ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިން ފުރަތަމަ ފަހަރަށް މީހަކަށް ދީފިއެވެ.

މި ވެކްސިން ދީފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ކިޑްނީގެ ބައްޔަކަށް ޑައިލިސިސް ހަދަމުން އަންނަ އުމުރުން 82 އަހަރުގެ ބްރައިން ޕިންކާ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ އަކީ އޮކްސްފޯޑަށް އުފަން އެތަނުގައި ދިރިއުޅުމުން އަންނަ މީހެކެވެ.

އޭނާ އަށް ވެކްސިން ދީފައިވަނީ ޗާޗިލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ސޭމަ ފޮސްޓާ ނަމަކަށް ކިޔާ ނަރުހެކެވެ.

ވެކްސިން ޖެހުމާއި އެކީ ޕިންކާ ބުނެފައިވަނީ އޭނާގެ ފަރުވާ އޭނާ ކުރިއަށް ގެންދާއިރު، ސިކުނޑިއަށް ހަމަ ޖެހުން ލިބޭނެ ކަމަށާއި އަންނަ މަހު އޭނާގެ ކައިވެންޏަށް 48 އަހަރު ފުރޭ ދުވަސް ފާހަގަ ކުރުމަށް ކެށް މަދުވެފައިވާ ކަމަށެވެ.

ވެކްސިން ޖެހިކަން އޭނާ ވަނީ ފަހުރުވެރި ކަމާއި އެކީ ބުނެފައެވެ.

އޭނާ އަކީ ކޮވިޑް-19ގެ އެންމެ ފަހުގެ ވެކްސިން ދުނިޔެއިންވެސް އެންމެ ފުރަތަމަ ދީފައިވާ މީހައެވެ.

އޮކްސްފޯޑް ޔުނިވާސިޓީ ހޮސްޕިޓަލްސްގެ ޗީފް ނާސިން އޮފިސާ ފޮސްޓާ ބުނެފައިވަނީ ޗާޗިލް ހޮސްޕިޓަލުގައި އެ ވެކްސިން ދެވުމުން އެކަމާއި ފަހުރުވެރިވާ ކަމަށެވެ. އެ ހޮސްޕިޓަލަކީ އަސްލު ވެކްސިން އުފެއްދިތަނާއި މާ ދުރުގައި ހުންނަ ހޮސްޕިޓަލެއް ނޫނެވެ.

"ކުރިއަށް އޮތްތަނުގައި ބަލި މީހުންނާއި ސިއްހީ ތަޖުރިބާކާރުންނަށް ވެކްސިން ދެވޭތޯ މިއަންނަނީ ބަލަމުން. އަންނަ ހަފްތާގައި އެކަން ފެށޭނެ ކަމަށް ބެލެވޭ. އެކަން އެގޮތަށް ކުރެވިއްޖެނަމަ، ވަރަށް ބޮޑު ތަފާތެއް ފެނިގެން ދާނެ ކަމަށް ބެލެވޭ" ފޮސްޓާ ބުންޏެވެ.

އޮކްސްފޯޑް އާއި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިނަކީ ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ ވެކްސިނެކެވެ. މީގެ ކުރިން ހުއްދަ ދީފައިވާ މޮޑާނާ އާއި ބައޯއެންޓެކްގެ ވެކްސިނަށްވުރެ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިން ރައްކާކޮށްފައި ބަހައްޓަންށާއި އެއްތަނުން އަނެއްތަނަށް އުފުލަން ފަސޭހަ ވާނެއެވެ. އަދި މިވެކްސިނަކީ މޮޑާނާ އާއި ބައޯއެންޓެކްގެ ވެކްސިނަށްވުރެ އަގުހެޔޮ ވެކްސިނެކެވެ.

ކިޔުންތެރިންގެ ހިޔާލު