އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް ކައިރީ ޓްރަމްޕުގެ ސަޕޯޓަރުން ހަމަނުޖެހުން އުފައްދަމުން އަންނަނިކޮށް އެ ސަރަހައްދުން ގޮވާ އެއްޗެއް ފެނިއްޖެއެވެ.

އެ ސަރަހައްދުން ގޮވާ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އޭތި ގޮއްވާލުމުގެ ކުރިންނެވެ.

އެ ސަރަަހައްދުން ފެނިފައި ވަނީ އަމިއްލަ އަށް ތައްޔާރުކޮށްފައިވާ އަައިއީޑީ އެކެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދުން މީހެއް ގަޔަށް ވަނީ ބަޑިވެސް ޖަހާފައެވެ. އަދި އެމީހާގެ ހާލު ސީރިއަސްކަން ހާމަވެފައިވާއިރު، ސީރިއަސް އަނިޔާތަކެއް ވެގެން 5ށް ވުރެން ގިނަ ފުލުހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މުޒާހަރާ ހޫނުވެގެން ގޮސް ފުލުހުންނަށް މުޒާހަރާ ކޮންޓްރޯލް ނުކުރެވިދާނެ ކަމަށްޓަކައި އެ ގައުމުގެ ނެޝަނަލް ގާޑުންވެސް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ޓްރަމްޕްގެ އެޑްވައިޒަރުން އޭނާގެ ބަޔާނެއް ދިނުމަށް އެދި އާދޭސް ކުރިތާ އެތައް އިރެއް ފަހުން ޓްރަމްޕް ވަނީ އެއް މިނެޓުގެ ވީޑިއޯ އެއްގައި މުޒާހަރާގެ ބައިވެރިން މަޖިލިސް ސަރަހައްދު ދޫކޮށް ދިއުމަށް އެދިފައެވެ. ނަމަވެސް މުޒާހަރާގައި ހިނގި ޖަރީމާތައް މި ވީޑިއޯގައި ޓްރަމްޕް ކުށްވެރި ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މިހާރު ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ނަގައި، އެތައް ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަހު ބަސް

    ބަޢާވާތެއްގެންނަން ވެގެން ތިއުޅެނީ...ބޯހަލާކު ޓްރަމްޕު ރަންކޮޅާ ތިކަން ނުވާނޭ ކަލެޔަށް ތިއީ
    ރާއްޖެއެއްނޫނޭ

    9
    1