އިންޑިއާގެ ފައްޅިއެއްގައި ގޭންގަކުން 50 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމަށްފަހު، މަރާލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މި ހާދިސާ ހިނގާފައި ވަނީ އުއްތަރް ޕްރްދޭޝްގެ ބުޑައުން ގައެވެ.

އެހެން ނަމަވެސް އެ އަންހެން މީހާގެ މައްސަލަ ފުލުހުންނާއި ހަމައަށް އައިސްފައި ވަނީ މިއަދު އެވެ. އެއީ އެ މިހާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވުމުންނެވެ. އޭނާގެ ޖިންސީ ގުނަވަންތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެެވެ.

އެ ރިޕޯޓްތަކުން އެ އަންހެން މީހާގެ ޖިންސީ ގުނަވަންތަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަން ހާމަވާ ކަމަށް ވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ފައްޅީގެ ފާދިރީ އާއި އިތުރު ދެ މީހެއްގެ މައްސަލަ ވަނީ ފައިލްކޮށްފައެވެ. އަދި އެކަކު ވަނީ ސުވާލު ކުރުމަށް ހައްޔަރުކޮށްފައެވެ.

އެ އަންހެން މީހާގެ ފިރިމީހާ ބުނިގޮތުގައި، އެ އަންހެން މީހާ ފައްޅިއަށް އަޅުކަން ކުރުމަށް އާދީއްތަ ދުވަހުގެ ހަވީރު ދިޔަ ގޮތަށް އެނބުރި އައިސްފައެއް ނުވެއެވެ.

ނަމަވެސް އެރޭ ދަންކޮށްފައި އެ އަންހެން މީހާ ވަޅަކަށް ވެއްޓުނީ ކަމަށް ބުނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހުން އެ އަންހެން މީހާ ކާރެއްގައި ގެއަށް ގެނައި ކަމަށް އެ ފިރިހެން މީހާ ބުންޏެވެ.

"އަހަރެންގެ އަނބިމީހާ އެއިރު ދިރި ހުރި، އެކަމަކު އަހަރުމެން އޭނާ ކައިރިން އެއްޗެއް އެހުމުގެ ކުރިން، ވާހަކަދެއްކުމުގެ ކުރިން ވަނީ މަރުވެފައި. އޭނާގެ ހަށިގަނޑަށް ވަރަށް ގެއްލުންތައް ލިބިފައިވޭ.". އެ ފިރިހެން މީހާ ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ފާދިރީ އާއި ދެން ހުރި މީހާ ވަނީ ފިލާފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައިސަލް

    ދިވެހި އަންހެނުންނަށް މި ހާލު ޖެހެން ދެން މާގިނަދުވަހެއް ނެތް. އިންޑިޔާގެ ވެރިކަން މި ދަނީ އަށަގަންނަމުން

    17
  2. ރޯދަ މުބާރިކް

    ތީދެން ތި އިންޑިއާ ސަގާފަތެއްނު...! ޢޯކޭ ވާނެ އެވެރިންނަށް!!!

    8
    2