އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ މުރަޑްނަގަރް ސިޓީގައި ހުންނަ ސަހަރާއެއްގައި އޮތް ޖަނާަޒާއަކަށް ދިޔަ ބައެއްގެ ގައި މައްޗަށް އެތަނުގެ ފުރާޅު ވެއްޓި 25 މީހަކު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި އެތައް ބަޔަކު ވަނީ ވެއްޓުނު ފުރާޅުގެ ދަށުވެފައެވެ. އޭގެ ތެރެއިން މިހާރު 38 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރުވެސް އެ ސަރަހައްދުގައި ރެސްކިއު އޮޕަރޭޝަން ދަނީ ހިންގަމުންނެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ފަޔާ ޑިޕާޓްމެންޓުންވެސް ހަރަކާތްތެރިވަމުން ދެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގިތާ އެތައް އިރެއްވެފައިވީނަމަވެސް، އަދިވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހަރު އެ ސަރަހައްދުގައި ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯރސް އިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި އެތައް ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ވެއެވެ.

މި ހާދިސާގައި އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އަދި އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީވެސް ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ޗީފް މިނިސްޓަރ ޑައިރެކްޓެޑް އޮފިޝަލުން ވަނީ އެ ހާދިސާގައި މަރުވި އާއިލާތަކަށް ދެ ލައްކަ ރުޕީސް ދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު