ހައްދުފަހަނައަޅާފައިވާ އިސްރާއީލާއި ދެކޮޅަށް މުޒާހަރާކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކަނޑުމަގުން އެޤައުމުގެ ބޯޑަރު ސަރަޙައްދަށް ދިއުމަށް ނިންމައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުން މި މުޒާހަރާއަށް ތައްޔާރުވާން ފަށާފައި މިވަނީ، އިސްރާއީލުން ފަލަސްތީނުގެ ޤުދުސް ފޭރިގަނެ އެ ރަށަކީ އިސްރާއީލުގެ ވެރިކަން ކުރާ ސިޓީކަމުގައި ކަނޑައަޅާފައިވާތީ އެކަން ކުއްވެރި ކޮށް ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައެވެ.

ފަލަސްތީނުގެ ޣައްޒާއިން އެޤައުމުގެ މަސްވެރިކަން ކުރާ ބޯޓުތަކުންނާއި ޑިންގީތަކުން ކަނޑުމައްޗަށް ނިކުތުމަށް ގިނަ ޢަދަދެއްގެ ބަޔަކު ތައްޔާރުވަމުންދާއިރު، ބައެއް ބޯޓުތައް މިހާރު ވެސް ވަނީ ދަތުރު ފަށާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުން ކަނޑައަޅާފައިވާ ބޯޑަރައި މި ސަރަޙައްދާއި ދެމެދުގައި 16 ކިލޯމީޓަރު ހުރިއިރު، މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިއީ ސުލްޙަވެރި މުޒާހަރާއެއް ކަމަށާއި، މުޒާހަރާ ކުރަނީ އެފަރާތްތަކުގެ ޝުޢޫރު ފާޅުކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް މުޒާހަރާގެ އިތުރު ބައިވެރިންތަކެއް ބުނެފައިވާގޮތުގައި، އެފަރާތްތަކުން މި އެއްވުމުގެ ތެރެއިން އިސްރާއިލްގެ ބޯޑަރު ހުރަސްކުރާނެއެވެ.

މި މުޒާހަރާއަށް އިސްރާއީލުން ރައްދު ދޭނީ ކޮން ގޮތަކަށް ކަމެއް އަދި ނޭނގޭއިރު، ބައެއް ރިޕޯޓްތައް ބުނެފައިވަނީ އިސްރާއިލްގެ ސިފައިން ހަތިޔާރު ތައްޔާރުކޮށް އެޤައުމުގެ އައްސޭރީގައި ގިނަ ޢަދަދެއްގެ މޯޓަރުބަޑި އާއި ބަރު ހަތިޔާރު ތައްޔާރުކޮށް ޤާއިމްކޮށްފައިވާކަމަށެވެ.

މި މުޒާހަރާކުރުމަށް ފަލަސްތީނުގެ ރައްޔިތުން ތައްޔާރުވަމުން މިދަނީ، މިދިޔަ ހަފްތާގައިވެސް އިސްރާއިލް ސިފައިން އެޤައުމުގެ ބަޔަކަށް ޓޭންކަރުން ޙަމަލާދީ ޝަހީދުކޮށްލާފައި ވަނިކޮށެވެ. މީގެ އިތުރުން، ދާދި ފަހުން އިސްރާއީލުން ވަނީ އިސްރާއީލުން ޖަހާފައިވާ ފެންސް ކައިރިއަށް އެއްވި އެތައް ހާސް ބަޔަކާއި ދެކޮޅަށް ބޮޑު ޤަތުލުޢާންމެއް ހިންގައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައެވެ. މި ޤަތުލުޢާންމުގައި އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާ ކޮށްފައި ވެއެވެ.

ފަލަސްތީނު މުޒާހަރާއަށް ތައްޔާރުވަމުންދާ ފަރާތްތަކުން ބުނެފައިވަނީ، ކަނޑުމައްޗަށް އެއްވެ މުޒާހަރާ ފެށުމަށް ނިންމާފައިވަނި މާދަމާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޯ ޔޫ

    ހިތްވަރު ކުރާތި މޭންސް. ލޮޓްސް އޮފް ލަވް ފްރޮމް މޯލްޑިވްސް.

  2. ސ ނުން ސޮނިބެ

    ސަމާލުކަން ހޯދަން ޖަހާ ރޮކެޓު ތީ