ކޮވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތުގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) މާޗް މަހުގެ ނިޔަލަށް ދަންމަވާލަން ޖެހިދާނެ ކަމަށް އެގައުމުގެ އޮފިޝަލަކު ބުނެފިއެވެ.

މައިކަލް ގޯވް ބުނެފައިވަނީ އެގައުމު އެއްކޮށް ގޮތަކަށް ފުރަބަންދު ކޮށްފައި ދެން ލުޔެއް ދެވޭނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.

އެގޮތަށް ފުރަބަންދު އިއުލާން ކުރުމާއި އެކީ އެގައުމުގެ ހުރިހާ ސްކޫލްތަކެއް ބަންދުވާނެއެވެ. އަދި ހަމަ އެކަނި ކިޔެވުން އޮންނާނީ ކޮންމެހެން މަޖުބޫރު ހާލަތުގައި ކަމަށް ވަނީ ބުނެފައެވެ.

މި މުއްދަތުގައި އެއްވެސް ގޮތަކަށް އުޒުރަކާއި ނުލައި ބޭރަށް ދިއުން ވަނީ މަނާ ކޮށްފައެވެ. އުސޫލާއި ހިލާފަށް ބޭރަށް ގޮސްފިނަމަ، ގާނޫނު ބުނާ ގޮތުން ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

އެގޮތުން ފުރަތަމަ ފަހަރަށް 271 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާއިރު، އެކަން ތަކުރާރު ކޮށްފިނަމަ 8684 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 2,713,563 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން 75,431 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު