އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރަން ކެބިނެޓްގައި މަޝްވަރާތައް ފަށައިފިކަމަށް ބައިނަލްއަޤުވާމީ މިޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ޤާނޫނު އަސާސީއަށް ގެނެސްފައިވާ 25 ވަނަ އިސްލާހުގެ ދަށުން ރައީސް މަގާމުން ދުރުކުރުމުގެ ބާރު ކެބިނެޓަށް ލިބިގެން ވެއެވެ. މިއީ ރައީސް މަގާމުން ދުރުކުރަން އޮންނަ އެންމެ ކުރު އަދި އެންމެ ފަސޭހަ މަގެވެ. ނަމަވެސް ކެބިނެޓަށް ރައީސް މަގާމުން ދުރުކުރެވޭނީ ނައިބު ރައީސް އެކަން ކެބިނެޓަށް ހުށަހަޅައި، ވަޒީރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

ޓްރަމްޕްގެ ވެރިކަމުގައި ބާކީ ދެހަފްތާ އޮއްވާ ވަޒީރުން ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަޝްވަރާތައް ފަށާފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކުރާގެ ކެބިޓަލް ބިލްޑިންގްގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެހަމަނުޖެހުންތައް ހިންގަން ޓްރަމްޕް ހިތްވަރުދިން ކަމަށާއި އެހެން ކަމުން ޓްރަމްޕް އެމެރިކާގެ ވެރިކަމުގައި ދެމިހުންނަން ނަފްސާނީ ގޮތުން ޝަރުތު ހަމަނުވާކަމަށް އެމެރިކާގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ޓްރަމްޕް ރައީސް ކަމުން ވަކިކުރަން ކެބިނެޓުން ފާސްކޮށްފިނަމަ ދެން އެމައްސަލަ ހުށަހަޅާނީ ކޮންގްރެސް އަށެވެ. އެންމެ ފަހުގެ ނިންމުން ނިންމާނީ ކޮންގްރެސް އިންނެވެ.

އެމެރިކާގެ ތާރީޚްގައި އަދި އެއްވެސް ރައީސެއް އޭނާގެ ކެބިނެޓްގެ އިތުބާރު ގެއްލިގެން މަގާމުން ދުރުކުރާ ހާލަތަކަށް ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނުއްސަބާހު

    ތިކަންކުރަންވެެއްޖެތާކިތަންމެދުވަހެއް، މިއަދުންމިައަދަށްތިކަންތައްނިންމާ ހުރިހާގޮތަކުންވެ ސް އެމެރިކާގެތާރީޚުގަ އާރެކޯޑުތަކެއްހަދާލަންޖެހޭ .. ހަމަމިއާއެކު އަހަރެންގެހިތަށްމިއަރަނީ ރާއްޖޭގަ 2023ގަ ބާއްވާ އިންތިޚާބުން އެމްޑީޕީ ބަލިވެއްޖެނަމަވެ ސް ކަނަތައްވާނީވެ ސް މިހެންނޭ؟؟ ޔާމީނު ބަލިވީމަ ނޫނީ މައުމޫނު ބަލިވީމަ އަދި ވަހީދު ބަލިވީމަ އެމީހުން ބަލިގަބޫލުކޮށް ހަނުތިއްބަ ސް މާޒީއަށްބަލާއިރު އެމްޑީޕީއަކީހަމަ މިފަދަ ބަނާނާރެޕަބްލިކެއްގެބައް !!

  2. ޑޮނާލްޑް ޑަކް

    ވެރިކަމުގަ ހުންނަން ނަފްސާނީ ގޮތުން ހަމަނުޖެހޭ ރައީސް އިސްތިއުފާ އިސްތިއުފާ...

  3. ރައީސް

    ދަ ޑެސިގްނޭޓެޑް ސަވައިވަރގައިވެސް މިކަން ކުރަން މަސައްކަތް ކުރޭ