އިންޑޮނޭޝިއާގެ މަސްވެރިއަކަށް ޗައިނާގެ ސަބްމެރިން ޑްރޯނެއް ފެނިއްޖެއެވެ.

އޭނާ އަށް އެ ޑްރޯން ފެނިފައިވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދުންނެވެ. އެ ޑްރޯން އައިސްފައިވާ ކަމަށް ބެލެވިފައިވަނީ ދެކުނު ޗައިނާ ސަރަހައްދުން އޮސްޓްރޭލިއާއި ދިމާލަށެވެ.

އިންޑޮނޭޝިއާގެ މީޑިއާ އަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ޑްރޯން ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އިންޑޮނިއާޝަގެ ސަރުކާރުން ބަލަމުން އަންނަ ސުލަވޭސީގެ ކައިރިންނެވެ.

މި ޑްރޯން ފެނުމާއި އެކު އޭނާ ވަނީ ފުލުހުންނާއި އޭތި ހަވާލު ކޮށްފައެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ އެ ޑްރޯން އިންޑިއާގެ ސިފައިންނާއި ހަވާލު ކޮށްފައެވެ.

މި ޑްރޯން ފެނުނު ބައެއް މީހުން ބުނެފައިވަނީ ބެލެވޭ ގޮތުގައި އެއީ ޗައިނާގެ ސީ ވިންގް ނުވަތަ ހައިޔީ މީހުންނަށް ނިސްބަތްވާ ޑްރޯނެކެވެ. މި ޑްރޯނަކީ ޑޭޓާ ހޯދާ އާއި ކަނޑުއަޑީގެ ފިނި ހޫނުމިން، އަދި އޮކްސިޖަން ލެވެލް ފަދަ ކަންތައް ބަލާ ޑްރޯނެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާއިން މި ޑްރޯން ފެނިފައިވާއިރު، ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދުގައި މިފަދަ ހަރަކާތްތައް އެގައުމުން ބާއްވަމުން އަންނަ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ވަނީ ކޮށްފައެވެ.

މި ޑްރޯން އެގައުމުން ފެނިފައިވާއިރު، މީގެ ކުރިން 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް އެގައުމުގެ މަސްވެރިންތަކަށްވެސް ވަނީ މިފަދަ ޑްރޯނެއް ދެކުނު ޗައިނާގެ ކަނޑުގައި އޮންނަ ރިއާއު ނަމަކަށް ކިޔާ ރަށެއްގެ ކައިރިން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    ކީ އްވެބާ ޗަ އިނާގެ އެ އްޗެ އް އިންޑި އާ އާ އި ހަވާލުކުރަންޖެހުނީ ؟

    22
    • އަޙްމަދު

      އިންޑޮނޭސިއާވެސްމިހާރުމޯދީގެބާރުގެދަށަށްދިޔައީ

      15
      1
      • ވަހުތާނު އަހުމަދު

        އިންޑޮނޭޝިއާގެއިތުރުން ހުރިހާ ގެރިބަކަރިތައްވެ ސް މޯދީއަށް ؟، ހެ ހެ ހެ