ކޮވިޑް-19 ހަލުވިކަމާއި އެކީ ފެތުރެމުން އަންނާތީ ޖަޕާނުގެ ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފިއެވެ.

ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިމިވަނީ އެގައުމުގައި އޮލިމްޕިކްސް ގޭމްސް ފަށަން 200 ވަރަކަށް ދުވަސް ވެފައި ވަނިކޮށެވެ.

ޓޯކިޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، މިއީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެގައުމުގައި އެންމެ ހަރުކަށި ފިޔަވަޅުތަކާއި އެކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

އެގައުމުން އިއްޔެ 1591 މީހަކު ފައްސިވެފައިވާއިރު، އިތުރު 2447 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެގައުމުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 3,719 މީހަކު ވަނީ މަރުވެފައެވެ.

ކުއްލި ނުަރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެކު ޓޯކިޔޯއާއި ޖެހިގެން އޮންނަ ތިން ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކަށް ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ރެސްޓޯރެންޓްތައް ރޭގަނޑު 8 އިން ބަންދު ކުރުމަށް ނިންމާފައިވާއިރު، ގިނަ މީހުން އެއްވެ އުޅޭ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކަށް 5000 އަށްވުރެ ގިނަ މީހުން ނުދިއުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިތަންތަން ބަންދު ކުރިނަމަވެސް ސްކޫލްތަކާއި ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަު އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދެމިގެން ދާނެ ކަމަށާއި ބަލި ޖެހޭ މީހުންގެ އަދަދު މަދު ނުވާނަމަ ފިޔަވަޅުތަކަށް ލުއި ނުދޭން ވަނީ ނިންމާފައެވެ.

އެގައުމުގައި ބަލި ފެތުރެމުން އަންނަ ބާރުމުން ހަލުވިވެފައިވާތީ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އަންނަ މަހުގެ ފަހުކޮޅުގައި ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށުމަށް ތައްޔާރުވެފައެވެ. އަދި މިހާރު އޮލިމްޕިކްސްގެ ކުޅިވަރުތައް ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    މިރާއްޖެ އަނެއްކާ ؟ ކިހިނެއްބާ މިވަނީ ދުނިޔޭގެ ގައުމުތައް ތެޅިފޮޅެނީ މިރާއްޖޭގެ މަދަރުސާތައްހުޅުވަނީ. ކަންބޮޑުވޭ