ދޫނި ތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ވައްތެރެއްކަމަށްވާ އޭވިއަން އެންފްލުއެންޒާ އިންޑިއާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭވިއެން އިންފްލުއެންޒާ ފެނިފައި ވަނީ އަލައްޕުޒްހާ އިންނާއި ކޮއްޓަޔަމް އިންނެވެ. މިހާރު ނެގި އަށް ސުންކު (ސާމްޕަލް)ގެ ތެރެއިން ބޯޕަލްގައި ހުންނަ ލެބޮރަޓަރީއަށް ފޮނުވި ފަސް ސުންކު ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

ގައިޑްލައިންގާ ބުނާގޮތުން، އެ ބަލި ފެތުރެމުންދާ ސަރަހައްދުތަކުގައި އުޅޭ ދޫނިތައް މަރާލާނެ އެވެ. އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރާ ކެމެކެެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި 12000 އަސްދޫނި ވަނީ މަރުވެފައެވެ. އަދި 36000 އަށްވުރެ ދޫނި މަރާލުމަށް ވަނީ ނިންމާފައެވެ.

"ޖަނަވާރުން ހުއިހައްޕާ މީހުންނަށް މީހުންނަށް ދޭނެ ބަދަލުތަކާއި ގުޅޭގޮތުން އެނގޭނީ ވެރިންނާއި ވާހަކަދައްކާފައި". މިނިސްޓަރ ބުނެފައި ވެއެވެ.

މިހާރު އެ ދެ ސަރަހައްދުގައި ކޮންޓްރޯލް ރޫމާއި، ރެސްޕޮންސް ޓީމެއް ދަނީ ހަރަކާތެރިވަމުންނެވެ.

މިކަންތައް ފެންމަތިވެފައި ވަނީ ރަޖަސްތާންގެ އެކި ސަރަހައްދުތަކުގައި އެތައް ސަތޭކަ ކާޅު މަރުވިތާ މާގިނަ ދުވަހެއް ނުވަނީސް އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަލީ

    ސޭޓް މިހާރު ވަރަށްގިނަ ޅައަސްދޫނި ގެންގުޅޭ. ތަންކޮޅެއް ބަލާގެން އުޅެންޖެހޭ އެބަ. އަނެއްކާ 500 އެއްހާ ޅަޓާކީ ލަންކާއިން ގެންނަން ނިން މާފިކަ މަށް ވަނީ. ވަރަށްބަލަންޖެހޭ އެބަ