22:40
ޓްރަމްޕްގެ އޮންލައިން ވިޔަފާރި ވެބްސައިޓްތައް ވެސް ރިމޫވް ކޮށްލައިފި.
Trump Ge Online Viyafaari Website Thahves Remove Kohlaifi https://t.co/G396VgOqXs
— Vaguthu Online (@VaguthuOnline) January 7, 2021
19:30
ޑިސެމްބަރު 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީގެ ކަލްސްޓާ (އިހާ)އަށް ނިސްބަތްވާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 92 އަށް އަރައިފި.
Kaiveni Party Ihaa: Covid-19 Ah Fassi Meehunge Adhadhu 92 Ah Araifihttps://t.co/owgJJINTDs
— Vaguthu Online (@VaguthuOnline) January 7, 2021
18:25
ކޮވިޑް-19 އާ ގުޅިގެން ލުބްނާން 25 ދުވަހަށް ފުރަބަންދު ކޮށްފި.
BREAKING: Lebanon Furabandhu Kohffi https://t.co/74jzQtG3pS
— Vaguthu Online (@VaguthuOnline) January 7, 2021
16:48
ކޮވިޑް-19 ހަލުވިކަމާއި އެކީ ފެތުރެމުން އަންނާތީ ޖަޕާނުގެ ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި.
BREAKING| Covid-19: Japan Ge Tokyo Gai Kulli Nurahkaluge Haalathu Iulaan Koffihttps://t.co/YV00HF8jfe
— Vaguthu Online (@VaguthuOnline) January 7, 2021
16:06
ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މީހުން އަންދާލުން ނޫން ގޮތެއް ނެތް ކަމަށް ދޭހަވާ ގޮތަށް އެގައުމުގެ ޕަވިތްރާ ވަންނިއަރައްޗީ އެގައުމުގެ ޤާނޫނު ހަދާ މަޖިލިސް އަށް ދަންނަވައިފި.
Covid-19: Lanka Gai Maruvaa Meehun Andhaalun Noon Gotheh Neii- Health Ministerhttps://t.co/5BGkprTQpz
— Vaguthu Online (@VaguthuOnline) January 7, 2021
14:52
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން އިތުރު 1،019 މީހަކު މަރުވެއްޖެ.
BREAKING| Covid-19: Germany In Ithuru 1,019 Meehaku Maruvejjehttps://t.co/blyKKqb7fQ
— Vaguthu Online (@VaguthuOnline) January 7, 2021
14:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮތް ދޫކޮށް ބާރުތައް، އިންތިހާބީ ރައީސް ޖޯ ބައިޑެން އާ ހަވާލު ކުރަން އެއްބަސްވެއްޖެ.
BREAKING: Trump Goiy Dhookoh Baaruthah Biden Aa Havaalu Kuran Ebbas Vehjjehttps://t.co/BS3XRuVUt5
— Vaguthu Online (@VaguthuOnline) January 7, 2021
13:56
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން، އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް އެމެރިކާގެ ކޮންގްރެސް އިން ނިންމަވައިފި.
BREAKING: Biden Inthihaabu Kaamiyaabu Kuri Kamah America Ge Congress In Ninmmaifihttps://t.co/0SGCp6tqK1
— Vaguthu Online (@VaguthuOnline) January 7, 2021
13:02
އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓްގެ ނަތީޖާގެ ގާނޫނީ ސައްހަކަން އިއުލާން ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބާއްވާ ޖަލްސާއާ ދިމާކޮށް ގާނޫނު ހަދާ މަޖިލީހުގެ ގެ ކަމުގައިވާ ކެޕިޓޮލްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ދެކެ ލޯބިވާ ކަމަށް ރައީސް ޓްރަމްޕް ބުނެފި.
Hamanujehun Hingi Supporterun Ah Trump: Varah Loabivey, Thiee Haassa Baehhttps://t.co/w7U3uObqre
— Vaguthu Online (@VaguthuOnline) January 7, 2021
12:03
އެމެރިކާގެ ރައީސްކަމުން ޓްރަމްޕް ދުރުކުރަން ކެބިނެޓްގައި މަޝްވަރާތައް ފަށައިފި.
BREAKING NEWS: America Ge Raees Kamun Trump Dhurukuran Cabinet Gai Mashvaraathah Fashaifi https://t.co/jRz6U6z4hm
— Vaguthu Online (@VaguthuOnline) January 7, 2021
11:27
އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި.
BREAKING NEWS: America Ge Verirah Washington Gai Kulli Nurahkaluge Haalath Iulaankoffi https://t.co/dyjCObVJ9D
— Vaguthu Online (@VaguthuOnline) January 7, 2021
11:06
އެމެރިކާގެ ހާލަތަށް 2023 ގައި ރާއްޖެ ދިއުން ވަރަށް ގާތް: ޝުޖާއު
America Ge Haalathah 2023 Gai Raajje Dhiun Varah Gaai: Shujaau https://t.co/txms5NNy13
— Vaguthu Online (@VaguthuOnline) January 7, 2021
10:37
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 52 މީހުން ހައްޔަރުކޮށްފި.
10:23
އެމެރިކާގައި އެކުރަނީ ބަޣާވާތެއް - ރައީސް ނަޝީދު
America Gai Ekuranee Bagaavaatheh - Raees Nasheed https://t.co/slx8LH22YA
— Vaguthu Online (@VaguthuOnline) January 7, 2021
09:18
އެމެރިކާ ވެގެން މިދިޔައީ ބަނާނާ ރިޕަބްލިކަކަށް - ބުޝް
America Vegen Midhiyaee Banana Republic Akah - Bush https://t.co/QqwP2u1DRN
— Vaguthu Online (@VaguthuOnline) January 7, 2021
08:33
ކެޕިޓަލް އިމާރާތައް ވަދެގަތް މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ބަޑި ޖެހުމުން ޒަހަމްވި އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވެއްޖެ.
08:30
ޤާނޫނު ހަދާ މަޖިލީހުގެ ގެ ކެޕިޓަލް އަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް މިހާރު ވަނީ ޓްރަމްޕްގެ ހުރިހާ ސަޕޯޓަރުންގެ ކެޕިޓަލް އިން ނެރެފައި. އަދި މިހާރު ސެނެޓްގެ ޖަލްސާ ވެސް ވަނީ އަލުން ފަށާފައި.
03:15
ޓްރަމްޕުގެ ވީޑިއޯ މެސެޖުގައި އޭނާ ބުނެފައި ވަނީ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ނަމަވެސް ގައުމުގައި ސުލްހަ ދަމަހައްޓަން ޖެހޭކަމަށް. މުޒާހަރާ ކުރި ފަރާތްތައް ދެކެ ލޯބިވާކަން ހާމަ ކުރަމުން ޓްރަމްޕް އިތުރަށް ބުނީ ބޭއިންސާފުން ވޯޓު އޮޅުވާލި ނަމަވެސް އެމީހުންނާއި އެއް ފެންވަރަށް ވެއްޓެން ނުވާނެ ކަމަށް. އެހެންކަމުން އެންމެންވެސް ސުލްހަވެރިކަމާއި އެކު ގެއަށް ދިއުމަށް ޓްރަމްޕް ވަނީ އެދިފަ.
02:49
ޓަރްމްޕް އެންމެ ފަހުން ވީޑިއޯ މެސެޖެއް އާއްމުކޮށްފި.
02:44
އެމެރިކާގެ ރިޔާސީ އިންތިޙާބުގެ ނަތީޖާ ގަބޫލުނުކޮށް މިހާރުގެ ރައީސް ޓްރަމްޕުގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށް އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލުވެސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީ އަށް ގެއްލިއްޖެ
BREAKING : America Ge Senate Ge Control Ves Trump Party Ah Gellijjehttps://t.co/AOEfquO1Uc
— Vaguthu Online (@VaguthuOnline) January 6, 2021
02:26
ޓްރަމްޕް ޓީވީއަށް އަރާ ސަޕޯޓަރުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އަދި ހުއްޓާލުމަށް ގޮވާލަން އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން އެދިވަޑައިގެންފި.
I call on President Trump to go on national television now to fulfill his oath and defend the Constitution by demanding an end to this siege.
— Joe Biden (@JoeBiden) January 6, 2021
02:25
02:19
02:18
މުޒާހަރާ ހުއްޓުވަން އެމެރިކާގެ "ނޭޝަނަލް ގާޑު"ނުކުންނަން ޓްރަމްޕް ހުއްދަ ދީފި.
02:16
ސީއެންއެން: ޓްރަމްޕްގެ އެޑްވައިޒަރުން ދަނީ ހަމަނުޖެހުން ހުއްޓުވަން ޓްރަމްޕް ނުކުމެ ބަޔާނެއް ދިނުމަށް އާދޭސް ކުރަމުން.
02:11
ސީއެންއެން: ޓްރަމަޕް އޭނާގެ އެޑްވައިޒަރުން ބުނާ ގޮތެއްވެސް ހަދަން ބޭނުމެއް ނުވޭ.
02:10
02:03
02:03
02:00
ގާނޫނު ހަދާ މަޖިލީސަ ހުންނަ އިމާރާތުގެ ބޭރުން އައިއީޑީއެއް ފެނިއްޖެ ކަމަށް އެންބީސީން ރިޕޯޓްކޮށްފި
01:58
އޭނާ ކުރި ޓްވީޓެއްގައި ވަނީ މުޒާހަރާ ކުރާ މީހުން އެއީ ދުޝްމަނުންގެ ކިބައިން ގައުމު ސަލާމަތް ކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފައި. ނަމަވެސް ފަހުން ވަނީ ޓްވީޓް ޑިލިޓްކޮށްފައި.
01:56
ޓްރަމްޕްގެ ދަރި އިވަންކާ ޓްރަމްޕް ހަމަނުޖެހުމަށް ތާއިދުކޮށްފި.
01:55
ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައި. އެކަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުން.
01:53
ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ޓްރަމްޕް ޓްވީޓެއް ކޮށްފި: ފުލުހުންނަށް އެއްބާރުލުންދީ. ހަގީގަތުގައިވެސް އެ މީހުން ތިބީ ގައުމާއެކު.ސުލްހަވެރިކޮށް ތިބޭތި.
I am asking for everyone at the U.S. Capitol to remain peaceful. No violence! Remember, WE are the Party of Law & Order – respect the Law and our great men and women in Blue. Thank you!
— Donald J. Trump (@realDonaldTrump) January 6, 2021
01:50
ބަޑީގެ ހަމަލާއެއް އަމާޒުވެ އަންހެނެެއްގެ ހާލު ސީރިއަސް ވެއްޖެ.
01:49
ޓްރަމްޕް ޕާޓީގެ މައިކް ގައްލެގާ ޓްރަމްޕަށް: މުޅި ދުނިޔެ މި މަންޒަރު ވަގުތުން ދަނީ ބަލަމުން އަދި އަހަރުމެންނަށް ދަނީ މަލާމާތް ކުރަމުން. ޗައިނާއިން ދަނީ މި މަންޒަރު ބަލާފައި ހެމުން. މިކަން ހުއްޓުވާ، އިންތިހާބު ނިމިއްޖެ،
01:46
މެރިލޭންޑުން އިތުރު ފުލުހުން ވޮޝިންގޓަން ޑީސީއަށް އަތުވެއްޖެ
01:45
ޓްރަމްޕް ޕާޓީގެ މެންބަރު ނެންސީ މޭސް: މުޒާހަރާ ކުރާ މީހުން ދަނީ ފުލުހުންނަށް ހަމަލާ ދެމުން. މިއީ އަހަރުމެންގެ ހާލަތެއް ނޫން. ގައުމަށްޓަކައި މިއަދު ހިތް ކުދިކުދި ވެއްޖެ.
01:41
ޓްރަމްޕް ޕާޓީގެ މެންބަރު އާދަމް ކިންގްޒެންގާ ޓްރަމްޕްއަށް: ކަލޭ ގައުމު ހިމާޔަތް ނުކުރަނީތަ؟. ކޮބާ ސިފައިން؟. ކަލޭގެ ކަންތައް ނިމިއްޖެ، ކަލޭގެ ލެގަސީ ވަނީ ބޮޑު ކާރިސާއަކަށް.
01:39
އެތެެރެއަށް ވަން ބައެއް އާއްމުން މިހާރު ތިބީ މެންބަރުންގެ ގޮނޑީގައި،
01:38
ސެނެޓް (ގާނޫނު ހަދާ މަޖިލީހުގެ މަތީ ގެއަށް)ޓްރަމްޕްގެ ސަޕޯޓަރުން ވަދެއްޖެ.
01:37
01:37
ސެނޭޓް އާއި ހައުސް ލީޑަރުން މިހާރު ތިބީ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައި،. އެ މީހުން ތިބި ތަން ވަނީ ސިއްރު ކޮށްފައި.
01:36
ގާނޫނު ހަދާ މޖިލީށް އިން މެންބަރުން ހުސްކުރަން ފަށައިފި.
01:35
އެމެރިކާގެ ނައިބް ރައީސް ސަލާމަތުން އިމާރަތުން ނެރެގެން ގެންގޮސްފި
01:30
ޤާނޫނު ހަދާ މަޖިލީސްގެ މެންބަރުން ތައްޔާރަށް ތިބުމަށް އޮފިސަރުން އަންގައިފި.
01:30
ޓްރަމްޕް ޕާޓީގެ މެންބަރުންވަދެ ދަނީ ޓްރަމްޕް އާ ދެކޮޅަށް އަޑު އުފުލަމުން.
ރިޕަބްލިކަން ޕާޓީގެ އެޑަމް ކިންޒިންގާ: މިއީ ގެންނަން އުޅުނު ބަޣާވަތެއް.
01:29
01:28
ފުލުހުން މިހާރު ވަނީ އިތުރު އެހީއަށް އެދިފައި، އަދި މައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވޭ.
01:28
އެމެރިކާގެ ގާނޫނު ހަދާ މަޖިލީސްގެ އިމާރާޠް ކަމަށް ވާ ކެޕިޓަލް ބިލްޑިންގގެ ބޭރުން ޝައްކު ކުރެވޭ ބައެއް ޑިވައިސްތަކެއް ފެނިއްޖެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ނިކުމެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ވަށާލައިފި.
ޓްރަމްޕުގެ ސަޕޯޓަރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް ވަށާލާފައި މިވަނީ ދާދި ފަހުން އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގެ އެލެކްޓޯރަލް ވޯޓާއި މެދު ގޮތެއް ނިންމުން މަޖިލީހުގައި ތާވަލް ކޮށްފައި ވަނިކޮށް.
މިއީ ރަމްޒީ ކަމެއްގެ ގޮތުގައި އެމެރިކާގައި ކުރަމުން އަންނަ ކަމެއް ނަަމަވެސް، ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން މަސައްކަތް ކުރަމުން ގެންދަނީ އެކަމަށް ހުރަސް އަޅައި އޭނާ އަށް އިންތިޙާބު ކާމިޔާބުވި ކަމަށް މަތީގެއާއި ތިރީގެއިންވެސް ނިންމަން މަސައްކަތް ކުރަމުން.
އެ ގައުމުގެ ތިރީ ގޭގެ ކޮންޓްރޯލް އިދިކޮޅަށް އޮތް އިރުގައި މަތީ ގޭގެ ކޮންޓްރޯލް އޮތީ ޓްރަންޕް ޕާޓީ އަށް. ނަމަވެސް ޓްރަމްޕް އަމިއްލަ ޕާޓީގެ ބައެއް މެމްބަރުންވެސް ދަނީ އޭނާ އާއި އެއްކޮޅަށް އެރުމަށް ދެކޮޅު ހަދަމުން. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕު ގެންނަން އުޅޭ ބަޣާވާތަށް ތާއިދުކޮށްފައި ވަނީ އެންމެ 12 މެމްބަރުން.
ޓްރަމްޕާއި ދެކޮޅަށް ސެނެޓުގެ މެޖޯރިޓީ ލީޑަރު ނިކުމެފައިވާއިރު އޭނާ އަކީ ޓްރަމްޕް ޕާޓީގެ މީހެއްކަން ފާހަގަކޮށްލެވޭ. މީގެ އިތުރުން އެމެރިކާގެ މިހާރުގެ ނައިބު ރައީސް ވެސް ވަނީ މިކަމަށް ދެކޮޅު ހަދާފަ.
ވޮޝިންގޓަން ޑީސީގައި މުޒާހަރާ ކުރާ ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ވަށާލާފައިވާއިރު ފުލުހުން މިހާރު ވަނީ ކަރުނަ ގޭސް ބޭނުން ކޮށްފަ. އަދި މިހާރު ވޮޝިންގޓަން ޑީސީގައި ވަނީ ކާފިއު އިއުލާން ކޮށްފަ.
ޓްރަމްޕު ބިރުންތިއުޅެނީ ވެރިކަންގެއްލިއްޖިއްޔާ އޭނާގެ މައްސަލަތައް ބަލާނެކަންއިނގޭތީ..އޭނާޔަށް އެއްވެސް ތަނެއް ރައްކަލެއްނޫން...ގައުމުން ބޭރައް ފުރައިފިއްޔާ އީރާނުގެ މިލިޓެންޓުން ނުރައްކާ އެހާވަރަށް އެބައޮތް ސުލައިމާނީގެ މަރުގެ ބަދަލްހިފަން