާއެ ގެނެސްދެއްވާތީ ފަށްފަށުން ޝުކުރު ދަންނަވަން.

  4
  1
  • ކާފަ

   ނުޖެހޭ ތިޔަ.ހަބަރުތައް ގެންނާކަށް.