ދުނިޔެއިން ދެވަނައަށް އެންމެ ބޮޑު ކަނޑު ކަމުގައިވާ އެޓްލާންޓިން ކަނޑުން އާ ވައްތަރެއްގެ މަސްމަހާއި މެއްސާއި މުރަކައިގެ އިތުރުން ފިނިހަކައިގެ ގިނަ އަދަދަކަށް ފެނިއްޖެއެވެ.
އެޓްލާންޓިކް ކަނޑުން މިތަކެތި ފެނިފައިވަނީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑް ކޮށްގެން ކުރިއަށް ގެންދިޔަ ބޮޑެތި ކަނޑުތަކުގެ ހޯދުންތައް ބަލުމަށް ބޭއްވި ޕްރޮޖެކްޓެއްގައެވެ.
މި ޕްރޮޖެކްޓްގައި 13 ގައުމަކުން މުޅިއަކު 80 ސައިންސްވެރިންނާއި މެރިން ބަޔޮލޮޖީ ކިޔަވަމުން އަންނަ ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ. މިއީ 11 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.
މި ދިރުންތަކުގެ އިތުރުން އެ ބޭފުޅުންނަށް ވަނީ މީގެ ކުރިން ދިރުންތައް ނޫޅޭ ސަރަހައްދުތަކުންވެސް ދިރުން ފެނިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ކުރާ އަސަރުވެސް ވަނީ ހޯދިފައެވެ.
މި ޕްރޮޖެކްޓްގެ އަސްލު ބޭނުމަކީ އެޓްލާންޓިކް ކަނޑުގައިވާ ސަރަހައްދުތައް ބެލުމެވެ. އެގޮތުން އެމެރިކާ، ކެނެޑާ، އަދި ޔޫރަޕްގެ ސަރަހައްދުތައް ވަނީ ބެލިފައެވެ. އެ ބޭފުޅުން މަޑު ކޮށްފައިވަނީ ބޭ އޮފް ބިސްކޭ، ރޮކްއޯލް ބޭންކް، ދި ގޯލްފް އޮފް ކާޑިޒް، އެލްބޮރަން ސީ، ރޭކްޖޭންސް ރިޖް އަދި މިންގުލޭ ރީފް އަށެވެ.
ބައެއް ދިރުންތައް ފެނިފައިވަނީ އިންސާނުނަށް ނުދެވޭހާ އަޑިހަށް ރޮބޮޓްތައް ފޮނުވައިގެންނެވެ. އެގޮތުން ފެނިފައިވާ ބައެއް ދިރޭ ތަކެއްޗަށް ބަލާއިރު، ފިނިހަކަ، މަސް، ސްޕޮންޖެސް، މުރަކަ ފަދަ ތަކެތި ހިމެނެއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނެފައިވަނީ އެ މަސްމަހާއި މެހި މިހާރު އުޅެމުން އަންނަނީ އެމީހުންގެ އަމިއްލަ ސިޓީއެއް ހަދައިގެން ކަމަށާއި، އިންސާނުންގެ ސަބަބުން އެފަދަ ތަންތަން ހަލާކުވާނަމަ އެތަކެތި އުޅޭނެ އިތުރުތަންތަން ހޯދުމަކީ އެއީ އުނދަގޫ ކަމެއް ކަމަށެވެ.
ތިޔަ ކަނޑުން ތިޔަ ތަކެތި ފެނުނީ އަލަށް ކަމަށް ވެދާނެ. އަހުން ރަށު މާޑު މަތީގަ ތިޔަ ބޮނޑިވަރު އެބަ އޮތް ބޯކޮށް
މަސްމަހާއި މެއްސާއި
ކަނޑުން މެހިވެސް. ހުހ......