ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޮވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން ނިންމިކަން އިންގްލޭންޑުން ދެންމެ އިއުލާނު ކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު ބާއްވަން އުޅުނު ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ވެސް ކެންސަލް ކުރިއެވެ.

އިނގިރޭސިވިލާތުގެ އެޑިއުކޭޝަން ސެކްރެޓަރީ ގެވިން ވިލިއަމްސަން ވިދާޅުވެފައި ވަނީ އޭލެވެލް އާއި ޖީސީއެސްސީ އިމްތިހާނު ކެންސަލް ވުމުން ދެން ބަލާނީ ޓީޗަރުން ދޭ ގްރޭޑްތަކަށް ކަމަށެވެ.

މި ޓެސްޓުތައް ހެދުމަށް ކުރިން ދީފައި އޮތް ތާރީޙަކީ މި އަހަރުގެ މެއި/ޖޫން އެވެ. އޭނާ ނެރުުނު ބަޔާނެއްގައި ވިދާޅުވެފައި، މިފަހަރު ކުދިންގެ މާކްސް ބަލާނީ ސްކޫލް-ބޭސްޑް އެސެސްމެންޓްސްއަށް ކަމަށެވެ.

އެހެންކަމުން ޓްރެއިނިންގ ދެމުންގޮސް، އެކަމަކު ޕްރޮސެސް ދަނީ ރަނގަޅަށް ތޯ ބަލަމުންދާނެ ކަމަށާއި، ކުރިއަށް އޮޔް ދުވަސްތަކުގައި އުސޫލުތައް އާއްމު ކުރައްވާނެ ކަމަށް ވިލިއަމްސަން ވިދާޅުވިއެވެ.

މި ޓެސްޓުތައް ކެންސަލްކޮށްފައި ވަނީ އިންގްލޭންޑް ތިން ވަނަ ފަހަރަށް ފުރަބަންދު ކުރުމާއި ގުޅިިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފ

    ތިޔަ އީ ވަރަށް ވެސް ދެރަ ހަބަރެއް

    22
    5
  2. Anonymous

    ދެރަވެރިކަން

    7
    4
  3. ލއ

    ރާއްޖޭގައި ހަދަނީ އިންޓަނެޝަނަލް އިމްތިހާނުތަށް. އެޔަށް ބަދަލެއް ނާދޭ.

    14
    6
  4. ނާޅި

    އިގިރޭސިން އިސްތިއުމާރު ކުރި ޤައުމުތަކުގައި ބާއްވަމުން އަންނަ އިމްތިހާނެއް، ތިޔައީ ރާނީ އަދިވެސް މީހުން އަތުން ޖިޒީ ނަގަންވެގެން، ކޮންމެ ޤައުމަކުން އެޤައުމެއްގެ ޤައުމީ ސާނަވީ އިމްތިހާނެއް ބާއްވާބަލަ، އޭރުން މާރަގަޅު ނުންތޯ އެތަކެއް ފައިސާ އިންގިރޭސި ރާނީއަށް ޖިޒީގެ ގޮތުގައި ކޮންމެ އަހަރަކު ފޮނުވުމައްވުރެން !

    3
    3
    • މިނާ

      ތާރީޙް ނޭނގޭ މީހުން ބޮޑާވެރިކަމާއި އެކު ރާނީގެ ގަދަރު ކުޑަކޮށް ވާހަކަ ދައްކަމުން ދާއިރު، އޭރު ދުނިޔޭގައި ހިނގަމުން އައި އިސްތިއުމާރުގެ ހަރުކަށި ސަގާފަތަށް ނިމުމެއް ގެނެސް، ތައުލީމު ފަތުރަން ކުރި މަސްއްކަތުން ބޭފުޅާ މާ އެނގި ގަނެގެން ތިއުޅެނީ. މިގައުމުގެ މީހުންގެ ބޮޑާކަމާއެވެ.