އަދިވެސް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ޝިކާރަ އަކަށްވެ ޕޮލޭންޑުން އިތުރު 553 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އަސަރު ދަށްވަމުން އަންނަނިކޮށް އިނގިރޭސިވިލާތުން ފެނުނު ވައިރަސްގެ ނުރައްކާތެރި އައު ވައްތަރާއި އެކު ޔޫރޮޕްގެ ގައުމުތަކުގައި އަނެއްކާވެސް ވައިރަސް ވަނީ ބޮއްސުންލާން ފަށާފައެވެ.

މިހައިތަނަށް ޕޮލޭންޑުން 1،330543 ށް ވުރެން ގިނަ މީހުން ފައްސިވެފައިވާއިރު ވައިރަހުގެ ޝިކާރަ އަކަށްވެ 30،000 ށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

ޕޮލޭންޑުގެ ހެލްތު މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި މިހައިތަނަށް އެ ގައުމުގެ 90،000 ށް ވުރެން ގިނަ މީހުންނަށް ކޮވިޑް ވެކްސިން ވަނީ ދީފައެވެ. އޭގެ ތެރެއިން 38،000 މީހުންނަށް ވެކްސިން ޖަހާފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަމަށްވެސް އެ މިނިސްޓްރީ އިން ހާމަކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ މާރޗު މަހު އެ ގައުމުން ވައިރަސް ފެނުނު ފަހުން ޕޮލޭންޑުގެ ސަރުކާރުން ވައިރަސް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެ ފަހުން އެޅި ވަރުގަދަ ފިޔަވަޅަކީ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ 17 އަށް މުޅި ގައުމު ކަރަންޓީނު ކުރުމެވެ.

މީގެ އިތުރުން ހުރިހާ ރެސްޓޯރެންޓުތަކާއި، ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރަތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

އިނގިރޭސިވިލާތުން ފެނުނު އައު ސްޓްރެއިން އާއި އެކު އެ ގައުމުވެސް މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު